Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ އަންހެން ޓީމު

ރުބިއާލޭސްއާ ދެކޮޅަށް ސްޕެއިންގެ ކުޅުންތެރިން ހެކި ބަސް ދެނީ

އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ޖިންސީ ގޯނާއާއި، މަޖުބޫރުކުރުމުގެ މައްސަލައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2023 | ހޯމަ 09:34
މީގެ ކުރިން އޮތް ޝަރީއަތަކުން ރުބިއާލޭސް ނުކުންނަނީ

މީގެ ކުރިން އޮތް ޝަރީއަތަކުން ރުބިއާލޭސް ނުކުންނަނީ

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި، އޭނާއާ ދެކޮޅަށް ހެކި ބަސް ދޭން އެ ސްޕެއިންގެ އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިން ނިންމައިފި އެވެ.

ރުބިއާލޭސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް އެ ޤައުމުގެ ހައި ކޯޓުގައި ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ޖިންސީ ގޯނާއާއި، މަޖުބޫރުކުރުމުގެ މައްސަލައެކެވެ. މައްސަލާގައި ރުބިއާލޭސްގެ ވަކީލުން ބުނެފައިވަނީ އެއީ، ގަސްތަކާނުލައި، ޖަޒުބާތީ ވަގުތު ކޮޅެއްގައި ކުރެވުނު ކަމެއް ކަމަށެވެ. ނަމަވެސް ސްޕެއިންގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި ހިމެނޭ ފޯވާޑް ޖެނީ ހާމޯސޯގެ ވަކީލުން ބުނަނީ، ރުބިއާލޭސް އެކަން ކޮށްފައިވަނީ ހާމޯސޯގެ ނުރުހުމުގައި، ގަދަކަމުން ކަމަށެވެ.

އެ މައްސަލައިގެ އިތުރު އަޑު އެހުންތަކެއް ހައި ކޯޓުގައި ކުރިއަށްދާއިރު، ރުބިއާލޭސްއާ ދެކޮޅަށް ހާމޯސޯގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރުބިއާލޭސްއާ ދެކޮޅަށް ސްޕެއިން ޤައުމީ އަންހެން ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ހައި ކޯޓުގައި ހެކި ބަސް ދީފަ އެވެ. މި މައްސަލައިގައި ރުބިއާލޭސްގެ ފަރާތުން އޭނާގެ ދިފާއުގައި ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުން ވެސް ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.

މިއަހަރު ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށްފަހު، އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރުބިއާލޭސް ވަނީ ހާމޯސޯގެ ތުންފަތަށް ބޮސްދީފަ އެވެ. އެއާއެކު އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު އަދި ސަރުކާރުގެ އިސްވެރިން ވަނީ ރުބިއާލޭސްއާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެ މައްސަލަ އެންމެ ފުރިހަމައަށް ތަހުގީގު ކުރުމަށްވެސް ގޮވާލާފަ އެވެ. އެ މައްސަލާގައި މަގާމުން އިސްތިއުފާ ދިނުމަށް އެންމެ ފުރަތަމަ ރުބިއާލޭސް ދެކޮޅުހެދި އެވެ. އެއާއެކު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފަ އެވެ. އެއަށްފަހު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގުން ވަނީ ވަގުތޫ ރައީސަކާ ހަވާލުކޮށްފަ އެވެ.

ރުބިއާލޭސްއާ ދެކޮޅަށް ސްޕެއިންގައި މުޒާހަރާތައްވެސް ފެށި އެވެ. އެއާއެކު ޕްރެޝަރު ބޮޑުވެ, ފަހުން ރުބިއާލޭސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ނަމަވެސް، ރުބިއާލޭސް ވަނީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން އޭނާގެ އަމަލު ދިފާއުކޮށްފަ އެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ރުބިއާލޭސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު