Raajje.mv

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

24 ފެބުރުއަރީ 2022
484738
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ރަޝިޔާ ޔޫކްރޭން ހަނގުރާމަ

25 ފެބުރުއަރީ 2022 | 10:14

ޔޫކްރޭން ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ދިނީ ބީރު ކަންފަތެއް – ޒެލެންސްކީ

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ހުއްޓާނުލާ ހަމަލާ ދެމުން އަންނަ ކަމަށާއި، ޔޫރަޕްގެ 27 ގައުމެއްގައި، ޔޫކްރޭން ނޭޓޯއަށް ވައްދާނެތޯ ސުވާލު ކުރެވުނު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ގައުމަކުން ޖަވާބެއް ދީފައި ނުވާ ކަމަށާއި، އެންމެން ތިބީ ހަނު ކަމަށެވެ.

25 ފެބުރުއަރީ 2022 | 07:56

ޔޫކްރެއިންގެ އެއްހާހަށްވުރެ ގިނަ ރެފިޔުޖީން ޕޮލެންޑަށް ވަދެއްޖެ

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމުން ޔޫކްރެއިން އިން ނިކުތް ހާހަހަށްވުރެ ގިނަ މީހުން ޕޮލެންޑަށް ގޮސްފިއެވެ.

ގިނަ ބަޔަކު ތިބީ ޓްރެއިން ސްޓޭޝަންތަކާއި ކޭމްޕްތަކުގަޔާއި ހޮޓެލްތަކުގައެވެ. ޕޮލެންޑުން ވަނީ ޔޫކްރެއިންގެ ރެފިޔުޖީންނަށް ކާނާ އާއި ބޭހާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެތައް ހާސް ބަޔަކު މިހާރުވެސް ގެންދަނީ ޔޫކްރެއިން އިން ނިކުތުމަށް މަސައްކަތް ކުރަމުންނެވެ.

25 ފެބުރުއަރީ 2022 | 07:46

ރަޝިޔާގެ އަމާޒު ޔޫކްރެއިން ސަރުކާރު ބަދަލުކޮށްލުމާއި ދިމާލަށް

ޔޫކްރޭންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ - ރޮއިޓަރސް
ޔޫކްރޭންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 07:43

ރަޝިއާގެ 450 ސިފައިން މަރުވެއްޖެ ކަމަށް ޔޫކޭ އިން ބުނެފި

ރަޝިއާ އިން ޔޫކްރޭން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 450 ސިފައިން މަރުވެފައިވާ ކަމަށް ޔޫކޭގެ ޑިފެންސް ސެކްރެޓަރީ ވަނީ އަންދާޒާ ކުރައްވާފައެވެ.

25 ފެބުރުއަރީ 2022 | 07:38

ރަޝިއާއަށް ޖެހޭނީ މަޖުބޫރުވެގެން ވާހަކަދައްކަން، ޒެލެންސްކީގެ ޝުކުރު ރަޝިއާގައި މުޒާހިރާ ކުރާ މީހުންނަށް

ހުކުރު ދުވަހުގެ ހެނދުނު ޔޫކްރޭންގެ ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ކައިރި ނުވަތަ ދުރު މުސްތަގުބަލެއްގައި ނަމަވެސް، ރަޝިއާއިން ޖެހޭނީ މިލިޓަރީ އޮޕަރޭޝަނާއި، ޔޫކްރޭން ހިފުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ ވާހަކައިގެ މޭޒުދޮށަށް އަންނަން ކަމަށެވެ. ނޫންނަމަ މިކަމުގައި އޮތީ ރަޝިއާއަށް އޮތް ދެރައެއް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ވެރިރަށް ކީވް އަށް ރަޝިއާގެ އަސްކަރިއްޔާ އިން އެރި ނަމަވެސް، މިއީ ޔޫކްރޭންގެ ބިމެއް ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. އަދި ޔޫކްރޭން ފޮހެ ނުލެވޭނެ ކަމަށެވެ. އަދި ރަޝިއާގެ ކަލިބަރ މިސައިލްތައް ޔޫކްރޭންގެ މިނިވަންކަމާއި ދޮކޮޅަށް މަސައްކަތް ނުކުރާނެ ކަމަށާއި ރަޝިއާއިން ޔޫކްރެން ހިފަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރަޝިއާގެ ރައްޔިތުން މުޒާހިރާކުރަމުންދާތީ އެކަމަށް ވެސް ޒެލްންސްކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ހަނގުރާމައާއި ދެކޮޅަށް ރަޝިއާގެ މަގުތަކުުގައި ވަނީ މުޒާހިރާކޮށްފައެވެ. މުޒާހިރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު، ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރު ކުރާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިއާގައި ހުއްދަ ނުނަގައި މުޒާހިރާ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެކަނި ހުރެގެން އަޑު އުފުލުމުގެ ހުއްދަ އެގައުމުގައި އޮވެއެވެ. ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށް ރަޝިއާގެ ވެރިރަށް މޮސްކޯގައި މުޒާހިރާއާއި ގުޅިގެން 1500 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އެހެނިހެން ސިޓީތަކުން މަދުވެގެން 2500 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

25 ފެބުރުއަރީ 2022 | 06:52

ކިޔެވްގެ ބޭރު ސަރަހައްދަށް ވަދެގަތުމަށް ރަޝިޔާ އަސްކަރިއްޔާއިން މަސައްކަތްކުރަނީ

ރަޝިޔާގެ އަސްކަރިއްޔާއިން ކިޔެވްގެ ބޭރުގައި އޮންނަ ސަރަހައްދަށް ވަދެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ޔޫކްރެއިންގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އަދި ކިޔެވް އަށް އަމާޒުކޮށް ޓޭންކުން ހަމަލާދޭނެކަަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.

ރަޝިޔާ ޔޫކްރެއިން ހަމަނުޖެހުން - އަލްޖަޒީރާ
ރަޝިޔާ ޔޫކްރެއިން ހަމަނުޖެހުން - އަލްޖަޒީރާ
25 ފެބުރުއަރީ 2022 | 06:29

މޯދީ ޕުޓިންއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފިއެވެ.

އިންޑިޔާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ އާއި ނޭޓޯއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލެވޭނީ ތެދުވެރިކަމާއެކު ކުރިޔަށްގެންދާ ވާހަކަތަކުން ކަމަށް މޯދީ ވިދާޅުވިކަމަށެވެ. އަދި ވަގުތުން ހަމަލާބަދަލުކުރުން ހުއްޓާލާ ސުލްހައިގެ ވާހަކަތައް ފެށުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އިންޑިޔާއިން ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައިނުވާއިރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ކުށްވެރިކޮށްފައިނުވެއެވެ.

ރަޝިޔާ އާއި އިންޑިޔާ އާ ދެމެދު ސޯވިއެޓް ޔޫނިއަންގެ ޒަމާނުއްސުރެ ގާތްގުޅުމެއް އޮވެއެވެ.

25 ފެބުރުއަރީ 2022 | 06:26

ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންގެ ފަހުގެ އަޕްޑޭޓް

- ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

- ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް.

- ރެއިން ފެށިގެން ފޮރިން މިނިސްޓްރީއާއި ބަރލިންގައި ހުންނަ ދިވެހި އެމްބަސީއިން ދަނީ ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުން.

- ހަރްކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ ދަނީ މަސައްކަތް ކުރަމުން.

- ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު.

25 ފެބުރުއަރީ 2022 | 05:47

މިހުރީ ކިޔެވްގައި، ކިޔެވް ދޫކޮށް ދިޔުމުގެ ވިސްނުމެއްނެތް:ޔޫކްރެއިންގެ ރައީސް

ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދޫކޮށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށާއި މިހާރުވެސް ހުންނެވީ ކިޔެވްގައި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ އެމަނިކުފާނަކީ ރަޝިޔާގެ އެއްވަނަ ޓާގެޓްކަމަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމަށް ރަޝިޔާއަށް ގޮވާލެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން އަންނަނީ އަސްކަރީ ތަންތަނުގެ އިތުރުން އާންމުން ދިރިއުޅެމުން އަންނަ ތަންތަނަށްވެސް ހަމަލާތައް ދެމުންނެވެ.

25 ފެބުރުއަރީ 2022 | 05:35

ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް ފްރާންސްގެ ރައީސް މެކްރޮން

ރަޝިޔާ އާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ފްރާންސްގެ ރައީސް މެނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.

މެކްރޮން އަކީ މިމައްސަލައިގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ވާހަކަދެއްކެވި ހުޅަނގުގެ ފުރަތަމަ ރައީސްވެސްމެއެވެ. އަދި އެންމެ ގިނަ ފަހަރު މިހާތަނަށް ޕުޓިންއާ ވާހަކަދައްކަވާފައިވަނީވެސް މެކްރޮންއެވެ.

މެކްރޮން ވަނީ ނޭޓޯގެ ލީޑަރުންގެ ސަމިޓްގެ ކުރިން ޕުޓިންއާ ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ. ނަމަވެސް އެފޯނު ކޯލުން އެދެވޭ ނަތީޖާއެއް ނުނިކުންނަކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް އަދިވެސް ސުލްހައިގެ ވާހަކަތަކަށް މަގުއެބައޮތްކަމަށް ޕުޓިން ވިދާޅުވިއެވެ.

25 ފެބުރުއަރީ 2022 | 05:30

ހަނގުރާމައިގެ ދެވަނަ ދުވަސް: ކިޔެވް އަށް ވަރުގަދަ ހަމަލާތަކެއް

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންދާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިޔެވް އަށް އެންމެ ފަހުން މިފަދަ ހަމަލާތަކެއް ތަޖުރިބާކުރަން ޖެހުނީ 1941 ވަނަ އަހަރު ޖަރުމަނުގެ ނާޒީން ހަމަލާތައް ދިން އިރުކަމަށެވެ. ޔޫކްރެއިން އިން އެފަހަރު ނާޒީން ބަލިކުރިކަމަށާއި މިފަހަރު ރަޝިޔާވެސް ބަލިކުރާނެ ކަމަށް ވިދާޅުވިއެވެ. ޕުޓިން ހުއްޓުވާ، ރަޝިޔާ އެކަހެރިކޮށް ރަޝިޔާ ބާކީ ކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

25 ފެބުރުއަރީ 2022 | 05:27

ޕުޓިން މަސައްކަތްކުރައްވަނީ ޔޫކްރެއިންގައި އޮތް ސަރުކާރު ވައްޓާލުމަށް: ބްލިންކެން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މަސައްކަތްކުރައްވަނީ ޔޫކްރެއިންގައި މިހާރު އޮތް ސަރުކާރު ވައްޓާލުމަށްކަމަށް އެމެރިކާގެ ސެކެރެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންޖެން ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި މައި ސިޓީތަކަށް ދެމުންދާ ހަމަލާތަކަކީ ސަރުކާރު ބަދަލުކޮށްލުމުގެ ޕްލޭންގެ ތެރެއިން ދެމުންދާ ހަމަލާތަކެއްކަމަށެވެ.

25 ފެބުރުއަރީ 2022 | 04:23

އަޒޯވް ކަނޑުގައި ކޮމާޝަލް އުޅަނދުތައް ދުއްވުން މަނާކޮށްފި

ރަޝިއާ އިން އެގައުމުގެ އަޒޯވް ކަނޑުގައި ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ކޮމާޝަލް އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ. މިކަން ނިންމާފައިވަނީ ރަޝިއާގެ އަސްކަރިއްޔާއިންނެވެ. ނަމަވެސް ބްލެކް ސީ ހުޅުވާލެވިފައިވާ ކަމަށް އެގައުމުން ބުނެއެވެ.

އަޒޯވް ކަނޑުގައި އުޅަނދު ދުއްވުން ރަޝިއާއިން ވަނީ މަނާކޮށްފައި - ރޮއިޓަރސް
އަޒޯވް ކަނޑުގައި އުޅަނދު ދުއްވުން ރަޝިއާއިން ވަނީ މަނާކޮށްފައި - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 04:08

ކީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާ - ގެއްލުން ދެނެނުގަނެވޭ

ހުކުރު ދުވަހުގެ ފަތިހި ރަޝިއާއިން ޔޫކްރޭންގެ ވެރިރަށް ކީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާގައި ބޮޑެތި ގެއްލުން ވެފައިވީ ނަމަވެސް ސީދާ ލިބުނު ގެއްލުމެއް ކަށަވަރު ވެފައި ނުވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސީއެންއެންގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ކީވްގެ ތެރެއިން ބާރުގަދަ 2 ގޮވުމެއް ގޮވާފައިވާ ކަމަށާއި، ރަށުގެ ދުރު ހިސާބަކުން އިތުރު ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ.

25 ފެބުރުއަރީ 2022 | 04:05

ޔޫކްރޭންގެ ވެރިރަށަށް ބެލެސްޓިކް މިސައިލް ހަމަލާއެއް ދީފި

ޔޫކްރޭންގެ ވެރިރަށް ކީވް އަށް ބެލެސްޓިކް މިސައިލް ހަމަލާ ދީފައިވާކަން އެގައުމުގެ އޮފިޝަލަކު ވަނީ ބީބީސީއަށް ކަށަަވަރުކޮށްދެއްވާފައެވެ. ރަޝިއާ އިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފައެވެ.

ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 04:01

ރަޝިއާގެ ގައުމީ އެއަރލައިނަށް ދޫކޮށްފައިވާ ހުއްދަ ޔޫކޭއިން ބާތިލްކޮށްފި

ރަޝިއާގެ ގައުމީ އެއަރލައިން އެއޮރޯފްލޮޓަށް ދީފައިވާ ހުއްދަ އިނގިރޭސީވިލަތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހިފަހައްޓައިފިއެވެ. މިކަން ޔޫކޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން - ރޮއިޓަރސް
ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން - ރޮއިޓަރސް
24 ފެބުރުއަރީ 2022 | 21:04

ހަނގުރާމަ ކުރާ ސަރަހައްދުން ފްލައިޓުތައް ދަތުރުކުރުން މަނާކޮށްފި

ޔޫކްރޭން، ބެލަރުސް އަދި ރަޝިޔާގެ ދެކުނުގައި ހިމެނޭ ސަރަހައްދުތަކުގެ މަތިން އެމެރިކާގެ އެއަރލައިންތައް ވައިގެ ދަތުރުކުރުން ހުއްޓާލުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.

ރަޝިޔާ - ޔޫކްރޭން ގުޅޭ ބޯޑަރު ސަރަހައްދު - އިންޑިޔާ ޓުޑޭ
ރަޝިޔާ - ޔޫކްރޭން ގުޅޭ ބޯޑަރު ސަރަހައްދު - އިންޑިޔާ ޓުޑޭ
24 ފެބުރުއަރީ 2022 | 20:01

ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކްރެއިންގެ 57 މީހުން މަރުވެ 169 މީހުން ޒަޚަމްވެއްޖެ

ޔޫކްރެއިންއަށް ރަޝިޔާ އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 57 މީހުން މަރުވެ 169 މީހުން ޒަޚަމްވެފައިވާކަމަށް ޔޫކްރެއިންގެ ހެލްތު ކެއަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެތެރޭގައި ހަނގުރާމަ މަތީ މީހުންނާއި އެނޫން މީހުންވެސް ހިމެނޭކަމަށެވެ.

ޔޫކްރެއިންގެ ހާލަތު  - އޭޕީ
ޔޫކްރެއިންގެ ހާލަތު - އޭޕީ
24 ފެބުރުއަރީ 2022 | 20:01

އިންސާނީ ހައްގުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ޔޫކްރޭނުން އެދިއްޖެ

ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އިންސާނީ ހައްގުތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ޔޫކްރޭނުން އެދިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
24 ފެބުރުއަރީ 2022 | 19:57

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބެލަރޫސް އާ ދެކޮޅަށްވެސް

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބެލަރޫސްގެ 24 މީހަކާ ދެކޮޅަށް އަޅާފައިވާނެކަމަށް އެމެރިކާއިން ބުނެފިއެވެ. އަދި ސަރުކާރުގެ ދެ ބޭންކަކާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާފައިވާނެކަމަށް އެމެރިކާއިން ބުނެއެވެ.

24 ފެބުރުއަރީ 2022 | 19:51

މިއީ ޕުޓިން ފެއްޓެވި ހަނގުރާމައެއް: ބައިޑަން

ޔޫކްރެއިން އާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ ޕުޓިން އަމިއްލަފުޅަށް ފެއްޓެވި ހަނގުރާމައެއް ކަމަށާއި އެހެންކަމުން އޭގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭނީ ޕުޓިންކަމަށް އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވެއްޖެއެވެ.

24 ފެބުރުއަރީ 2022 | 19:43

އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޑަން އިއުލާންކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ މަޝްރަހާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ރަޝިޔާއާ ދެކޮޅަށް އަޅުއްވާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވައިފިއެވެ.

ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ރަޝިޔާގެ އިގްތިޞާދަށް އަސަރުކުރާނެ ފަދަ ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ބައްޓަންކޮށްފައިވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް ބޮޑަށް އެމެރިކާ އަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެމެރިކާ އެކަނި ނޫންކަމަށާއި އެމެރިކާ އާއެކު އީޔޫގެ 27 ގައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ރަޝިޔާ އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ:

- ޑޮލަރުންނާއ، ޔޫރޯއިންނާއި، ޕައުންޑުން އަދި ޔެން ބޭނުންކޮށްގެން ރަޝިޔާއަށް ވިޔަފާރި ކުރެވޭނެ މަގުތައް ހަނިކުރުން

- ރަޝިޔާގެ އަސްކަރިއްޔާއަށް ފައިނޭންސްކޮށް އަސްކަރިއްޔާ ތަރައްގީކުރެވޭނެ ގޮތްތައް ހުއްޓުވާލުން

- ރަޝިޔާގެ ބޭންކުތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އެއް ޓްރިލިއަން އެސެޓް ހިފެހެއްޓުން

- ހައިޓެކް އިކޮނޮމީގައި ރަޝިޔާއަށް ވާދަކުރެވޭ ގޮތްތައް ބަންދުކޮށް އެމަގުތަކުގެ ބާރު ދުއްވާލުން

ބައިޑަން ވިދާޅުވީ މައި ހަތަރު ބޭންކެއް އެއްކޮށް ބްލޮކްކުރާނެ ކަމަށެވެ. މާނައަކީ އެމެރިކާގައި ހުރި އެބޭންކުތަކުގެ ހުރިހާ އެސެޓެއް ފްރީޒްވާނެއެވެ.

24 ފެބުރުއަރީ 2022 | 19:23

ހަމަލާދިނުމުން ޕުޓިން އާ ވާހަކަދެއްކުމުގެ ވިސްނުމެއް ނެތް: ބައިޑަން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ ޕުޓިންއާ ވާހަކަދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ ޕުޓިންގެ މިއަމަލުތަކުގެ އަގު ވަރަށް ބޮޑުތަނުން ދައްކަންޖެހޭނެކަމަށެވެ. އަދި ރަޝިޔާ ފަދަ ބޮޑު ބާރަކުން އެފަދަ ކަމެއް ކުރުމަކީ އެއް ގޮތަކުންވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ރަޝިޔާގެ ބާރުދަށްވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

24 ފެބުރުއަރީ 2022 | 19:19

ޕުޓިން ބޭނުންފުޅުވަނީ އަލުން ސޯވިއެޓް ޔޫނިއަން ގެންނަން: ބައިޑަން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހުންނެވީ މުޅި ދުނިޔެއާ ގުޅުން ކެނޑިފައިކަމަށާއި ޕުޓިން ބޭނުންވަނީ ސޯވިއެޓް ޔޫނިއަން އަލުން ގެނައުމަށްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޕުޓިންގެ މަގްސަދަކީ ޔޫކްރެއިންނޫންކަމަށާއި އެއަށްވުރެ ބޮޑު ކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން - ސީ.އެން.އެން
އެމެރިކާގެ ރައީސް ޖޯ ބައިޑަން - ސީ.އެން.އެން
24 ފެބުރުއަރީ 2022 | 18:53

ޗޭނަބަލް ނިއުކްލިއަރ ޕަވަރޕްލާންޓް ހިފައިފި

ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ޗޭނަބަލް ޕަވަރޕްލާންޓް ހިފައިފި - ރޮއިޓަރސް
ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ޗޭނަބަލް ޕަވަރޕްލާންޓް ހިފައިފި - ރޮއިޓަރސް

ޔޫކްރޭންގެ ޗޭނަބަލް ނިއުކްލިއަރ ޕަވަރ ޕޮއިންޓް ރަޝިއާއިން ހިފާފައިވާ ކަމަށް ޔޫކްރޭންގެ ސަރުކާރުން ބުނެފިއެވެ. ނަމަވެސް ހަމަލާ ބަދަލުކުރުމާއި ގުޅިގެން އެ ޕަރަވޕްލާންޓުގެ ހާލަތެއް ނޭނގޭ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެއެވެ.

24 ފެބުރުއަރީ 2022 | 18:12

ޔޫކްރޭންގައި ތާށިވި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ދީފި

ޔޫކްރޭންގައި ތާށިވެފައި ތިބި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ބޭރު ފައިސާއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރެވޭ މުއާލަމާތް އިތުރުކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބޭރު ފައިސާގެ ލިމިޓް އިތުރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

24 ފެބުރުއަރީ 2022 | 18:06

ޔޫކްރެއިންގައި ހިންގަމުންދާ ކަންކަން ހުއްޓާލުމަށް މޯދީ ގޮވާލައްވައިފި

ރަޝިއާއިން ޔޫކްރޭންގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

މޯދީ މިކަމަށް ގޮވާލެއްވި ކަން ހާމަކުރައްވާފައިވަނީ އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޯދީ ފޯނުން ޕުޓިންއަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޯދީ ވަނީ ވަގުތުން ވަގުތަށް ހަމަނެޖުހުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޑިޕްލޮމެޓިކް ގޮތެއްގައި ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް ވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

24 ފެބުރުއަރީ 2022 | 18:01

ޔޫކްރެއިން ނުހިފާ ރަޝިއާއަށް ސަލާމަތެއް ނެތް - ޕުޓިން

ރަޝިއާގެ ސަލާމަތަށްޓަކައި ޔޫކްރޭން ހިފުން ނޫން ގޮތެއް ނެތް ކަމަށް ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕުޓިން ވިދާޅުވެއްޖެ

24 ފެބުރުއަރީ 2022 | 17:21

ހަނގުރާމަ ކުރުމާ ދެކޮޅަށް ރަޝިޔާގައި މުޒާހަރާކުރަމުންދިޔަ 100ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމާއި ދެކޮޅަށް ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަމުންދިޔަ 167 މީހުން ހައްޔަރުކޮށްފައިވާކަމަށް ރަޝިޔާގެ ފުލުހުން ބުނެފިއެެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭހެން 24 ހިސާބެއްގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.

24 ފެބުރުއަރީ 2022 | 17:19

އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅަށް އިގްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ރަޝިޔާ އާ ދެކޮޅަށް އަޅުއްވާނެ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ހާމަކުރައްވައިފިއެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ބޭންކުތަކުގައި ރަޝިޔާގެ ބޭންކުތަކަށް ޑިޕޮސިޓްކުރެވޭ މިންވަރު ލިމިޓްކޮށް 100 މީހުންގެ އެސެޓްތައް ފްރީޒްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި އެކްސްޕޯޓް ކުރުމުގައި ކޮންޓްރޯލްތަކެއް ގެންގުޅޭނެކަމަށް ވިދާޅުވިއެވެ.

އަދި އަންނަ ހަފްތާގައި އިނގިރޭސިވިލާތުގެ މާކެޓްތަކުގައި ރަޝީޔާގެ ކުންފުނިތަކަށް ފައިނޭންސް ނުކުރެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެކަމަށްވެސް ބޮރިސް ވިދާޅުވިއެވެ.

24 ފެބުރުއަރީ 2022 | 17:11

ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމުގެ ބާރެއް ޔޫކްރެއިންގައި ނެތް: ޔޫކްރެއިންގެ ޑިޕްލޮމެޓެއް

ޔޫކްރެއިންގައި މިވަގުތު ރަޝިޔާއިން ދިފާއުވުމުގެ އަސްކަރީ ގާބިލްކަމެއް ނެތްކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ ސަފީރު ވިދާޅުވެއްޖެއެވެ.

މީހުން އެބަތިބިކަމަށާއި ނަމަވެސް ހަނގުރާމައިގައި ބޭނުންކުރާނެ ހަތިޔާރު ނެތްކަމަށް ވިދާޅުވިއެވެ. އަދި އެއްގަމު މަގުން ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލްކަން ޔޫކްރެއިންގެ އެބައޮތްކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިން ރަޝިޔާ މަޝްރަހު  - ސީ.އެން.އެން
ޔޫކްރެއިން ރަޝިޔާ މަޝްރަހު - ސީ.އެން.އެން
24 ފެބުރުއަރީ 2022 | 17:03

ޔޫކްރެއިންގެ ވައިގެ ސަރަހައްދު ފެންނަނީ ހުސްކޮށް

ޔޫކްރެއިންގެ ވައިގެ ސަރަހައްދާއި ރަޝިޔާގެ ބޯޑަރު ސަރަހައްދު ފެންނަނީ އެއްކޮށް ހުސްކޮށެވެ. ފްލައިޓް ޓްރެކިންގ ވެބްސައިޓްތަކުން މިސަރަހައްދު އެއްކޮށް ހުސްކޮށް ފެންނަމުންދަނީ ޔޫކްރެއިން އަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.

ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވަނީ އާންމު ފްލައިޓްތަކަށް ބަންދުކޮށްފައެވެ.

ޔޫކްރެއިން  - ސީ.އެން.އެން
ޔޫކްރެއިން - ސީ.އެން.އެން
24 ފެބުރުއަރީ 2022 | 15:57

ޔޫކްރެއިންގެ ހުޅަނގު ބޯޑަރު ސަރަހައްދު ފެންނަނީ އަމާންކޮށް: ޔޫކްރެއިން

ޔޫކްރެއިންގެ ހުޅަނގު ބޯޑަރު ސަރަހައްދު ފެންނަނީ އަމާންކޮށް ކަމަށް ޔޫކްރެއިންގެ އިންޓަރނަލް އެފެއަރޒް މިނިސްޓްރީން ބުނެފިއެވެ. ނަމަވެސް އެސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުކަމަށް ވަނީ ބުނެފައެވެ.

24 ފެބުރުއަރީ 2022 | 15:55

ކިޔެވްގައި ރޭގަނޑު ގަޑީގައި ކާފިއު ހިންގާނެކަމަށް އެސިޓީގެ މޭޔަރ ވިދާޅުވެއްޖެ

ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ކާފިއު އިއުލާނުކުރާނެކަމަށް އެސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ.

އެގޮތުން ރޭގަނޑު 10ން ހެނދުނު 7ށް ކާފިއު އިއުލާންކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިގަޑިތަކުގައި ޕަބްލިކް ޓްރާންސްޕޯޓެއް ނޯންނާނެއެވެ. ނަމަވެސް މެޓްރޯ ސްޓޭޝަންތަކުން ބޯހިޔާވަހިކަން ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ވެރިރަށް ކިޔެވް - ސީ.އެން.އެން
ޔޫކްރެއިންގެ ވެރިރަށް ކިޔެވް - ސީ.އެން.އެން
24 ފެބުރުއަރީ 2022 | 15:27

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމާއި ގުޅިގެން ބައިޑަން އެމެރިކާގެ ރައްޔިތުންނާ މިރޭ މުޚާތަބުކުރައްވަނީ

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެގައުމުގެ ރައްޔިތުންނާ މުޚާތަބުތުކުރައްވާ މިރޭ ވާހަކަދައްކަވާނެއެވެ.

އަދި މިވާހަކަފުޅުގައި އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާނެކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން  - ރޮއިޓަރސް
އެމެރިކާގެ ރައީސް ޖޯ ބައިޑަން - ރޮއިޓަރސް
24 ފެބުރުއަރީ 2022 | 14:55

ހަނގުރާމައާ ދެކޮޅަށް ރަޝިޔާގައި މުޒާހަރާކުރާނަމަ ފިޔަވަޅު އަޅާނަން: ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީ

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ އެކަމާއި ދެކޮޅަށް ރަޝިޔާގެ އެކިކަންކޮޅުތަކުގައި މުޒާހަރާކުރުމަށް ގޮވާލި ގޮވާލުންތަކަށް އިޖާބަދީ މުޒާހަރާކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ދީފިއެވެ.

އެކަމާއި ގުޅިގެން އިންވެސްޓިގޭޓިވް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެކަމަށެވެ.

24 ފެބުރުއަރީ 2022 | 14:19

ޔޫކްރެއިންގެ ދިފާއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލުންތައް ކުރިޔަށްދަނީ

ރަޝިޔާއިން ޔޫކްރެއިން ހަމަލާދެމުންދާތީ އެކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލަން ފަށައިފިއެވެ.

ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ  - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
ޔޫކްރެއިންގެ ދިފާއުގައި އަޑުއުފުލަމުންދަނީ - އަލްޖަޒީރާ
24 ފެބުރުއަރީ 2022 | 14:06

ޔޫކްރެއިން އަސްކަރިއްޔާގެ 74 ތަނެއް ހަލާލުކޮށްލައިފިން: ރަޝިޔާ

ޔޫކްރެއިންގެ އަސްކަރިއްޔާ އާ ގުޅުންހުރި 74 ތަނެއް މިހާތަނަށް އައިއިރު ހަލާކުކޮށްލާފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މީގެތެރޭގައި ވައިގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ 11 ތަނެއްވެސް ހިމެނޭކަމަށް ރަޝިޔާ އަސްކަރިއްޔާއިން ބުނެއެވެ.

24 ފެބުރުއަރީ 2022 | 14:02

މިހާތަނަށް 203 ހަމަލާއެއް އަމާޒުކޮށްފައިވޭ: ޔޫކްރެއިން ޕޮލިސް

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކަކީ މުޅި ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކެއް ކަމަށް ޔޫކްރެއިންގެ ފުލުހުން ބުނެފިއެވެ.

މިހާތަނަށް 203 ހަމަލާއެއް މިއަދު ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

24 ފެބުރުއަރީ 2022 | 13:44

ޔޫކްރެއިންއަށް ހަމަލާދިނުމުގައި ބެލަރޫސް ބައިވެރިނުވުމަށް އީޔޫއިން އެދެފި

ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ބެލަރޫސް އިން ބައިވެރިނުވުމަށް އީޔޫން އެދެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ އީޔޫގެ ޗީފް މައިކަލް ވިދާޅުވީ ރަޝިޔާއިން ހިންގަމުންދާ ކަންކަމުގައި ބައިވެރިނުވުމުގެ ބާރު ބެލަރޫސްއަށް ލިބިގެންވާކަމަށެވެ.

ބެލަރޫސް އިން އަންނަނީ މިމައްސަލައިގައި ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

9 / 11