ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

  • ރަޝިއާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިންނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް
  • ޔޫރޯވިޝަން ސޯންގް ކޮންޓެސްޓުން ރަޝިޔާ ބޭރުކޮށްފި
  • ކިޔެވްގެ ހުޅަނގު ބިތަށް ހަމަލާތަކެއް
 
Writer Profile Picture
ސިމާހާ ނަސީމް
ރަޝިއާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިންނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް

ރަޝިއާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިންގެ 350 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި އެހީ ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއަށް ބައިޑެން ފޮނުއްވި މެމޮރެންޑަމްއެއްގައި ވިދާޅުވީ "ފޮރިން އެސިސްޓަންޓް އެކްޓް" ގެ ދަށުން މި އެހީ ހަމަޖައްސަވައި ދެއްވުމަށެވެ.

26 ފެބްރުއަރީ 2022 | ހޮނިހިރު 10:55
Writer Profile Picture
މުހައްމަދު ޔާސިރު މޫސާ
ޔޫރޯވިޝަން ސޯންގް ކޮންޓެސްޓުން ރަޝިޔާ ބޭރުކޮށްފި

މިއަހަރުގެ ޔޫރޯވިޝަން ސޯންގް ކޮންޓެސްޓުން ރަޝިޔާ ބޭރުކޮށްފިއެވެ. ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަނުން، ރަޝިޔާ މި ކޮންޓެސްޓުން ބޭރުކޮށްފައިވަނީ ރަޝިޔާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.

26 ފެބްރުއަރީ 2022 | ހޮނިހިރު 07:10
Writer Profile Picture
މުހައްމަދު ޔާސިރު މޫސާ
ކިޔެވްގެ ހުޅަނގު ބިތަށް ހަމަލާތަކެއް

ޔޫކްރެއިންގެ ކެޕިޓަލް ސިޓީ ކިޔެވްގެ ހުޅަނގުބިތަށް ރަޝިޔާއިން ހަމަލާތަކެއް ދީފިއެވެ. ރިޕޯޓުތައް ބުނާގޮތުން ކިޔެވްގެ ހުޅަނގު ބިތުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބަޑީގެ ހަމަލާތައްދޭ އަޑު އިވިފައެވެ. މިއާއެކު އެސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ގެތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކޮށްފައެވެ.

26 ފެބްރުއަރީ 2022 | ހޮނިހިރު 07:00
Writer Profile Picture
މުހައްމަދު ޔާސިރު މޫސާ
ރަޝިޔާއިން ކީވްއަށް ހަމަލާދޭން މަސައްކަތް ކުރާނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

މިރޭގެ ވަގުތެއްގައި ރަޝިޔާއިން ކީވްއަށް ހަމަލާދޭން މަސައްކަތް ކުރާނެކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވީ ހުކުރު ދުވަހުގެރޭ ކީވްއަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ސަބަބަކީ އެގައުމުގެ ކެޕިޓަލް ސިޓީއަކީ ގައުމަށް ވަރަށް މުހިންމު ތަނަކަށް ވާތީއެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ - ރޮއިޓަރސް
26 ފެބްރުއަރީ 2022 | ހޮނިހިރު 04:22
Writer Profile Picture
އާއިޝަތު ޝިއުރާ
ޕުޓިން އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނަނީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން ވިސްނަމުންދާކަމަށާއި މިއަދު އެކަމާމެދު ގޮތެއް ނިންމާނެކަމަށް އެމެރިކާއިން ބުނެއެވެ.

ޕުޓިން އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަކީ ގައުމެއްގެ ލީޑަރަކާ ދެކޮޅަށް އަޅާނެ އެންމެ ބޮޑެތި ފިޔަވަޅުތަކަށް ވާނެއެވެ. ޕުޓިންގެ އިތުރުން ޕުޓިންއާ އެންމެ ގާތް މީހުންނަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ.

26 ފެބްރުއަރީ 2022 | ހޮނިހިރު 01:11
Writer Profile Picture
ޙުސައިން މަޚްތޫމް
މިސައިލް ހަމަލާތަކާއި ގުޅިގެން ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ނެރެފައިވާ ވޯނިން ފުޅާކޮށްފި

ޔޫރަަޕްގެ އޭވިއޭޝަން ރެގިއުލޭޓަރ އިން ވަނީ ވޯނިންގ ޒޯން ދެގުނަ ބޮޑުކޮށްފައެވެ. އެ އިދާރާއިން ބުނެފައިވަނީ މެދު ރާސްތާގެ މިސައިލްތައް ފޮނުވަމުންދާ ކަމަށެވެ.

ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީން ބުނެފައިވަނީ ނުރައްކާ އޮތް މިންވަރަށް ބަލައި އެއަރލައިންތަކާއި އޮޕަރޭޓަރުންނަށް އެކަން އަންގާފައިވާ ކަމަށާއި، ޔޫކްރެއިން ބޯޑަރާއި ރަޝިއާ ބޯޑަރުގެ 100 ނޯޓިކަލް މޭލާއި 200 ނޯޓިކަލް މޭލު ކައިރިން ދަތުރު ނުކުރުމަށް އަންގާ ކަމަށެވެ.

ޔޫކްރޭން ވެރިރަށް ކީވް - ރޮއިޓަރސް
26 ފެބްރުއަރީ 2022 | ހޮނިހިރު 00:34
Writer Profile Picture
ޙުސައިން މަޚްތޫމް
ހަންގޭރީގެ ބޯޑަރު ހުރަސްކޮށް އެގައުމަށް ދެވުމުން ދިވެހި ދަރިވަރެއްގެ ޝުއޫރު

ޔޫކްރޭންގައި ތާށިވި ދަރިވަރަކު ހަންގޭރީގެ ބޯޑަރު ހުރަށްކޮށް އެގައުމަށް ދެވުމުން ކީވްގައި ތިބި ދިވެހި ދަރިވަރުން ދުއާގައި ޝާމްލްކުރުމަށް އެދިފައިވޭ. އަދި އެންމެންވެސް ތިބީ ސަލާމަތުން ކަމަށް ވަނީ ބުނެފައި.

26 ފެބްރުއަރީ 2022 | ހޮނިހިރު 00:15
Writer Profile Picture
ޙުސައިން މަޚްތޫމް
ރަޝިއާގެ ރަސްމީ އެއަރލައިނުން ލަންޑަނާއި ޑަބްލިން އަށް ކުރާ ދަތުރުތައް މަޑުޖައްސާލައިފި
25 ފެބްރުއަރީ 2022 | ހުކުރު 23:35
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ވެރިން މަގާމުން ދުރުކުރުމަށްފަހު، ސުލްހައިގެ މަޝްވަރާއަށް އައުމަށް ދައުވަތު އަރުވަން: ޕުޓިން

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އިތުރުން އިސްވެރިން މަގާމުން ދުރުކުރުމަށްފަހު ސުލްހައިގެ މަޝްވަރާއަށް އައުމަށް ރަޝިޔާއިން ގޮވާލައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވީ މިވަގުތު ޔޫކްރެއިންގައި ތިބި އިސްވެރިން މަގާމުން ދުރުކުރުމަށްފަހު، ސުލްހައިގެ މަޝްވަރާއަށް އައުމަށް ދައުވަތުދޭ ކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:33
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގެ މަގު ހުޅުވާލަދިނުމަށް އދ އިން ގޮވާލައިފި
25 ފެބްރުއަރީ 2022 | ހުކުރު 23:33
Writer Profile Picture
އާއިޝަތު ޝިއުރާ
މޮސްކޯއިން މަސައްކަތްކުރަނީ ޔޫކްރެއިން ސަރުކާރު ބަދަލުކޮށްލުމަށް: ނޭޓޯ

މޮސްކޯއިން މަސައްކަތްކުރަނީ ޔޫކްރެއިންގެ ސަރުކާރު ވައްޓާލުމަށް ކަމަށް ނޭޓޯއިން ބުނެފިއެވެ.

ނޭޓޯއިން ވަނީ ޑިފެންސް ޕްލޭން އެކްޓްވޭޓް ކުރާނެކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:28
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގެ ސެންޓްރަލް ބޭންކުން އޭޓީއެމްތަކަށް ސަޕްލައިކުރާ ފައިސާގެ މިންވަރު އިތުރުކޮށްފި

ކޭޝް އަށް އޮތް ޑިމާންޑް ބޮޑުވުމާއެކު ރަޝިޔާގެ ސެންޓްރަލް ބޭންކުން އޭޓީއެމްތަކަށް ފައިސާ ސަޕްލައިކުރާ މިންވަރު އިތުރުކޮށްފިއެވެ.

ސެންޓްރަލް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުރިހާ ޓްރާންސްސެކްޝަންތައް ހެދޭނެކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:22
Writer Profile Picture
އަމްނާ އިމާދު
ޔޫރަޕްގެ އިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައިފި

ރަޝިޔާއިން މަސްރަހު ގޯސްކުރަމުންދާއިރު، ބަލަން ނުތިބޭނެ ކަމަށް ނޭޓޯއިން ބުނެފިއެވެ. އަދި ޔޫރަޕްގެ އިރުމައްޗަށް ނޭޓޯގެ އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:19
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުން ޕުޓިން އާއި ލަވްރޮފް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

އިނގިރޭސިވިލާތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރޖިއޯ ލަވްރޮފް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގޮތަށް ނިންމަވާފައިވާކަން ވަނީ ހާމަކޮށްފައެވެ. ބޮރިސް މިނިންމެވުން ނިންމަވާފައިވަނީ ނޭޓޯގެ ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.

އިނގިރޭސިވިލާތުން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއްޔެ އިއުލާންކޮށްފައެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:17
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ރައީސް: ''އަޅުގަނޑު މިހުރީ ގައުމުގެ ދިފާއުގައި''
25 ފެބްރުއަރީ 2022 | ހުކުރު 23:07
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 1700ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ޔޫކްރެއިންއަށް ރަޝިޔާގެ އަސްކަރިއްޔާއިން އަރައި ފަށާފައިވާ ހަނގުރާމައާ ދެކޮޅަށް ރަޝިޔާގެ އާއްމު ރައްޔިތުން ދަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާތައް ފުޅާކުރަމުންދާއިރު، މިހާތަނަށް 1700ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 23:03
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއިން ފޮނުވަމުންދާ ހަމަލާތަކުގެ ސަބަބުން ބިނަވަމުންދާ ޔޫކްރެއިންގެ ރައްޔިތުން ފޮޓޯތަކުން
25 ފެބްރުއަރީ 2022 | ހުކުރު 22:55
Writer Profile Picture
އަމްނާ އިމާދު
ފަސް މިލިއަނަށްވުރެ ގިނަ މީހުން ޔޫކްރެއިންއިން ދާން ޖެހިދާނެ ކަމަށް ލަފާކޮށްފި

މިހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ 5 މިލިއަނަށްވުރެ ގިނަ މީހުން އެގައުމުން ދޫކޮށް ދާން ޖެހޭނެ ކަމަށް ޔޫއެންއިން ލަފާކޮށްފިއެވެ. އަދި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ މިއަދަދު ދެގުނަ އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ޔޫއެންގެ ސީނިއަރ އޮފިޝަލެއް ވިދާޅުވީ މިހަނގުރާމާގައި ކުޑަކުދިން ހިމާޔަތް ކުރަން ޖެހޭ ކަަމަށެވެ.

ޔޫކްރެއިންގެ ކުޑަ ކުއްޖެއް- ބީބީސީ
25 ފެބްރުއަރީ 2022 | ހުކުރު 22:51
Writer Profile Picture
އަމްނާ އިމާދު
މުޅި ޔޫރަޕް ސަރަހައްދުގެ މިނިވަންކަމާއި މަސްލަހަތު ރަޝިޔާއިން ނަގާލާފައި: ނޭޓޯ

ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން ފަށައިގެން ކުރިއަށް ދާއިރު، ނޭޓޯއިން ބުނެފައިވަނީ މުޅި ޔޫރަޕްގެ ސަރަހައްދުގެ މިނިވަންކަމާއި، މަސްލަހަތު ރަޝިޔާއިން ނަގާލާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އިތުރަށް މަސްރަހު ގޯސްވުމަށް ކަމަށް ވެސް ނޭޓޯއިން ބުނެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 22:41
Writer Profile Picture
އަމްނާ އިމާދު
ނޭޓޯގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި
25 ފެބްރުއަރީ 2022 | ހުކުރު 22:38
Writer Profile Picture
އަމްނާ އިމާދު
ކީވްގެ ޓްރެއިން ސްޓޭޝަންއަށް ބަޑި ޖަހައިފި

ކީވްގެ ޓްރެއިން ސްޓޭޝަންސްއަށް ބަޑި ޖަހައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޑި ޖަހާފައިވަނީ ގިނަ ބަޔަކު ސިޓީ ދޫކޮށް ދިއުމަށް އެސަރަހައްދަށް ޖަމާވެފައިވަނިކޮށްށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 22:32
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ރައްޔިތެއް ރަޝިޔާގެ ސިފައިން ކުރިއަށް ދިއުމަށް ހުރަސް އަޅާ ވީޑިއޯއެއް
25 ފެބްރުއަރީ 2022 | ހުކުރު 22:28
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫކްރެއިންގެ 18،000 ރައްޔިތުންނަށް ހަތިޔާރު ދީފި

ރަޝިޔާ ކިބައިން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ ޔޫކްރެއިންގެ 18،000 ރައްޔިތުންނަށް ހަތިޔާރު ދީފިއެވެ.

އަނެއްކޮޅުން ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދިފާއުކުރުމަށް ޔޫކްރެއިންގެ އަަސްކަރީ ފައުޖުތައް ބަނީ މިހާރު ރުކުރުވާލާފައެވެ.

25 ފެބްރުއަރީ 2022 | ހުކުރު 22:23
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއިން ފޭސްބުކްއަށް ވަނުން ލިމިޓްކޮށްފި

ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާއިން ވަނީ ފޭސްބުކް އަށް ވަނުން ލިމިޓްކޮށްފައެވެ. އެއީ ފޭސްބުކްގެ ސަބަބުން ރަޝިޔާގެ ސެންސާޝިޕަށް ބުރޫއަރީއެވެ. ހަމަލާތަކާއި ގުޅިގެން ސައިބާ އެޓޭކްތައް އަންނަމުންދާއިރު، ގިނަ ވެބްސައިޓްތަކެއް ޑައުން ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 22:15
Writer Profile Picture
އަމްނާ އިމާދު
ހަނގުރާމައާ ގުޅިގެން ރަޝިޔާ ބިރުވެރިކަމެއްގެ ތެރެއަށް

އެމެރިކާގެ އަސްކަރީ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން މިހާރު ރަޝިޔާ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެހެންކަމުން ހަމަލާތައް ހުއްޓާލާ މަޝްވަރާގެ މޭޒަށް ދިއުން ބުއްދިވެރި ގޮތެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށާފައިވާއިރު، އެކަމާއި ދެކޮޅަށް ރަޝިޔާގެ ރައްޔިތުން އެގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ޔޫކްރެއިން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތައް - ރޮއިޓަރސް
25 ފެބްރުއަރީ 2022 | ހުކުރު 22:11