Raajje.mv

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

24 ފެބުރުއަރީ 2022
484738
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ރަޝިޔާ ޔޫކްރޭން ހަނގުރާމަ

23 މާރިޗު 2022 | 22:26

ރަޝިޔާ އާ ދެކޮޅަށް މުޅި ދުނިޔޭގައި މުޒާހަރާކުރުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައްވައިފި

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރައްޔިތުންނާ އެންމެ ގާތުން ރައީސް ޒެލެންސްކީ - ރޮއިޓަރސް
ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރައްޔިތުންނާ އެންމެ ގާތުން ރައީސް ޒެލެންސްކީ - ރޮއިޓަރސް
23 މާރިޗު 2022 | 13:51

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހަމައެކަނި ހިފާނީ ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ވަރަށް ބޮޑަށް ދިޔުމުންކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ޕެސްކޮވް މިހެން ވިދާޅުވިއިރު ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ނިޔުކުލިއަރ ހަނގުރާމައެއްގެ ތެރެއަށް ވަދެދާނެކަމުގެ ކަންބޮޑުވުން ހުޅަނގުން އަންނަނީ ފާޅުކުރަމުންނެވެ.

ޕެސްކޮވް މިހެން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މިހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރު ބޭނުންނުކުރައްވާނެ ކަމުގެ ކިހާ މިންވަރެއްގެ ޔަގީންކަމެއް އޮތްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ޕެސްކޮވް ވިދާޅުވީ އެތެރޭގެ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލާފައި އޮންނަކަމަށާއި އެ ވަނީ އާންމުކުރެވިފައި ކަމަށެވެ. އަދި ނިޔުކުލިއަރ ހަތިޔާރު ބޭނުންކުރާނީ ކޮން ހާލަތްތަކެއްގައިކަންވެސް އެސިޔާސަތުގައި ބަޔާންކޮށްފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ. ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހިފޭނެކަމަށް އެސިޔާސަތުގައި ބަޔާންވެފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

އެނޫން އެހެން އެއްވެސް ހާލަތެއްގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ނުހިފޭނެކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

21 މާރިޗު 2022 | 22:15

ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކެއް ދީފާނެކަމުގެ އިންޒާރު

ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކްތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.

ހޯމަ ދުވަހު ބައިޑެން ދެއްވި ސްޓޭޓްމެންޓެއްގައި ވަނީ އެމެރިކާއަށް ސައިބަރ އެޓޭކެއް ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން ކުރަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

އެއާއެކު ބައިޑެން ވަނީ ސައިބަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ޕާޓްނަރުންނަށް ގޮވާލާފައެވެ. ބައިޑެން ވަނީ މި ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

21 މާރިޗު 2022 | 08:56

ރަޝިޔާގެ އޮލިގާކްސްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ޕޮލެންޑުން ސްވިޒަލެންޑަށް ގޮވާލައިފި

ރަޝިޔާގެ އޮލިގާކްސްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ސްވިޒަލޭންޑަށް ގޮވާލެއްވީ ޕޮލެންޑުގެ ބޮޑުވަޒީރެވެ.

އެކި ގައުމުތަކުން އަންނަނީ ރަޝިޔާއިން ފެށި ހަނގުރާމައާއި ގުޅިގެން އެގައުމާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

21 މާރިޗު 2022 | 06:08

ޔޫކްރެއިން އަށް ދިމާވެގެން އުޅެނީ އިސްރާއިލަށް ދިމާވެގެން އުޅޭ ފަދަ ހާލަތެއް - ޒެލެންސްކީ

އިސްރާއިލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަށް އަރައި، ފަލަސްތީނުގެ ރައްޔިތުން މަގުމަތިކޮށްލާ އެތަނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ރަޝިޔާއިން ޔޫކްރެއިން ހިފަން ކުރާ ހަނގުރާމައަކީ އެއްފަދަ ކަމެއް ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އިސްރާއިލަށް ދިމާވެގެން އުޅޭ ފަދަ ހާލަތެއް ޔޫކްރެއިންއަށް ދިމާވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވަނީ އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މިވަގުތުގެ ހާލަތަކީ އިސްރާއިލުން ޒަމާންތަކެއް ވަންދެން އަވަށްޓެރި އަރަބި ގައުމުތަކާއި އޮންނަ ހަމަނުޖެހުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

20 މާރިޗު 2022 | 11:09

ރަޝިޔާއިން ހަމާލަތައް އަމާޒު ކުރަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް

ރަޝިޔާއިން ޔޫކްރައިން އަރައި ހިންގަމުންދާ ހަނގުރާމާގައި ހަމާލަތައް އަމާޒު ކުރަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީގެ އިންޓެލިޖެންސް އިން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔޫކްރެއިންގެ ގިނަ ސަރަހައްދުތައް ވަނީ ސުންނާފަތިވެފައެވެ. ބޮޑަށް ހަމަލާ ދީފައިވަނީ އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ.

19 މާރިޗު 2022 | 13:39

ޔޫކްރެއިންގެ ދެކުނުގައި ހުރި ރޭޑިއޯ އަދި އިލެކްޓްރޯނިކް އިންޓެލިޖެންސް ސެންޓަރު ހަލާކުކޮށްލައިފި

ޔޫކްރެއިންގެ ދެކުނުގައި ހުރި ރޭޑިއޯ އަދި އިލެކްޓްރޯނިކް އިންޓެލިޖެންސް ސެންޓަރު ހަލާކުކޮށްލައިފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހިނިހިރު ދުވަހު ބުނެފައިވަނީ "ބެސްޓޮން" އައްސޭރިފަށުގެ މިސައިލް ސިސްޓަމުން ޔޫކްރެއިންގެ ދެކުނުގައި ހުންނަ ރޭޑިއޯ އަދި އިލެކްޓްރޯނިކް އިންޓެލިޖެންސް ސެންޓަރު ހަލާކުކޮށްލާފައިވާ ކަމަށާއި، މިއީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމަށެވެ. އެތަން ހުންނަނީ ކަޅު ކަނޑު ސަރަހައްދުގައެވެ.

ނަމަވެސް ރަޝިޔާގެ މި ވާހަކަތައް ކަށަވަރު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ 19 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ރަޝިޔާގެ އުޅަނދުތަކުން ޔޫކްރެއިންގެ 69 އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނި އޮޕަރޭޝަންލ ޓެކްޓިކަލް، އަސްކަރީ އޮފިސަރުން އަދި މީހުން ނުލާ އުދުއްސާ ބޯޓު ބޭނުންކޮށްގެންނެވެ.

ރަޝިޔާއިން ބުނެފައިވަނީ ހާއްސަ މިލިޓަރި އޮޕަރޭޝަން ފެށިފަހުން ޔޫކްރެއިންގެ 196 އުޅަނދަކާއި، 1438 ޓޭންކަރާއި ބަރުހަތިޔާރު އުފުލާ އުޅަނދުގެ އިތުރުން ރޮކެޓް ހަމަލާ ދޭން 145 މެޝިނަކަށާއި، 556 ފީލްޑް އާރޓިލެރީ އަދި މޯޓަރު ހަލާކުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން 1237 އަސްކަރީ ހާއްސަ އުޅަނދު ވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.

19 މާރިޗު 2022 | 12:44

އީޔޫއިން ރަޝިޔާއާއެކު ކުރަމުންއައި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލަން ހުށަހަޅައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ރަޝިޔާއާއެކު ކުރަމުންއައި ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށް ހުއްޓާލުމަށް ޕޮލޭންޑުން ހުށަހަޅައިފިއެވެ.

އީޔޫގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 27 ގައުމެއް ހިމެނޭއިރު، އެ ގައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

19 މާރިޗު 2022 | 08:29

ރަޝިއާއިން އަސްލު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ފެއިލްވެއްޖެ: ޔޫކޭ

ރަޝިއާއިން އަސްލު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ފެއިލްވެފައިވާކަމަށް ޔޫކޭގެ ޑިފެންސް މިނިސްޓްރީން ބުނޭ

19 މާރިޗު 2022 | 08:29

ރަޝިއާއިން އަސްލު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ފެއިލްވެއްޖެ: ޔޫކޭ

ރަޝިއާއިން އަސްލު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ފެއިލްވެފައިވާކަމަށް ޔޫކޭގެ ޑިފެންސް މިނިސްޓްރީން ބުނޭ

19 މާރިޗު 2022 | 04:56

މަރިއޮޕޮލްގެ އެތައް ތަނެއް ހަލާކުވެއްޖެ، އާންމުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކިއު ހަދާފައިވާ ސެޓްލައިޓް ފޮޓޯތަކެއް އާންމުކޮށްފި

އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުން، މަރިއޮޕޮލް ސިޓީގެ އެތައްތަނެއް ވަނީ ހަލާކުވެފައެވެ. އަދި ބޯ ދުންތަކުގެ ތެރެއިން އެތައް ސަތޭކަ ކާރެއް އެ ސިޓީ ދޫކޮށްދާ މަންޒަރު ފެނެއެވެ.

19 މާރިޗު 2022 | 04:52

މިއީ ވާހަކަ ދައްކާ، މުސްތަގިއްލުކަން ކަށަވަރުކޮށް ޔޫކްރެއިން އަށް އިންސާފު ހޯދައިދޭންވީ ވަގުތު - ޒެލެންސްކީ

ރަޝިޔާއާއި ވާހަކަ ދައްކަން ބޭނުންވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ޒެލެންސްކީ ވިދާޅުވީ މިއީ ވާހަކަ ދައްކަން ވީ ވަގުތު ކަމަށާއި، ރަޝިޔާއިން މިކަން ކަން އަޑުއެހުމަށެވެ.

ޒެލެންސްކީ ވިދާޅުވީ މިއީ ވާހަކަދައްކާ ގައުމުގެ މުސްތަގިއްލުކަން ކަށަވަރުކޮށް ޔޫކްރެއިން އަށް އިންސާފު ހޯދަންވީ ވަގުތު ކަމަށެވެ. ނޫން ނަމަ ރަޝިޔާއިން ޒަމާންތަކަށް ދެމިގެންދާ ގެއްލުން ލިބިގެންދާނެ ކަމަށެވެ.

17 މާރިޗު 2022 | 20:42

ޔޫކްރެއިންގެ ސިއްޙީ ޚިދުމަތްދޭ 43 ތަނަކަށް ހަމަލާދީފައިވާކަން ޑަބްލިއުއެޗްއޯއިން ކަށަވަރުކޮށްދީފި

ޔޫކްރެއިންގެ ސިއްޙީ ޚިދުމަތްދޭ 43 ތަނަކަށް ހަމަލާދީފައިވާކަން ޑަބްލިއު އެޗްއޯއިން ކަށަވަރުކޮށްދީފިއެވެ.

އެބްލިއުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮޮމް ވިދާޅުވީ، އެ ހަމަލާތަކުގައި ޔޫކްރެއިންގެ 12 މީހުން މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގެ ތެރޭގައި ސިއްޙީ އެހީތެރިންވެސް ހިމެނެއެވެ.

17 މާރިޗު 2022 | 18:43

ހަނގުރާމަޔާ ގުޅިގެން ބައިޑަން ޗައިނާގެ ރައީސާ ހުކުރު ދުވަހު މަޝްވަރާކުރައްވަނީ

17 މާރިޗު 2022 | 11:00

ޔޫކްރެއިން މައްސަލައިގައި ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަނީ

ޔޫކްރެއިން މައްސަލައިގައި އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ ބުރާސްފަތި ދުވަހުއެވެ.

ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވަނީ އެމެރިކާ، އަލްބޭނިއާ، ޔޫކޭ، ފްރާންސް، އަޔަރލޭންޑް އަދި ނޯވޭއިންނެވެ.

16 މާރިޗު 2022 | 20:52

ޕުޓިން އަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގަވާ ބޭފުޅެއްކަމަށް ބައިޑަން ވިދާޅުވި ވިދާޅުވުމަށް މަޢާފެއްނެތްކަމަށް ރަޝިޔާއިން ބުނެފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
16 މާރިޗު 2022 | 15:42

އިތުރު 800 މިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ޔޫކްރެއިން އަށް ދެނީ

ބުދަ ދުވަހުގެ ވަގުތެއްގައި ޔޫކްރެއިން އަށް ސެކިއުރިޓީ އެހީގެ ގޮތުގައި އިތުރު 800 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެހީ ދެއްވާކަން ހާމަކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.

16 މާރިޗު 2022 | 15:39

ރަޝިޔާގެ އިތުރު ބަޔަކަށް އެމެރިކާއިން ފިޔަވަޅު އަޅަނީ

ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ އިތުރު ބަޔަކާއި ދެކޮލަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މީގެ ތެރޭގައި ރަޝިޔާގެ ރައީސް ޕުޓިންގެ އަރިސް ބޭފުޅުން ވެސް ހިމެނެއެވެ.

16 މާރިޗު 2022 | 15:35

ޔޫރަޕްގެ އިންސާނީ ހައްގުތަކުގެ ކައުންސިލުން ރަޝިޔާ ބޭރުކޮށްފި

ޔޫރަޕްގެ އިންސާނީ ހައްގުތަކުގެ ކައުންސިލުން ރަޝިޔާ ބޭރުކޮށްލާފައިވަނީ އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރަޝިޔާ 26 އަހަރު ވަންދެން އޮތުމަށްފަހުގައެވެ.

15 މާރިޗު 2022 | 21:39

ޔޫކްރެއިންގެ ރައީސް ޕޮލެންޑް، ޗެކް ރިޕަބްލިކް އަދި ސްލޮވޭނިއާގެ ބޮޑުވަޒީރުންނާ ބައްދަލުކުރައްވަނީ

15 މާރިޗު 2022 | 17:49

ބައިޑަން ނޭޓޯގެ ލީޑަރުންނާއި ބައްދަލުކުރައްވަނީ

އަންނަ ހަފްތާގައި ބްރަސަލްސްގައި ނޭޓޯގެ މެންބަރު ގައުމުތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާ ޔުރަޕިއަން ކައުންސިލް ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބަައިޑަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފައިވަނީ ވައިޓް ހައުސްއިންނެވެ.

15 މާރިޗު 2022 | 17:30

ޖޯ ބައިޑަން ހިމެނޭހެން ގިނަ ގައުމުތަކެއްގެ ވެރިން ރަޝިޔާއަށް އެތެރެވުން މަނާކޮށްފި

ރަޝިޔާއިން އަންގާރަ ދުވަހު ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އެމެރިކާގެ އިސް އޮފިޝަލުންތަކެއް އެގައުމަށް އެތެރުވުން މަނާކޮށްފައިވާ ކަމަށެވެ.

ރަޝިޔާއިން އެކުލަވާލި ލިސްޓުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ސީއައިއޭގެ ޗީފް ވިލިއަން ބަރންސް، ނެޝަނަލް ސެކިއުރިޓީ އެޑްވަރިޒަރު ޖޭކް ސުލިވަން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ހިމެނެއެވެ.

އެމީހުން އެތެރެވުން މަނާކޮށްފައިވަނީ އެގައުމާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

14 މާރިޗު 2022 | 08:49

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެދާނެ - ޑަބްލިއުއެޗްއޯ

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ކޮވިޑް-19 އާލަމީ ވަބާގެ ހާލަތު އިތުރަށް ގޯސްވެގެން ގޮސްދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯއިން ބުނެފައިވަނި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު ދަށްވެފައިވަނިކޮށެެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކޭސްތަކުގެ އަދަދު ދަށްވި ނަމަވެސް، އެކަމުގެ ނުރައްކާ ކުޑަ ނޫން ކަމަށެވެ. އަދި ބޮޑެތި ބަލިތައް ފެތުރި ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވުމާއެކު ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.

ޔޫކްރެއިންގެ އަސްކަރީ މަރުކަޒަކަށް ރަޝިއާގެ ހަމަލާތައް  -   ރޮއިޓާސް
ޔޫކްރެއިންގެ އަސްކަރީ މަރުކަޒަކަށް ރަޝިއާގެ ހަމަލާތައް - ރޮއިޓާސް
14 މާރިޗު 2022 | 04:39

ލިވިވްގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި 35 މީހުން މަރުވެ 134 މީހުން ޒަހަމްވެއްޖެ

ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހުޅަނގަށް ޖެހިލާފައެވެ. ލިވިވް ސިޓީއަށް މިސައިލް ހަމަލާތައް ދީފައިވާ އިރު، އެމީހުންގެ އެއް އަމަޒާކަށް އެ ސިޓީގައި ހުރި އަސްކަރީ މަރުކަޒަކަށް ވަނީ ދީފައެވެ. އެއީ ޕޮލެންޑު ބޯޑަރު ކައިރީގައި ހުންނަ މަރުކަޒެކެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މިއާއެކު ހަނގުރާމަ ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ބޯޑަރާއި ކައިރިއަށް ޖެހިލާފައެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ލިވިވްގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި 35 މީހަކު މަރުވެފައިވާ އިރު، 134 މީހަކު ވަނީ ޒަހަމްވެފައެވެ. ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ އޮލެކްސީ ރެޒްނިކޮވް ވަނީ މި ހަމަލާއަކީ ހަމަޖެހުމާއި ރައްކާތެރިކަމަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

14 މާރިޗު 2022 | 04:37

ޗައިނާގެ އަސްކަރީ އަދި މާލި އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

އެމެރިކާގެ 2 އޮފިޝަލަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ ރަޝިޔާއިން އެދިފައިވަނީ އަސްކަރީ އެހީތަކުގެ ތެރެއިން ޑްރޯން ފަދަ އާލާތްތައް ހޯދުމަށެވެ. އަދި މާލި އެހީތެރިކަމަށް ވެސް އެދިފައިވާ އިރު، މި އެހީތެރިކަމަށް އެދިފައިވަނި ހަނގުރާމައާއި ގުޅިގެން ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރަޝިޔާއިން އެދިފައިވާ ކަންތަކާއި ގުޅިގެން ޗައިނާއިން ޖަވާބެއް ދީފައިވާ ކަމަށް ވެސް އޮފިޝަލުންނާއި ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިޔާއަށް ޗައިނާއިން އެހީތެރިކަން ދީފިނަމަ މިއީ ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައަށް ލިބިގެންދާނެ އިތުރު މޮޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އެމެރިކާގައި ހުންނަ ޗައިނާގެ ސަފީރު ލިއު ޕެންގުއާއި ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެފަދަ ވާހަކައެއް އަޑުއިވިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޔޫކްރެއިން މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ޔޫކްރެއިންއަށް އިންސާނި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ލިއު ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ ކަންކަން އިތުރަށް ގޯސްވެ އަތުނުޖެހޭ ހިސާބަކަށް ދިއުމުގެ ކުރިން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުން ކަމަށާއި، ޗައިނާއިން ބޭނުންވަނީ މިކަމަށް އަވަސް ހަލެއް ކަމަށެވެ.

ރަޝިޔާއިން ޗައިނާގެ އެހީތެރިމަމަށް އެދިފައިވާކަމުގެ ހަބަރު ފެތުރިފައިވަނީ ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭޖް ސުލިވަން ރޯމުގައި ޗައިނާގެ ސަފީރާއި ހޯމަ ދުވަހު ބައްދަލުކުރެއްވުމުގެ ކުރިންނެވެ.

14 މާރިޗު 2022 | 03:26

ރަޝިޔާ ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާގެ ހަތަރުވަނަ ބައްދަލުވުން ހޯމަ ދުވަހު

ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަށާފައިވާ ސުލްހައިގެ މަޝްވަރާގެ ހަތަރުވަނަ ބައްދަލުވުން ހޯމަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

މަޝްވަރާގެ ހަތަރުވަނަ ބައްދަލުވުން ހޯމަ ދުވަހު ބާއްވާނެކަން ހާމަކޮށްފައިވަނީ ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރު މައިޚައިލޯ ޕޮޑޮލިއަކްއެވެ.

13 މާރިޗު 2022 | 17:52

ރަޝިޔާއިން ޕޮލޭންޑަށް ހަމަލާއެއް ދީފިނަމަ ނޭޓޯއިން ރައްދު ދޭނެ ކަމުގެ އިންޒާރު ދީފި

ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލޭންޑަށް ރަޝިޔާއިން ހަމަލާއެއް ދީފިނަމަ ނޭޓޯއިން ރައްދު ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ދެއްވައިފިއެވެ.

އެމެރިކާއިން މިކަމުގެ އިންޒާރު ދީފައިިވަނީ ޕޮލޭންޑުގެ ބޯޑަރު ކައިރީގައި ހުރި ޔޫކްރެއިންގެ މިލިޓަރީ ބޭސްއަކަށް ރަޝިޔާއިން ދިން ހަމަލާއަކާ ގުޅިގެންނެވެ.

13 މާރިޗު 2022 | 17:34

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ، އެގައުމުގެ ސިފައިން ވީ ގުރުބާނީގެ އަގު ވަޒަން ކުރައްވައިފި

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އަނިޔާވި ޔޫކްރެއިންގެ ސިފައިން އެޑްމިޓުކޮށްފައި ތިބި ހޮސްޕިޓަލަށް އެގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހިންގަވާފައި ވަޑައިގެން އެ ސިފައިން ވީ ގުރުބާނީގެ އަގު ވަޒަން ކުރައްވައިފިއެވެ.

13 މާރިޗު 2022 | 14:41

ރަޝިޔާ ޔޫކްރެއިން ހަނގުރަމައިގައި އެމެރިކާގެ ނޫސްވެރިއަކު މަރުވެއްޖެ

ރަޝިޔާ ޔޫކްރެއިން ހަނގުރަމައިގައި އެމެރިކާގެ ނޫސްވެރިއަކު މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ، ޔޫކްރެއިންގެ އާރޕިން ސިޓީގައި ކަމަށްވަނީ ރިޕޯޓް ކޮށްފައެވެ. މަރުވެފައިވަނީ ދަ ނިއުޔޯރކް ޓައިމްސްގައި މަސައްކަތްކުރާ އުމުުރުން 50 އަހަރުގެ ބްރެންޓް ރެނޯޑްއެވެ. އޭނާއަކީ ޑޮކިއުމެންޓްރީ ވީޑިއޯގްރާފަރެކެވެ.

ރަޝިޔާގެ ފައުޖުތަކުން މަސައްކަތް ކުރަމުން އަންނަނީ އަރޕިން އަދި ބުޗާ ހިފުމަށްފަހު ދެ ސިޓީ ބޭނުންކޮށްގެން މައި ސިޓީ ކީވްއަށް ހަމަލަ ދިނުމަށް ކަމަށް އެތަކުގައި ހަރަކާތްތެރިވަ އަލްޖަޒީރާގެ ރިޕޯޓަރ އިމްރާން ޚާންއާ ހަވާލާދީ އަލްްޖަޒީރާގައިވަނީ ރިޕޯޓް ކޮށްފައެވެ.

13 މާރިޗު 2022 | 14:28

ހަމަލާތަކުގައި ރަޝިޔާއިން މަނާ ކޮށްފައިވާ ކެމިކަލެއް ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފި

ހަމަލާތަކުގައި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން މަނާ ކޮށްފައިވާ ކެމިކަލެއް ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފިއެވެ. ޔޫކްރެއިންގެ ހިއުމަން ރައިޓްސް އޮމްބަޑްސްވުމަން ބުނީ ޕޮސްޕަރަސް އެކުލެވޭ މަނާ ކެމިކަލެއް ރަޝިޔާއިން ބޭނުން ކުރަމުން އަންނަ ކަމަށެވެ. ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ޕޮޕަސްނާ އަށް ދިން ހަމަލާތަކުގައި މި ކެމިކަލް ބޭނުން ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

13 މާރިޗު 2022 | 14:21

ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލައި އެކަކު މަރުވެއްޖެ

ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބަހެއް އިޓަލީގައި ފުރޮޅާލައި އެކަކު މަރުވެއްޖެއެވެ. ބަހުގައި 50 ރެފިއުޖީން ތިބިކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ބަސް ދަތުރުކުރަމުން ދިޔައީ އިޓަލީގެ އުތުރުގައި އޮންނަ މައި ހައިވޭއިންނެވެ.

ބަހުން ދަތުރުކުރި 5 މީހަކަަށް އެކިވަރުގެ އަނިިޔާތައް ލިބުނު ނަމަވެސް ހާލު ސީރިއަސްއެއް ނޫނެވެ. ބަހުން ދަތުރުކުރި މީހުން މިހާރުވަނީ، ސަލާމަތުން ބަހުން ބޭރަށް ނެރެފައެވެ. ހަނގުރާމަ ފެށުނު ފަހުން 35،000ހާ ޔޫކްރެއިންގެ ރެފިއުޖީންވަނީ އިޓަލީއަށް އެތެރެވެފައެވެ.

13 މާރިޗު 2022 | 11:22

ޔޫކްރެއިންގެ މިލިޓަރީ ބޭސްއަށް ދިން ހަމަލާގައި 35 މީހުން މަރުވެއްޖެ

ޔޫކްރެއިންގެ މިލިޓަރީ ބޭސްއަށް ރަޝިޔާއިން ދިން ހަމަލާގައި 35ށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ވައިގެ މަގުން ދިން މި ހަމަލާގައި 134 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ގަވަރްނަރާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފައެވެ.

12 މާރިޗު 2022 | 22:34

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާގެ އިތުރު ބަޔަކަށް

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ރަޝިޔާގެ އިތުރު ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އޭގެތެރޭގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އާއިލީ ތިން މެމްބަރުންނާއި ޕުޓިންގެ ސްޕޯކްސްމަންވެސް ހިމެނެއެވެ.

12 މާރިޗު 2022 | 18:22

ރަޝިޔާގެ ބާރުގެ ދަށަށް ކީވް ގެންދެވޭނީ ބިމާ ހަމަކުރުމަށަށްފަހު: ޒެލެންސްކީ

ރަޝިޔާގެ ބާރުގެ ދަށަށް ކީވް ގެންދެވޭނީ އެސިޓީ އެއްކޮށް ބިމާ ހަމަކުރުމަށްފަހު ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން-ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމަގެ ސަބަބުން މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ޔޫކްރެއިންއަށް ލިބިފައެވެ. އަދި މިހާރު ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދަނީ ކީވް ހިފުމަށްށެވެ. މިކަމާއި ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ މިލިޓަރީން ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ކީވް ރަޝިޔާގެ ބާރުގެ ދަށަށް ގެންދެވޭނީ އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަ ކުރުމަށްފަހު ކަމަށެވެ.

12 މާރިޗު 2022 | 17:46

ރަޝިޔާގެ 2 ހެލިކޮޕްޓަރެއް ވައްޓާލައިފި

ޔޫކްރެއިންގެ ޚާރަސަން ސަރަހައްދުން ރަޝިޔާގެ 2 ހެލިކޮޕްޓަރެއް ވައްޓާލައިފިއެވެ. މީޑިއާތަކުން ބުނެފައިވަނީ ވެއްޓުނު 2 ހެލިކޮޕްޓަރުގެ ތެރެއިން 1 ހެލިކޮޕްޓަރުގައި ދުއްވަން އިން ޕައިލަޓް ސަލާމަތްވި ކަމަށާއި، އޭނާ ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވިފައިވާ ކަމަށެވެ.

12 މާރިޗު 2022 | 13:55

ޒެލެންސްކީ އަވަހާރަކޮށްލަން ވެގްނަރ ގްރޫޕުން އުޅުން - ވެގްނަރ ގްރޫޕަކީ ކޮބާ؟

ވެގްނަރ މަރސިނަރީސް ނުވަތަ އެ ގްރޫޕަކީ މިލިޓަރީ ކުންފުންޏެވެ. އެމީހުން ކުރާ މަސައްކަތަކީ ރަޝިޔާއިން ކުރާ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި އެކި ކަހަލަ ސިއްރު މައުލޫމާތާއި އެކިއެކި މައުލޫމާތު ފޯރުކޮށްދިނުމެވެ. މަރސިނަރީސްއަކީ ފައިސާ ދީގެން ހަނގުރާމަތަކުގައި އެމީހުންގެ އަމިއްލަ ގައުމުން އެހެން ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގެ ތެރެއަށް ވަދެ އެމީހުންނާ ހަވާލު ކުރެވިފައިވާ ވަކި ކަންތަކެއް ހާސިލް ކުރާ ނުވަތަ އެމީހުންގެ އަމިއްލަ ކަންކަން ހާސިލް ކުރާ ބައެކެވެ.

ފިނި ހަނގުރާމައިގެ ފަހުން ވެގްނަރ ގްރޫޕުގެ އިތުރުން އެފަދަ އިތުރު ގްރޫޕުތަކުން, އަދި ފްރީލާންސް އޮފިސަރުންނަކީ ބޭނުންތެރި އަދި އެމީހުންނަކީ އަގުހެޔޮކޮށް މަސައްކަތް ކުރާ އަދި ކުރާ މަސައްކަތުގެ ސަބަބުން އެއްވެސް ފިޔަވަޅެއް ނޭޅޭ ބަޔެކެވެ.  

ޔޫކްރެއިނުން ވަކިވެގެން މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް އަދި ޑޮނެސްޓްކް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ބަލައިގެންފައިވާއިރު، އެތަނުގައި ހަމަނުޖެހުން އުފައްދާ މީހުންނަށް ކޮމާންޑްކޮށް އެތަނުގައި ވެގްނަރ ގްރޫޕުން ބާރު ހިންގަމުން އަންނަކަމަށް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ރަޝިޔާއިން ވަނީ ވެގްނަރ ގްރޫޕާ ގުޅުން އޮތްކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ.

ވެގްނަރ ގްރޫއްޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެތުރިފައި - ރާއްޖެއެމްވީ
ވެގްނަރ ގްރޫއްޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެތުރިފައި - ރާއްޖެއެމްވީ
11 މާރިޗު 2022 | 20:30

ރަޝިޔާގެ ސަރުކާރުން ފަންޑުކުރާ ޗެނަލްތައް ޔޫޓިޔުބުން މުޅި ދުނިޔޭގައި ބްލޮކްކޮށްފި

ޔޫޓިޔުބުން މުޅި ދުނިޔޭގައި ރަޝިޔާގެ ސަރުކާރުން ފަންޑުކުރާ ޗެނަލްތައް ބްލޮކް ކޮށްފިއެވެ.

ޔޫޓިޔުބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ ސަރުކާރުން ފަންޑުކުރާ ހުރިހާ ޗެނަލުތައް މިހާރުން މިހާރަށް ބްލޮކް ކޮށްފައިވާކަމަށެވެ.

