Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ކޯޕަންހޭގަން މެޗަށް ނުކުތުމުގެ ކުރިން ބަޔާންގެ ފޯމު ގޯސްވުމުން ޓުޗެލް ނުތަނަވަސް ވެއްޖެ

އޭނާ ބުނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކޯޕަންހޭގަން، އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 05:34
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްރެސް ކޮންފަރެންސްގައި ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްރެސް ކޮންފަރެންސްގައި ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޯޕަންހޭގަންއާ ދެކޮޅަށް ނިކުތުމުގެ ކުރިން ބަޔާން މިއުނިކްގެ ފޯމު އެއް ފެންވަރެއްގައި ހިފެހެއްޓިފައި ނެތުމުން ތޯމަސް ޓުޗެލް ނުުތަނަވަސްވެއްޖެ އެވެ.

ޗެމްޕިއަންްސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޔާން ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިވަގުތު ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ވެސް ބަޔާން އެވެ. އެހެންކަމުން، ކޯޕަންހޭގަން މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެ އެވެ.

މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ޗެމްޕިއަންސް ލީގުގައި އިދިކޮޅަށް ކޮންމެ ޓީމެއް ކުޅެން އޮތްކަމަށްވީ ނަމަވެސް، އެ ޓީމަކަށް އޭނާ ވަރަށް ފުރިހަމަ އަށް އިޙްތިރާމް ކުރާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޗެމްޕިއަންސް ލީގަކީ ކުލަބުތަކުގެ މެދުގައި ކުޅެވޭނެ އެންމެ ވާދަވެރި އަދި ކާމިޔާބު ކުރަން އެންމެ އުނދަގޫ އެއް މުބާރާތެވެ. އޭނާ ބުނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށް ދާނީ ފަހަރަކު ފިޔަވަޅަކުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވަނީ ކޯޕަންހޭގަން އިން ދައްކަމުން އަންނަ ކުޅުމުގެ ވާހަކަ އަށް ވެސް އަލި އަޅުވާލައިފަ އެވެ. އޭނާ ބުނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކޯޕަންހޭގަން، އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ކަމަށެވެ. އެހެންކަމުން ބަޔާނުން ނިކުންނަން ޖެހެނީ ފެންވަރު ރަނގަޅު ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓުޗެލް ބުނީ މިވަގުތަށް އޭނާ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ނުތަނަވަސްކަމަކީ ބަޔާންގެ ފޯމު އެއް ފެންވަރެއްގައި ހިފަހައްޓަން އުނދަގޫވެފައިވާ މައްސަލަ ކަމަށެވެ. އޭނާ ބުނީ ކޯޕަންހޭގަން އަކީ ނުރައްކާތެރި ޓީމެއް ކަމަށާއި، ޚާއްސަކޮށް އެ ޓީމުގެ މެދު ތެރެ އާއި ފޯވާޑްގައި ތިބޭ ކުޅުންތެރިންނަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ބަޔާންގެ ކުޅުންތެރިން އެކަމަށް މަސައްކަތް ކުރާނެ ކަމަށާއި، އެކަމުގެ ޔަގީންކަން އޮންނަ ކަމަށް ޓުޗެލް ބުންޏެވެ. އިތުރަށް އޭނާ ބުނީ ކޮންމެ ކަމަކަށް ވެސް ވަގުތު ނަގާނެ ކަމަށާއި، އެހެންކަމުން ބަޔާނުން އެ ޓީމުގެ ފޯމު އެއް ފެންވަރެއްގައި ދަމަހައްޓަން ކުރަމުން އަންނަ މަސައްކަތް ވަގުތު ލިބޭ މިންވަރަކުން ކާމިޔާބު ވާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކޯޕަންހޭގަންގެ ދަނޑުގައި ބަޔާނުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު