ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

  • ތެލުގެ އަގު ދަނީ އުފުލެމުން: އޮފިޝަލުން
  • ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް އެޕާޓްމެންޓްތަކަށް ވައިގެ ހަމަލާތަކެއް ދީފި
  • ވިޔަފާރީގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: އޮފިޝަލުން
 
Writer Profile Picture
އަމްނާ އިމާދު
ތެލުގެ އަގު ދަނީ އުފުލެމުން: އޮފިޝަލުން

ބްރެންޑް ކްރޫޑްގެ ތެލުގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ތެޔޮ ލިބުމަށް ދަތިވެ، އަގުތައް މަތިވަމުންދާނެ ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:56
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް އެޕާޓްމެންޓްތަކަށް ވައިގެ ހަމަލާތަކެއް ދީފި
24 ފެބްރުއަރީ 2022 | ބުރާސްފަތި 11:51
Writer Profile Picture
އަމްނާ އިމާދު
ވިޔަފާރީގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: އޮފިޝަލުން

ރަޝިޔާއާއިން ޔޫކްރެއިންނަށް އެރުމާއި ގުޅިގެން ވިޔަފާރީގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ބައެއް ތަކެތި ވިޔަފާރީގެ ބަޒާރުން ލިބުން ވެސް ކުރިއަށް އޮތްތަނުގައި ދަތިވާނެ އެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:44
Writer Profile Picture
އަމްނާ އިމާދު
ޑޮލަރުގެ މާކެޓްގައި ރަޝިޔާގެ ފައިސާގެ އަގު 8 އިންސައްތަ ދަށަށް

ރަޝިޔާގެ ފައިސާގެ އަގު ޔޫއެސް ޑޮލަރާއި އަގު ބަލާއިރު، 8 އިންސައްތައަށް ދަށް ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މިއީ ރަޝިޔާގެ ފައިސާގެ އަގު މިހާ ބޮޑަށް ދަށްވެގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:42
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއިން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޖަރުމަނުން ގޮވާލައިފި

ރައިޝާއިން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު، ޖަރުމަނުން ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މަޝްވަރާގެ މޭޒަށް އައުމަށާއި، ހަނގުރާމަ ތާއީދު ނުކުރާ ކަމަށް ބުނެ، އިންޒާރު ދީފައިވޭ

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:32
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ 100ށްވުރެ ގިނަ ސިފައިން މަރުވެއްޖެ

ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާތަނަށް 100ށް ވުރެ އެގައުމުގެ ސިފައިން ވަނީ މަރުވެފައެވެ. އަދި ބައެއް އެއަރ ބޭސްތަކުގެ ސަރވާތައް ޑައުންވެފައިވާ ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:29
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ވެބްސައިޓްތަކަށް ސައިބާއެޓޭކްތައް ދެނީ

ޔޫކްރެއިންގެ ސަރުކާރުގެ ވެބްސައިޓްތަކަށާއި، ބެންކްތަކަށް ވަރުގަދަ ސައިބާ އެޓޭކްތައް ދެމުންދާ ކަމަށާއި، ބައެއް ސައިޓްތައް ޑައުންވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:27
Writer Profile Picture
އަމްނާ އިމާދު
ޔޫކުރެއިންގެ ތިން ސަރަހައްދަކަށް ރަޝިޔާ ސިފައިން އަރައިފި

ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަމަށާއި، ޔޫކުރެއިންގެ ތިން ސަރަހައްދަކަށް ރަޝިޔާގެ ސިފައިން އަރާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:22
Writer Profile Picture
އަމްނާ އިމާދު
އެމެރިކާއިން މިތިބީ ޔޫކްރެއިންގެ ރައްޔިތުންނާއެކު: ބައިޑަން

ހުރިހާ ގޮތަކުން ޔޫކްރެއިންއަށް އެހީތެރިވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:17
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިން ސިފައިން ރަޝިޔާއާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި

ރިޕޯޓުތައް ބުނާ ގޮތުން ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ 5 ޖެޓް އަދި ހެލްކަޕްޓަރު ވައްޓާލާފައެވެ. މިހަމަލާތަކުގައި މިހާތަނަށް އަނިޔާވެފައިވަނީ ނުވަތަ މަރުވެފައިވަނީ ކިތައް މީހުން ކަމެއް ސާފުނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:15
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިންގެ ސިފައިން ހަމަލާ ދޭން ފަށައިފި

މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ޔޫކްރެއިންގެ ސިފައިން ވެސް ރަޝީޔާއާ ދެކޮޅަށް ހަމަލާތައް ފަށައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާގެ ހަމަލާތަކަށް ވައިގެ މަގުން ޔޫކްރެއިންގެ ސިފައިން ރައްދުދޭން ފަށާފައިވާ ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:13
Writer Profile Picture
އަމްނާ އިމާދު
ބެލަރޫސިއަން ސިފައިން ރަޝިޔާގެ ސިފައިންނާ އެކުވެ ޔޫކްރެއިންއަށް ހަމަލާ ދޭން ފަށައިފި

ސީއެންއެންއިން ރިޕޯޓު ކުރާ ގޮތުގައި ބެލަރޫސިއަން ސިފައިން ވަނީ ރަޝިޔާގެ ސިފައިންނާ އެކުވެ ޔޫކްރެއިންއަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:10
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ އާއްމު ރައްޔިތުންނަށް ހަމަލާ ނުދޭނެ: ރަޝިޔާ

ޔޫކްރެއިންގެ އާއްމު ރައްޔިތުންނަށް ހަމަލާ ނުދޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާއިން ދަނީ ބާރުގަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ.

 

24 ފެބްރުއަރީ 2022 | ބުރާސްފަތި 11:10
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގައި ހުންނަ އދ.ގެ އެމްބެސަޑަރުގެ އިންޒާރެއް ރަޝިޔާއަށް

ޔޫކްރެއިންގައި ހުންނަ އދ.ގެ އެމްބެސަޑަރު ވަނީ ރަޝިޔާގެ މި ހަނގުރާމަ ކުށްވެރިކޮށްފައެވެ. އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި އެމްބެސަޑަރު ވަނީ ހަނގުރާމަ ކުރާ މީހުން ދަނީ ނުރައްކާއަށް ކަމުގައި ވިދާޅުވެ އިންޒާރު ދެއްވާފައިވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 10:59
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގައި ތިބި 5 ދަރިވަރުންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން މާލެ ގެނެވިފައިވާ ކަމަށާއި، އެގައުމުގައި ތިބީ 5 ދަރިވަރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ބުނީ 5 ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، ވަރަށް ގާތުން ހާލު ބަލަމުންދާ ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 10:52
Writer Profile Picture
އަމްނާ އިމާދު
ރައްޔިތުންގެ ސަލާމަތަށް އިސްކަން ދޭނަން: ޔޫކްރެއިން

ޔޫކްރެއިން ވެރިރަށް ކިއޭވްގައި އެމަޖެންސީ ސައިރަން ޓެސްޓް ކޮށްފައިވާ ކަމަށާއި، ހަމަލާއެއް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް އަންގަން އަޅާ ސައިރަން އަޅާނެ ކަމަށް އެގައުމުން ބުނެފިއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 10:47
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި

ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އޮޕަރޭޝަން ފެށުމަށް ސިފައިންނަށް އަމުރުކުރައްވާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަތިޔާރު އެޅި ސިފައިން ޑޮންބަސް އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްވެސް މަޝްވަރާއެއް ކުރުމެއް ނޯންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔޫކްރެއިންގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުންނެވެ.

މަސްރަހު ހޫނުވެ ޔޫކްރޭންގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކާއެކު ރަޝިޔާއިން ވަނީ އަންގާރަ ދުވަހު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

ރަޝިޔާއިން މި ގާއިމުކުރި ގުޅުމާއެކު, ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ބޯޑަރުގެ ބޮޑު ބަޔަކަށް ރަޝިޔާއަށް ބާރުފޯރުވޭނެއެވެ. އަދި ހަމަލާއެއްދޭ ހާލަތެއްގައި އެކަން ކުރުމަށްވެސް ރަޝިޔާއަށް ފަސޭހަވެގެންދާނެއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިޔާއިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ބައެކެވެ. ޑޮންބަސްގެ ނަމުން ނަންދީފައިވާ އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިޔާއިން އަންނަނީ ޔޫކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދެމުންނެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 10:42
Writer Profile Picture
އަމްނާ އިމާދު
ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި ގުޅޭގޮތުން، އދ. ގެ އާންމު މަޖިލީހުގެ ރައީސް، އެމަޖިލީހުގައި ދެއްވި ބަޔާން
24 ފެބްރުއަރީ 2022 | ބުރާސްފަތި 10:42