11 މާރިޗު 2022 | 17:15

ރަޝިޔާގެ އަސްކަރިއްޔާގެ ކޮމާންޑަރަކު މަރާލާފައިވާކަން ޔޫކްރެއިނުން އިއުލާން ކޮށްފި

ރަޝިޔާގެ އަސްކަރިއްޔާގެ ކޮމާންޑަރަކު މަރާލާފައިވާ ކަމަށް ޔޫކްރޭންގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.

މަރާލާފައި ވަނީ ރަޝިޔާގެ އިރުމަތީ އަސްކަރީ ޑިސްޓްރިކްޓްގެ 29 ވަނަ އަސްކަރިއްޔާގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަންދްރޭ ކޮލެސްނިކޯވް ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެއީ އުފާވެރިކަމެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ވެގްނަރ ގްރޫއްޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެތުރިފައި - ރާއްޖެއެމްވީ
ވެގްނަރ ގްރޫއްޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެތުރިފައި - ރާއްޖެއެމްވީ
11 މާރިޗު 2022 | 17:11

ކިއެވްގައި ހުންނަ ތުރުކީގެ އެމްބަސީ ހުސްކޮށްފި

ކިއެވްގައި ހުންނަ ތުރުކީގެ އެމްބަސީ އެގައުމުން ހުސްކޮށްފިއެވެ.

އެމްބބަސީ ހުސްކުރުމަށްފަހު ތުރުކީގެ މިޝަންގެ މުވައްޒަފުން ދިޔުމަށް ހަމަޖެހިފައިވަނީ ރޮމޭނިއާ ބޯޑަރު ކައިރީގައި އޮންނަ ޗާރނިވްސި ސިޓީއަށެވެ.

11 މާރިޗު 2022 | 17:00

ރަޝިޔާގައި އިންސްޓަގްރާމް ބްލޮކް ކުރަނީ

ރަޝިޔާގައި އިންސްޓަގްރާމް ބްލޮކް ކުރުމަށް ނިންމާފައިވާކަން އެގައުމުން ހާމަ ކޮށްފިއެވެ.

ރަޝިޔާއިން އިންސްޓަގްރާމް ބޮލޮކު ކުުރުމަށް ނިންމާފައިވަނީ، ފޭސްބުކްއާއި އިންސްޓަރގްރާމް ހިންގަމުންދާ މެޓަ ކުންފުނިން، ރަޝިޔާގެ ރައީސް ލަޑްމިއަރ ޕުޓިންއާއި އެގައުމުގެ ސިފައިންނާމެދު ނަފްރަތުގެ މެސެޖްތައް ޕޯސްޓް ކުރުން ހުއްދަ ކޮށްފައިވާކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

ރަޝިޔާގެ މީޑިއާ ރެގިއުލޭޓަރއިން ބުނެފައިވަނީ، ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް ގޮވާލާ ކޮންޓެންޓް އިންޓަގްރާމުން މިހާރު ފަތުރަމުން ދާކަމުގައެވެ.

ރޮއިޓާރސްއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ޔޫކުރެއިންގައި ހިގަމުންދާ ހަގުރާމައާއި ގުޅިގެން، ފޭސްބުކު އަދި އިންސްޓަގްރާމް ޕްލެޓްފޯމު ބޭނުންކޮށްގެން، ނަފްރަތު އުފެދޭ ޒާތުގެ ބައެއް ވާހަކަތައް ދެއްކުން ހުއްދަ ކުރުމަށް މި ދެ ޕްލެޓްފޯމު ހިންގަމުންދާ މެޓަ ކުންފުނިން ނިންމާފައިވާ ކަމަށެވެ. ރޮއިޓާރސްއިން ހަވާލާ ދީފައިވަނީ މެޓަ ކުންފުނީގެ އެތެރޭގެ އީމެއިލަކަށެވެ.

މެޓަ ކުންފުނިން، އެ ކުންފުނީގެ ބައެއް ގަވާއިދުތަކަށް ބަދަލު ގެނެސް، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި، އެ ޕްލެޓްފޯމުތައް ބޭނުންކޮށް ދެކެވޭ ނަފްރަތު އުފެދޭ ޒާތުގެ ބައެއް ވާހަކަތަ ވަގުތީ ގޮތުން ހުއްދަ ކޮށްފައިވާ ކަމަށެވެެ. މި ބަދަލު ގެނެސްފައިވަނީ ރަޝިޔާ ޔޫކުރެއިން ހަނގުރާމައާ ގުޅިގެންނެވެ.

1 / 11