Raajje.mv

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

24 ފެބުރުއަރީ 2022
484738
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ރަޝިޔާ ޔޫކްރޭން ހަނގުރާމަ

24 ފެބުރުއަރީ 2022 | 06:56

ތެލުގެ އަގު ދަނީ އުފުލެމުން: އޮފިޝަލުން

ބްރެންޑް ކްރޫޑްގެ ތެލުގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ތެޔޮ ލިބުމަށް ދަތިވެ، އަގުތައް މަތިވަމުންދާނެ ކަމަށެވެ.

24 ފެބުރުއަރީ 2022 | 06:51

ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް އެޕާޓްމެންޓްތަކަށް ވައިގެ ހަމަލާތަކެއް ދީފި

24 ފެބުރުއަރީ 2022 | 06:44

ވިޔަފާރީގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: އޮފިޝަލުން

ރަޝިޔާއާއިން ޔޫކްރެއިންނަށް އެރުމާއި ގުޅިގެން ވިޔަފާރީގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ބައެއް ތަކެތި ވިޔަފާރީގެ ބަޒާރުން ލިބުން ވެސް ކުރިއަށް އޮތްތަނުގައި ދަތިވާނެ އެވެ.

24 ފެބުރުއަރީ 2022 | 06:42

ޑޮލަރުގެ މާކެޓްގައި ރަޝިޔާގެ ފައިސާގެ އަގު 8 އިންސައްތަ ދަށަށް

ރަޝިޔާގެ ފައިސާގެ އަގު ޔޫއެސް ޑޮލަރާއި އަގު ބަލާއިރު، 8 އިންސައްތައަށް ދަށް ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މިއީ ރަޝިޔާގެ ފައިސާގެ އަގު މިހާ ބޮޑަށް ދަށްވެގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

24 ފެބުރުއަރީ 2022 | 06:32

ރަޝިޔާއިން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޖަރުމަނުން ގޮވާލައިފި

ރައިޝާއިން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު، ޖަރުމަނުން ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މަޝްވަރާގެ މޭޒަށް އައުމަށާއި، ހަނގުރާމަ ތާއީދު ނުކުރާ ކަމަށް ބުނެ، އިންޒާރު ދީފައިވޭ

24 ފެބުރުއަރީ 2022 | 06:29

ޔޫކްރެއިންގެ 100ށްވުރެ ގިނަ ސިފައިން މަރުވެއްޖެ

ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާތަނަށް 100ށް ވުރެ އެގައުމުގެ ސިފައިން ވަނީ މަރުވެފައެވެ. އަދި ބައެއް އެއަރ ބޭސްތަކުގެ ސަރވާތައް ޑައުންވެފައިވާ ކަމަށެވެ.

24 ފެބުރުއަރީ 2022 | 06:27

ޔޫކްރެއިންގެ ވެބްސައިޓްތަކަށް ސައިބާއެޓޭކްތައް ދެނީ

ޔޫކްރެއިންގެ ސަރުކާރުގެ ވެބްސައިޓްތަކަށާއި، ބެންކްތަކަށް ވަރުގަދަ ސައިބާ އެޓޭކްތައް ދެމުންދާ ކަމަށާއި، ބައެއް ސައިޓްތައް ޑައުންވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

24 ފެބުރުއަރީ 2022 | 06:22

ޔޫކުރެއިންގެ ތިން ސަރަހައްދަކަށް ރަޝިޔާ ސިފައިން އަރައިފި

ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަމަށާއި، ޔޫކުރެއިންގެ ތިން ސަރަހައްދަކަށް ރަޝިޔާގެ ސިފައިން އަރާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

24 ފެބުރުއަރީ 2022 | 06:17

އެމެރިކާއިން މިތިބީ ޔޫކްރެއިންގެ ރައްޔިތުންނާއެކު: ބައިޑަން

ހުރިހާ ގޮތަކުން ޔޫކްރެއިންއަށް އެހީތެރިވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެއެވެ.

24 ފެބުރުއަރީ 2022 | 06:15

ޔޫކްރެއިން ސިފައިން ރަޝިޔާއާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި

ރިޕޯޓުތައް ބުނާ ގޮތުން ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ 5 ޖެޓް އަދި ހެލްކަޕްޓަރު ވައްޓާލާފައެވެ. މިހަމަލާތަކުގައި މިހާތަނަށް އަނިޔާވެފައިވަނީ ނުވަތަ މަރުވެފައިވަނީ ކިތައް މީހުން ކަމެއް ސާފުނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

24 ފެބުރުއަރީ 2022 | 06:13

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިންގެ ސިފައިން ހަމަލާ ދޭން ފަށައިފި

މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ޔޫކްރެއިންގެ ސިފައިން ވެސް ރަޝީޔާއާ ދެކޮޅަށް ހަމަލާތައް ފަށައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާގެ ހަމަލާތަކަށް ވައިގެ މަގުން ޔޫކްރެއިންގެ ސިފައިން ރައްދުދޭން ފަށާފައިވާ ކަމަށެވެ.

24 ފެބުރުއަރީ 2022 | 06:10

ބެލަރޫސިއަން ސިފައިން ރަޝިޔާގެ ސިފައިންނާ އެކުވެ ޔޫކްރެއިންއަށް ހަމަލާ ދޭން ފަށައިފި

ސީއެންއެންއިން ރިޕޯޓު ކުރާ ގޮތުގައި ބެލަރޫސިއަން ސިފައިން ވަނީ ރަޝިޔާގެ ސިފައިންނާ އެކުވެ ޔޫކްރެއިންއަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

24 ފެބުރުއަރީ 2022 | 06:10

ޔޫކްރެއިންގެ އާއްމު ރައްޔިތުންނަށް ހަމަލާ ނުދޭނެ: ރަޝިޔާ

ޔޫކްރެއިންގެ އާއްމު ރައްޔިތުންނަށް ހަމަލާ ނުދޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާއިން ދަނީ ބާރުގަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ.

24 ފެބުރުއަރީ 2022 | 05:59

ޔޫކްރެއިންގައި ހުންނަ އދ.ގެ އެމްބެސަޑަރުގެ އިންޒާރެއް ރަޝިޔާއަށް

ޔޫކްރެއިންގައި ހުންނަ އދ.ގެ އެމްބެސަޑަރު ވަނީ ރަޝިޔާގެ މި ހަނގުރާމަ ކުށްވެރިކޮށްފައެވެ. އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި އެމްބެސަޑަރު ވަނީ ހަނގުރާމަ ކުރާ މީހުން ދަނީ ނުރައްކާއަށް ކަމުގައި ވިދާޅުވެ އިންޒާރު ދެއްވާފައިވެއެވެ.

24 ފެބުރުއަރީ 2022 | 05:52

ޔޫކްރެއިންގައި ތިބި 5 ދަރިވަރުންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން މާލެ ގެނެވިފައިވާ ކަމަށާއި، އެގައުމުގައި ތިބީ 5 ދަރިވަރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ބުނީ 5 ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، ވަރަށް ގާތުން ހާލު ބަލަމުންދާ ކަމަށެވެ.

24 ފެބުރުއަރީ 2022 | 05:47

ރައްޔިތުންގެ ސަލާމަތަށް އިސްކަން ދޭނަން: ޔޫކްރެއިން

ޔޫކްރެއިން ވެރިރަށް ކިއޭވްގައި އެމަޖެންސީ ސައިރަން ޓެސްޓް ކޮށްފައިވާ ކަމަށާއި، ހަމަލާއެއް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް އަންގަން އަޅާ ސައިރަން އަޅާނެ ކަމަށް އެގައުމުން ބުނެފިއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.

24 ފެބުރުއަރީ 2022 | 05:42

ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި

ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގައި ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އޮޕަރޭޝަން ފެށުމަށް ސިފައިންނަށް އަމުރުކުރައްވާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަތިޔާރު އެޅި ސިފައިން ޑޮންބަސް އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްވެސް މަޝްވަރާއެއް ކުރުމެއް ނޯންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔޫކްރެއިންގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުންނެވެ.

މަސްރަހު ހޫނުވެ ޔޫކްރޭންގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކާއެކު ރަޝިޔާއިން ވަނީ އަންގާރަ ދުވަހު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

ރަޝިޔާއިން މި ގާއިމުކުރި ގުޅުމާއެކު, ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ބޯޑަރުގެ ބޮޑު ބަޔަކަށް ރަޝިޔާއަށް ބާރުފޯރުވޭނެއެވެ. އަދި ހަމަލާއެއްދޭ ހާލަތެއްގައި އެކަން ކުރުމަށްވެސް ރަޝިޔާއަށް ފަސޭހަވެގެންދާނެއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިޔާއިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ބައެކެވެ. ޑޮންބަސްގެ ނަމުން ނަންދީފައިވާ އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިޔާއިން އަންނަނީ ޔޫކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދެމުންނެވެ.

24 ފެބުރުއަރީ 2022 | 05:42

ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި ގުޅޭގޮތުން، އދ. ގެ އާންމު މަޖިލީހުގެ ރައީސް، އެމަޖިލީހުގައި ދެއްވި ބަޔާން

11 / 11