Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ކޭން އަދި ސާނޭގެ ލަނޑުން ބަޔާން ސަލާމަތްވެއްޖެ

މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުސަތު ބަޔާނަށް އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2023 | އާދީއްތަ 06:48
މެޗުގައި ކޭން، ބަޔާންގެ ފުރަތަމަ ލަނޑު ޖަހަނީ

މެޗުގައި ކޭން، ބަޔާންގެ ފުރަތަމަ ލަނޑު ޖަހަނީ

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެއްވަރުވެއްޖެ އެވެ.

ލީގުގައި ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލައިޕްޒިގުން ވަނީ ދެ ލަނޑު ޖަހައި، ލީޑު ނަގައިފަ އެވެ. މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ލައިޕްޒިގަށް ލީޑު ނަގައިދިނީ ލިއޮސް އޮޕެންޑާ އެވެ. އޭގެ ހަ މިނެޓު ފަހުން ލައިޕްޒިގަށް ލީޑު ފުޅާ ކޮށްދިނީ ޑިފެންޑަރު ކަސްޓެލޯ ލުކެބާ އެވެ. އޭނާ އެ ލަނޑު ޖެހީ އޮޕެންޑާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބަޔާނުން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބަޔާނަށް ފަރަގު ކުޑަކޮށްދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ބަޔާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ކޭން ޖަހައިދިން ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެެވެ. އޭނާ އެ ލަނޑު ޖެހީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި ނަތީޖާ އާއެކު ބަޔާން އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުސަތު ބަޔާނަށް އޮތެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު