Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ސަޕޯޓަރުން ބޭނުންވަނީ މޮޅު، ކުޅުންތެރިން ކުށްވެރި ކުރެވެން ނެތް: ޓެން ހާގް

2 އޮކްޓޯބަރު 2023 | ހޯމަ 00:26

ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި ކުޅުންތެރިން އެމީހުންގެ އެންމެ ރަނގަޅު މަސައްކަތް ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2023 | ހޯމަ 00:26
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އަތުން ބަލިވި މެޗުގައި ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި، އެމީހުން ކުށްވެރި ކުރެވެން ނެތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އަމިއްލަ ދަނޑުގައި ވިޔަސް ނުވަތަ އެހެން ދަނޑެއްގައި ކުޅުނު ކަމަށް ވިޔަސް، ކްރިސްޓަލް ޕެލެސް އަތުން މޮޅުވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ މެޗަކީ ވެސް ވަރަށް އުނދަގޫ މެޗުތަކެއް ކަމަށެވެ. އެހެންކަމުން ކޮންމެ މެޗެއް ވެސް ކުޅެން ޖެހޭނީ އެންމެ މޮޅަށް ކަމަށާއި، ނަތީޖާ ނެރެވޭނީ އެގޮތަށް މަސައްކަތް ކޮށްގެން ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

އިތުރަށް ޓެން ހާގް ބުނީ އޭނާ އަށް ކުޅުންތެރިން ކުށްވެރި ކުރެވެން ވެސް ނެތް ކަމަށެވެ. ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި ކުޅުންތެރިން އެމީހުންގެ އެންމެ ރަނގަޅު މަސައްކަތް ކުރި އެވެ. ނަމަވެސް މައްސަލަ ދިމާވަނީ ނިންމާލުމުގައިކަން ފާހަގަކޮށް ޓެން ހާގް ބުނީ، މެޗުގައި ލަނޑު ޖަހާނެ ތިން ފުރުސަތު ލިބުނު ކަމަށެވެ. އެކަމުން ބުނެދެނީ ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް އޮތް ކަމަށާއި، މެޗުގައި ރަނގަޅު ކަންތައްތައް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. ލިބުނު ފުރުސަތުގެ ބޭނުން ނުހިފި މެޗުން ބަލިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން އޭނާ ބުނީ، އަބަދު ވެސް އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ،.

މީގެ އިތުރުން ޓެން ހާގް ބުނީ، އަމިއްލަ ދަނޑުގައި ކުޅޭއިރު އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، އެމީހުން މާޔޫސްވިޔަ ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަބަދު ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަވުމުން، ފަރިތަކުރުންތަކުގައި އެކަމަށް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށާއި، އެއް ދުވަހަށްވުރެ އަނެއް ދުވަހަކު ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑުގެ ފަރާތުން އަދި ފެންނަނީ ދަށް ކުޅުމެކެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އަނެއް ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް