Raajje.mv

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

24 ފެބުރުއަރީ 2022
484738
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ރަޝިޔާ ޔޫކްރޭން ހަނގުރާމަ

25 ފެބުރުއަރީ 2022 | 19:34

މިސައިލް ހަމަލާތަކާއި ގުޅިގެން ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ނެރެފައިވާ ވޯނިން ފުޅާކޮށްފި

ޔޫރަަޕްގެ އޭވިއޭޝަން ރެގިއުލޭޓަރ އިން ވަނީ ވޯނިންގ ޒޯން ދެގުނަ ބޮޑުކޮށްފައެވެ. އެ އިދާރާއިން ބުނެފައިވަނީ މެދު ރާސްތާގެ މިސައިލްތައް ފޮނުވަމުންދާ ކަމަށެވެ.

ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީން ބުނެފައިވަނީ ނުރައްކާ އޮތް މިންވަރަށް ބަލައި އެއަރލައިންތަކާއި އޮޕަރޭޓަރުންނަށް އެކަން އަންގާފައިވާ ކަމަށާއި، ޔޫކްރެއިން ބޯޑަރާއި ރަޝިއާ ބޯޑަރުގެ 100 ނޯޓިކަލް މޭލާއި 200 ނޯޓިކަލް މޭލު ކައިރިން ދަތުރު ނުކުރުމަށް އަންގާ ކަމަށެވެ.

ޔޫކްރޭން ވެރިރަށް ކީވް - ރޮއިޓަރސް
ޔޫކްރޭން ވެރިރަށް ކީވް - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 19:15

ހަންގޭރީގެ ބޯޑަރު ހުރަސްކޮށް އެގައުމަށް ދެވުމުން ދިވެހި ދަރިވަރެއްގެ ޝުއޫރު

ޔޫކްރޭންގައި ތާށިވި ދަރިވަރަކު ހަންގޭރީގެ ބޯޑަރު ހުރަށްކޮށް އެގައުމަށް ދެވުމުން ކީވްގައި ތިބި ދިވެހި ދަރިވަރުން ދުއާގައި ޝާމްލްކުރުމަށް އެދިފައިވޭ. އަދި އެންމެންވެސް ތިބީ ސަލާމަތުން ކަމަށް ވަނީ ބުނެފައި.

25 ފެބުރުއަރީ 2022 | 18:35

ރަޝިއާގެ ރަސްމީ އެއަރލައިނުން ލަންޑަނާއި ޑަބްލިން އަށް ކުރާ ދަތުރުތައް މަޑުޖައްސާލައިފި

25 ފެބުރުއަރީ 2022 | 18:33

ޔޫކްރެއިންގެ ވެރިން މަގާމުން ދުރުކުރުމަށްފަހު، ސުލްހައިގެ މަޝްވަރާއަށް އައުމަށް ދައުވަތު އަރުވަން: ޕުޓިން

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އިތުރުން އިސްވެރިން މަގާމުން ދުރުކުރުމަށްފަހު ސުލްހައިގެ މަޝްވަރާއަށް އައުމަށް ރަޝިޔާއިން ގޮވާލައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވީ މިވަގުތު ޔޫކްރެއިންގައި ތިބި އިސްވެރިން މަގާމުން ދުރުކުރުމަށްފަހު، ސުލްހައިގެ މަޝްވަރާއަށް އައުމަށް ދައުވަތުދޭ ކަމަށެވެ.

25 ފެބުރުއަރީ 2022 | 18:33

ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގެ މަގު ހުޅުވާލަދިނުމަށް އދ އިން ގޮވާލައިފި

25 ފެބުރުއަރީ 2022 | 18:28

މޮސްކޯއިން މަސައްކަތްކުރަނީ ޔޫކްރެއިން ސަރުކާރު ބަދަލުކޮށްލުމަށް: ނޭޓޯ

މޮސްކޯއިން މަސައްކަތްކުރަނީ ޔޫކްރެއިންގެ ސަރުކާރު ވައްޓާލުމަށް ކަމަށް ނޭޓޯއިން ބުނެފިއެވެ.

ނޭޓޯއިން ވަނީ ޑިފެންސް ޕްލޭން އެކްޓްވޭޓް ކުރާނެކަމަށެވެ.

25 ފެބުރުއަރީ 2022 | 18:22

ރަޝިޔާގެ ސެންޓްރަލް ބޭންކުން އޭޓީއެމްތަކަށް ސަޕްލައިކުރާ ފައިސާގެ މިންވަރު އިތުރުކޮށްފި

ކޭޝް އަށް އޮތް ޑިމާންޑް ބޮޑުވުމާއެކު ރަޝިޔާގެ ސެންޓްރަލް ބޭންކުން އޭޓީއެމްތަކަށް ފައިސާ ސަޕްލައިކުރާ މިންވަރު އިތުރުކޮށްފިއެވެ.

ސެންޓްރަލް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުރިހާ ޓްރާންސްސެކްޝަންތައް ހެދޭނެކަމަށެވެ.

25 ފެބުރުއަރީ 2022 | 18:19

ޔޫރަޕްގެ އިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައިފި

ރަޝިޔާއިން މަސްރަހު ގޯސްކުރަމުންދާއިރު، ބަލަން ނުތިބޭނެ ކަމަށް ނޭޓޯއިން ބުނެފިއެވެ. އަދި ޔޫރަޕްގެ އިރުމައްޗަށް ނޭޓޯގެ އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށެވެ.

25 ފެބުރުއަރީ 2022 | 18:17

އިނގިރޭސިވިލާތުން ޕުޓިން އާއި ލަވްރޮފް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

އިނގިރޭސިވިލާތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރޖިއޯ ލަވްރޮފް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގޮތަށް ނިންމަވާފައިވާކަން ވަނީ ހާމަކޮށްފައެވެ. ބޮރިސް މިނިންމެވުން ނިންމަވާފައިވަނީ ނޭޓޯގެ ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.

އިނގިރޭސިވިލާތުން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއްޔެ އިއުލާންކޮށްފައެވެ.

25 ފެބުރުއަރީ 2022 | 18:07

ޔޫކްރެއިންގެ ރައީސް: ''އަޅުގަނޑު މިހުރީ ގައުމުގެ ދިފާއުގައި''

25 ފެބުރުއަރީ 2022 | 18:03

ރަޝިޔާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 1700ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ޔޫކްރެއިންއަށް ރަޝިޔާގެ އަސްކަރިއްޔާއިން އަރައި ފަށާފައިވާ ހަނގުރާމައާ ދެކޮޅަށް ރަޝިޔާގެ އާއްމު ރައްޔިތުން ދަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާތައް ފުޅާކުރަމުންދާއިރު، މިހާތަނަށް 1700ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

25 ފެބުރުއަރީ 2022 | 17:55

ރަޝިޔާއިން ފޮނުވަމުންދާ ހަމަލާތަކުގެ ސަބަބުން ބިނަވަމުންދާ ޔޫކްރެއިންގެ ރައްޔިތުން ފޮޓޯތަކުން

25 ފެބުރުއަރީ 2022 | 17:51

ފަސް މިލިއަނަށްވުރެ ގިނަ މީހުން ޔޫކްރެއިންއިން ދާން ޖެހިދާނެ ކަމަށް ލަފާކޮށްފި

މިހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ 5 މިލިއަނަށްވުރެ ގިނަ މީހުން އެގައުމުން ދޫކޮށް ދާން ޖެހޭނެ ކަމަށް ޔޫއެންއިން ލަފާކޮށްފިއެވެ. އަދި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ މިއަދަދު ދެގުނަ އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ޔޫއެންގެ ސީނިއަރ އޮފިޝަލެއް ވިދާޅުވީ މިހަނގުރާމާގައި ކުޑަކުދިން ހިމާޔަތް ކުރަން ޖެހޭ ކަަމަށެވެ.

ޔޫކްރެއިންގެ ކުޑަ ކުއްޖެއް- ބީބީސީ
ޔޫކްރެއިންގެ ކުޑަ ކުއްޖެއް- ބީބީސީ
25 ފެބުރުއަރީ 2022 | 17:41

މުޅި ޔޫރަޕް ސަރަހައްދުގެ މިނިވަންކަމާއި މަސްލަހަތު ރަޝިޔާއިން ނަގާލާފައި: ނޭޓޯ

ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން ފަށައިގެން ކުރިއަށް ދާއިރު، ނޭޓޯއިން ބުނެފައިވަނީ މުޅި ޔޫރަޕްގެ ސަރަހައްދުގެ މިނިވަންކަމާއި، މަސްލަހަތު ރަޝިޔާއިން ނަގާލާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އިތުރަށް މަސްރަހު ގޯސްވުމަށް ކަމަށް ވެސް ނޭޓޯއިން ބުނެއެވެ.

25 ފެބުރުއަރީ 2022 | 17:38

ނޭޓޯގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

25 ފެބުރުއަރީ 2022 | 17:32

ކީވްގެ ޓްރެއިން ސްޓޭޝަންއަށް ބަޑި ޖަހައިފި

ކީވްގެ ޓްރެއިން ސްޓޭޝަންސްއަށް ބަޑި ޖަހައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޑި ޖަހާފައިވަނީ ގިނަ ބަޔަކު ސިޓީ ދޫކޮށް ދިއުމަށް އެސަރަހައްދަށް ޖަމާވެފައިވަނިކޮށްށެވެ.

25 ފެބުރުއަރީ 2022 | 17:28

ޔޫކްރެއިންގެ ރައްޔިތެއް ރަޝިޔާގެ ސިފައިން ކުރިއަށް ދިއުމަށް ހުރަސް އަޅާ ވީޑިއޯއެއް

25 ފެބުރުއަރީ 2022 | 17:23

ޔޫކްރެއިންގެ 18،000 ރައްޔިތުންނަށް ހަތިޔާރު ދީފި

ރަޝިޔާ ކިބައިން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ ޔޫކްރެއިންގެ 18،000 ރައްޔިތުންނަށް ހަތިޔާރު ދީފިއެވެ.

އަނެއްކޮޅުން ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދިފާއުކުރުމަށް ޔޫކްރެއިންގެ އަަސްކަރީ ފައުޖުތައް ބަނީ މިހާރު ރުކުރުވާލާފައެވެ.

25 ފެބުރުއަރީ 2022 | 17:15

ރަޝިޔާއިން ފޭސްބުކްއަށް ވަނުން ލިމިޓްކޮށްފި

ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާއިން ވަނީ ފޭސްބުކް އަށް ވަނުން ލިމިޓްކޮށްފައެވެ. އެއީ ފޭސްބުކްގެ ސަބަބުން ރަޝިޔާގެ ސެންސާޝިޕަށް ބުރޫއަރީއެވެ. ހަމަލާތަކާއި ގުޅިގެން ސައިބާ އެޓޭކްތައް އަންނަމުންދާއިރު، ގިނަ ވެބްސައިޓްތަކެއް ޑައުން ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

25 ފެބުރުއަރީ 2022 | 17:11

ހަނގުރާމައާ ގުޅިގެން ރަޝިޔާ ބިރުވެރިކަމެއްގެ ތެރެއަށް

އެމެރިކާގެ އަސްކަރީ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން މިހާރު ރަޝިޔާ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެހެންކަމުން ހަމަލާތައް ހުއްޓާލާ މަޝްވަރާގެ މޭޒަށް ދިއުން ބުއްދިވެރި ގޮތެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށާފައިވާއިރު، އެކަމާއި ދެކޮޅަށް ރަޝިޔާގެ ރައްޔިތުން އެގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ޔޫކްރެއިން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތައް  - ރޮއިޓަރސް
ޔޫކްރެއިން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތައް - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 17:07

ޔޫރޯ ވޮޝަން 2022ގައި ރަޝިޔާއިން ބައިވެރި ނުކުރަން ނިންމައިފި

ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދާ ޔޫރޯ ވޮޝަން 2022ގައި ރަޝިޔާއިން ބައިވެރިނުކުރަން ނިންމައިފިއެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އީބީޔޫއިން މިހާރު އެ ނިންމުންތައް ނިންމާ އެކަން އަންގާފައިވާ ކަމަށެވެ.

މިއީ ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދާ ލަވަ ކިޔުމުގެ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތުގައި 40 ގައުމަކުން ބައިވެރިވެއެވެ.

25 ފެބުރުއަރީ 2022 | 17:05

ޑެލްޓާ އެއަރލައިނުން ރަޝިޔާގެ އެއިރޯފްލޮޓް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި

ޑެލްޓާ އެއަރލައިނުން ރަޝިޔާގެ އެއިރޯފްލޮޓް އާއެކު ހަދާފައިވާ ޕާޓްނަރޝިޕް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް އެއަރލައިނުން ބުނެފިއެވެ.

ޑެލްޓާއިން ވަނީ ރަޝިޔާގެ ނޭޝަނަލް އެއަރލައިނުގެ ބައެއް ފްލައިޓްތަކަށް ބުކިންގ ހައްދާފައެވެ. ޑެލްޓާއިން ބުނީ ހަދާފައިވާ އެއްބަސްވުންތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަ ކަމަށެވެ.

އެއިރޯފްލޮޓް ސްކަޓީމް އެލައަންސް އާއެކު ޕާޓްނަރޝިޕް ހަދާފައިވަނީ 2004 ވަނަ އަހަރުއެވެ. 19 ބައިނަލްއަގްވާމީ އެއަރލައިނަކާއެކު ވަނީ ޕާޓްނަރޝިޕް ހަދާފައެވެ. ޑެލްޓާ އަކީ އޭގެ މެމްބަރެކެވެ.

25 ފެބުރުއަރީ 2022 | 16:59

ރަޝިޔާގެ އަސްކަރިއްޔާ ހުއްޓުވުމަށް ޔޫކްރެއިންގެ އާންމު ރައްޔިތުން މަގުތަކަށް

ރަޝިޔާގެ އަސްކަރީ ފައުޖުތައް ހުއްޓުވުމަށް ޔޫކްރެއިންގެ ރައްޔިތުން މަގުތަކަށް ނިކުމެ ތިބި މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުކޮށްފައެވެ.

25 ފެބުރުއަރީ 2022 | 16:56

''ހަމަލާ ދެމުން ދިޔަ ނަމަވެސް އަހަރެން ގައުމަކުން ނުފައިބާނަން''

ރަޝިޔާއިން ހަމަލާދީ ބާރު ފޯރުވަމުން ދިޔަ ނަމަވެސް ޔޫކްރެއިންގައި ހުންނަވާނެ ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ނުރަސްމީ ހެދުމުގައި ހުންނަވައި އާއްމު ކުރެއްވި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވީ ސައްހަ ހަމަލާތައް ދިން ނަމަވެސް ގައުމުގައި ހުންނަވާނެ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ
25 ފެބުރުއަރީ 2022 | 16:55

ރަޝިޔާގެ ބަހުގެ ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކުގައި "ނޯ ޓު ވަރ" ހޭޝްޓެގް ޓްރެންޑްވަނީ

ރަޝިޔާ ބަހުގެ ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކުގައި "ނޯ ޓު ވަރ" ހޭޝްޓެގް ޓްރެންޑްވާން ފަށައިފިއެވެ.

ރަޝިޔާގެ ގިނަ ބަޔަކު ހޭޝްޓެގް ބޭނުންކުރަމުންދާއިރު އޭގެތެރޭގައި ރަޝިޔާގެ ސެލެބްރިޓީންވެސް ހިމެނެއެވެ. އިންސްޓަރގްރާމްގައި މިހާތަނަށް 208،000 ޕޯސްޓްގައި އެ ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ.

25 ފެބުރުއަރީ 2022 | 16:32

ރަޝިޔާގެ އިންޒާރު ފިންލޭންޑް އާއި ސްވިޑެން އަށް

ފިންލެންޑާއި ސްވިޑެން އިން ނޭޓޯގެ ދިފާއުގައި އެހީތެރިކަން ފޯރުކޮށްދޭނަމަ އެކަމުގެ އަގު އަދާކުރަން ޖެހޭނެކަމަށް ބުނެ ރަޝިޔާއިން އިންޒާރުދީފިއެވެ.

25 ފެބުރުއަރީ 2022 | 16:27

ކައުންސިލް އޮފް ޔޫރަޕްއިން ރަޝިޔާ ސަސްޕެންޑް ކޮށްފި

ކައުންސިލް އޮފް ޔޫރަޕްއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ކައުންސިލް އޮފް ޔޫރަޕް އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ޔޫރަޕްގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އުފައްދާފައިވާ ކައުންސިލެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއާ ވަކިން އޮންނަ ކައުންސިލެކެވެ.

ކައުންސިލް އޮފް ޔޫރަޕްއިން ސަސްޕެންޑް ކޮށްފައިވާ މައްސަލާގައި އިތުރަށް އިޓަލީގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ މި ނިންމުމަކީ ރަޝިޔާގެ އަސްކަރީ ބާރުން ޔޫކްރެއިންއަށް އަރައި ހަމަލާތައް ދެމުންދާއިރު، މި ވަގުތު އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރަޝިޔާއިން އެ ކުރަނީ ބައިނަލްއަގުވާމީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަމަށެވެ.

25 ފެބުރުއަރީ 2022 | 16:24

މިހާތަނަށް ރަޝިޔާއިން 200 މިސައިލް ފޮނުވާލައިފި

ރަޝިޔާއިން މިހާތަނަށް 200 މިސައިލް ހަމަލާ ޔޫކްރެއިން އަށް އަމާޒުކޮށް ފޮނުވާލާފައިވާކަމަށް އެމެރިކާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޭގެތެރޭގައި ބެލެސްޓިކް މިސައިލް އާއި ކްރޫޒް މިސައިލް ހިމެނެއެވެ.

25 ފެބުރުއަރީ 2022 | 16:08

ޔޫކްރެއިންގެ ލައްކައަކަށްވުރެ ގިނަ މީހުން ރެފިޔުޖީންނަށް

އދ ގެ ރެފިޔުޖީ އެޖެންސީން ބުނާ ގޮތުގައި ޔޫކްރެއިންގެ ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރެފިޔުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް ގޮސްފައެވެ. އެތައް ހާސް ބަޔަކު ވަނީ ޔޫކްރެއިންއާ ކައިރީގައި އޮންނަ ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކޮށްފައެވެ.

25 ފެބުރުއަރީ 2022 | 16:05

ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ސިޓީއެއްކަމުގައިވާ ލިވިވް ގައި ކާފިއު އިއުލާންކޮށްފި

ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ސިޓީއެއްކަމުގައިވާ ލިވިވްގައި ކާފިއު އިއުލާންކޮށްފިއެވެ.

ކާފިއު ހިންގާނީ ރޭގަނޑު 10ން ހެނދުނު 6ށެވެ.

25 ފެބުރުއަރީ 2022 | 16:03

ރަޝިޔާގެ އަސްކަރީ ފައުޖުތައް އޮތީ ކިޔެވް އާ 50 ކިލޯމީޓަރ ދުރުގައި: އިނގިރޭސި ޑިފެންސް އިންޓެލިޖެންސް

ކިޔެވް އަށް އެރުމަށް މަސައްކަތްކުރަމުންދާ ރަޝިޔާގެ އަސްކަރީ ފައުޖުތައް އޮތީ ކިޔެވް އާ 50 ކިލޯމީޓަރު ދުރުގައި ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

25 ފެބުރުއަރީ 2022 | 15:41

ދިވެހި ދަރިވަރުންގެ ކަންތަކުގައި ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި

ޔޫކްރެއިންގައި ބާކީތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިހާޓޯއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި.

25 ފެބުރުއަރީ 2022 | 15:33

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ގެނައުމުގެ މަސައްކަތް - ހަންގޭރިއަށް 15 ދަރިވަރުން އެތެރެވެއްޖެ

- އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި. އެބޭފުޅުންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައި.

- ފޮރިން މިނިސްޓަރ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި. ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދިން.

- ބުޑަޕެސްޓަށް ދިޔުމަށްފަހު 2 ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ

- އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން.

- ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި. ރައްކާތެރިކަމާއެކު ހަރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށްވެސް މި ދަނީ މަސައްކަތްކުރަމުން.

- ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން (ވިސާ އައު ކުރުން ފަދަ ކަންކަން). ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ.

- ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން.

- ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން.

ކޮންސިއުލޭޓް ޖެނެރަލް އޮފް ހަންގެރީ އިން އަޒޯރާޑް - ރޮއިޓަރސް
ކޮންސިއުލޭޓް ޖެނެރަލް އޮފް ހަންގެރީ އިން އަޒޯރާޑް - ރޮއިޓަރސް
25 ފެބުރުއަރީ 2022 | 15:28

ކިޔެވް ދިފާއުކުރުމުގައި ޔޫކްރެއިންގެ އަސްކަރިއްޔާ

ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދިފާއުކުރުމަށް އަސްކަރިއްޔާއިން މިހާރު ކިޔެވް ތެރެއަށް ވަދެފައިވާކަމަށް ޔޫކްރެއިންގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ.

ހުކުރު ދުވަހު ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުން އަންނަނީ ކިޔެވް ހިފުމަށެވެ. އެއާއެކު ކިޔެވް ދިފާއުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު މިހާރު ޑިފެންސިވް ފޭސްއަށް ބަދަލުވެފައިވާކަމަށް ކިޔެވްގެ މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން އަންނަނީ ކިޔެވް ދިފާއުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައްޔިތުންގެ ކިބައިން އެދެމުންނެވެ.

ކިޔެވް ދިފާއުކުރުމަށް ވޮލަންޓިއަރުން މަސައްކަތްކުރަނީ - އޭއެފްޕީ
ކިޔެވް ދިފާއުކުރުމަށް ވޮލަންޓިއަރުން މަސައްކަތްކުރަނީ - އޭއެފްޕީ
25 ފެބުރުއަރީ 2022 | 15:18

ޔޫކްރެއިންގެ ވެރިކަން ޔޫކްރެއިންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނައުމަށް ޕުޓިން ގޮވާލައްވައިފި

ޔޫކްރެއިންގެ ވެރިކަން ފުރޮޅާލުމަށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ގޮވާލައްވައިފިއެވެ.

ރަޝިޔާގެ ސެކިޔުރިޓީ ކައުންސިލާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕުޓިން ވަނީ އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އޭރުން އެއްބަސްވުމަކާ ހަމައަށް އައުމަށް ފަސޭހަވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

25 ފެބުރުއަރީ 2022 | 13:06

ޒެލެންސްކީގެ ހުށަހެޅުންތަކާއި ގުޅިގެން ޕުޓިން ވަފުދެއް ފޮނުވަން ތައްޔާރު

25 ފެބުރުއަރީ 2022 | 12:33

ނޭޓޯގެ ވާހަކަ ދެއްކުން ހުޅަނގުން ދިނީ ބީރު ކަންފަތެއް - ޒެލެންސްކީ

ޔޫރަަޕްގެ 27 ގައުމަކާއި ފޯނުން ގުޅުއްވި އިރުވެސް ނޭޓޯގެ ވާހަކަ ދެއްކުމުން އެކަމާއި އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި، އެމީހުން ތިބީ ބިރުން ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ވިދަޅުވެފައެވެ.

25 ފެބުރުއަރީ 2022 | 12:23

ޔޫކްރޭނުން އުމުރުން 18 އަހަރާއި 60 އަހަރު މީހުން ދިއުން މަނާކޮށްފި

ރަޝިއާގެ ސިފައިން ކީވްއަށް ހަމަލާދޭން ފަށާފައިވާ އިރު އެމީހުންނާއި ދެކޮޅަށް ހަނގުރާމަކުުރުމަށް ކީވްގައި ތިބި 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ބަޑި ދީ އެމީހުން ރަށުން ބޭރަށް ދިއުން މަނާކޮށްފިއެވެ.

ޔޫކްރޭންގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ރަޝިއާގެ ފައުޖުތަކާއި ކުރިމަތިލާން އިތުރު ބަޔަކު އަންނާނެ ކަމަށެވެ. މީގެ ތެރޭގައި ފަހުގެ ހަތިޔާރު ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

25 ފެބުރުއަރީ 2022 | 12:19

ރަޝިއާގެ އަތްދަށަށް ކީވް ދާން މާ ގިނަ ދުވަސްތަކެއް ނުނަގާނެ - އެމެރިކާ

އެމެރިކާގެ އިންޓެލިޖެންސް އޮފިސަރުން ބުނެފައިވަނީ ރަޝިާގެ އަތްދަށަށް ޔޫކްރޭންގެ ވެރިރަށް ދާން ނަގާނެކަމަށް ބެލެވެނީ 1-4 ދުވަހުގެ ތެރޭގައެވެ.

ރަޝިއާގެ ސިފައިން މިހާރު ތިބީ ކީވް އާއި 20 ވަރަކަށް މޭލު ދުރުގައެވެ.

25 ފެބުރުއަރީ 2022 | 10:16

ރަޝިއާ އާއި ދެކޮޅަށް އިނގިރޭސީވިލާތުން އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އިއުލާންކޮށްފި

ރަޝިއާ އާއި ދެކޮޅަށް ޔޫކޭ އިން އަޅާ ފިޔަވަޅުތައް ހާމަކުރެއްވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ. ޔޫކޭއިން ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ބޭންކުތަކާއި، ރައީސް ޕުޓިންގެ އަރިސް ބޭފުޅުންނާއި، ރަޝިއާގެ މުއްސަނދިންނަށް ކަމަށެވެ.

8 / 11