ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ
މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

ރަޝިޔާ ޔޫކްރޭން ހަނގުރާމަ
ރަޝިޔާގެ ތެލަށް ބަރޯސާނުވުމަށް ގޮވާލައިފި
ރަޝިޔާގެ ތެލަށް ބަރޯސާނުވުމަށް ޔޫރަޕިއަން ކޮމިޝަނުން ގޮވާލައިފިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވން ޑަރް ލެޔެން ވިދާޅުވީ ރަޝިޔާގެ ތެލަށް ބަރޯނުވެ ޔޫރަޕްގެ ގައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވަނީ އެފަދަ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ތެލުގެ އަގު ވަރަށް ބޮޑަށް މަތިވެގެން ގޮސްފައިވެއެވެ.
އެމެރިކާގެ ސެނެޓުން ޔޫކްރެއިންއަށް 13.6 ބިލިއަން ޑޮލަރުގެ އެހީ
އެމެރިކާގެ ސެނެޓުން ޔޫކްރެއިންއަށް 13.6 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފިއެވެ.
މިއެހީ ދިނުމަށް ސެނެޓުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހެއެވެ.
ރަޝިޔާއިން-ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ރައްޔިތުން ގައުމުދޫކޮށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ވަރަށް ބޮޑަށް އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
ކޮންމެ 30 މިނިޓަކުން މަރިއަޕޮލަށް ހަމަލާއެއް އާދޭ - މޭޔަރ
ކޮންމެ 30 މިނިޓަކުން މަރިއަޕޮލަށް ހަމަލާއެއް އަންނަ ކަމަށް އެ ސިޓީގެ މޭޔަރ ވޭޑަމް ބޯޗެންކޯ ވިދާޅުވެއްޖެއެވެ.
ހަތަރު ލައްކައެއްހާ މީހުން ޕޯރޓް ސަރަހައްދުގައި ތިބިއިރު ކޮންމެ 30 މިނިޓަކުން ރަޝިޔާގެ ވައިގެ ހަމަލާތައް އަންނަ ކަމަށް ވިދާޅުވިއެވެ. ފާއިތުވެ މި ދިޔައީ އުނދަގޫ ދެ ދުވަސް ކަމަށާއި، އެތަނުގައި ކުޑަކުދިންނާއި މުސްކުޅިންވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން މަސައްކަތް ކުރަނީ ޔޫކްރެއިން ރައްޔިތުން ނަންތާލާށެވެ.
ޔޫކްރެއިންގެ 5 ސިޓީއަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތު ކޮޅަކަށް ހަމަލާތައް ހުއްޓާލަން ރަޝިޔާއިން ނިންމައިފި
ޔޫކްރެއިންގެ 5 ސިޓީއަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުކުރު ދުވަހު ކުޑަ ވަގުތު ކޮޅަކަށް ހަމަލާތައް ހުއްޓާލަން ރަޝިޔާއިން ނިންމައިފިއެވެ.
މިއީ އިންސާނީ އެހީތެރިކަމާއި، އެ ފަސް ސިޓީ ދޫކޮށް އެހެން ސިޓީތަކަށް ދާން ބޭނުންވާ އާންމު ރަައްޔިތުންނަށް އެ ފުރުސަތު ދިނުމަށް ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ. ރަޝިޔާގެ ގަޑިން ހުކުރު ދުވަހު ހެދުނ 10:00ން ފެށިގެން އެ ފަސް ސިޓީއަށް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށްވަނީ ބުނެފައެވެ.
ހަމަލާ ދިނުން މެދުކަނޑާލާ ސިޓީ ތަކަކީ ކިއެވް، ސުމީ، ކަރްކިވް، މަރިއަޕޮލް އަދި ޗާރްނިވް އެވެ. މިިހަތަނަށް މަރިއަޕޮލް އިން އެއްވެސް އާންމު ރައްޔިތަކަށް ބޭރަށް ނުދެވެއެވެ.
ޔޫކްރެއިންގެ 280ށްވުރެ ގިނަ ސްކޫލަކަށް މިހާތަނަށް ހަމަލާ ދީފި
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ 280ށްވުރެ ގިނަ ސްކޫލަކަށް ރަޝިޔާއިން ހަމަލާ ދީފައިވާ ކަމަށް ޔޫކްރެއިންގެ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މީގެ ތެރޭގައި ކިންޑަރގާޓެން ސްކޫލްތަކާއި، ކޮލެޖް، އަދި ޔުނިވަރސިޓީތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެ ދެރަވަނީ އެތައް ފުރާނައެއް ގެއްލިގެން ދާތީ ކަމަށް ވިދާޅުވިއެވެ.
ދެ ދުވަސްތެރޭގައި އެއް ލައްކައަށްވުރެ ގިނަ މީހުން ޔޫކްރެއިންގެ ސިޓީތައްް ދޫކޮށް ގޮސްފި - ޒެލެންސްކީ
ދެ ދުވަސްތެރޭގައި އެއް ލައްކައަށްވުރެ ގިނަ މީހުން ޔޫކްރެއިންގެ ސިޓީތައްް ދޫކޮށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީވަނީ މަރިޕޯލްއަށް އިންސާނީ އެހީ ފޯރުކޮށްދޭ ދޮރުތައް މޮސްކޯއިން ބަންދުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ސިޓީއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރި ދޮރުތައްވެސް ބަންދު ކޮށްފައިވާ ކަމަށެވެ.
ޔޫކްރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ، މަރިޕޯލްގައި ތިބި އާންމު ރައްޔިތުން އެތަން ދޫކޮށް ދިޔުމަށްޓަކައި ހަމަލާތައް ހުއްޓާލުމަށްވެސް ރޝިޔާގެ ފައުޖުތަކުން ބޭނުން ނުވާ ކަމަށެވެ.
ފޭސްބުކާއި އިންސްޓަގްރާމްގައި ރަޝިިޔާއާ ދެކޮޅަށްކުރާ ޕޯސްޓުތައް ނުހުއްޓުވަން ނިންމައިފި
ފޭސްބުކާއި އިންސްޓަގްރާމްގައި ރަޝިިޔާއާ ދެކޮޅަށްކުރާ ޕޯސްޓުތައް ނުހުއްޓުވަން މެޓާއިން ނިންމައިފިއެވެ.
މެޓާއިން އަންނަނީ ގައުމުތަކާއި ދެކޮޅަށް ކުރާ ޕޯސްޓްތަކާއި، އަނިޔާވެރި ކަމަށް ގޮވާލާ ޕޯސްޓްތައް، އެ ކުންފުނީގެ "ހޭޓް ސްޕީޗް" ޕޮލިސީގެ ދަށުން ހުއްޓުވަމުންނެވެ. ކުންފުނީގެ އެތެރޭގެ އީމމެއިލަކަ ހަވަލާދީ ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ކުންފުނިން ވަނީ، ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށްކުރާ މިފަދަ ޕޯސްޓުތައް ނުހުއްޓުވަން ވަގުތީ ގޮތުން ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން މެޓާ އިން އަދި ވަކި އެއްޗެއްް ހާމައެއް ނުކުރެއެވެ.
ރަޝިޔާއިން ކަރްކިވްގައި ހުންނަ ފިޒިކްސް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓަށް ހަމަލާ ދީފި
ރަޝިޔާއިން ކަރްކިވްގައި ހުންނަ ފިޒިކްސް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓަށް ހަމަލާ ދީފިއެވެ.
މި ހަމަލާގައި އެތަނުގެ ކައިރީގައި ހުންނަ ހޮސްޓެލްއެއްގައިވަނީ އަލިފާން ރޯވެފައެވެ. ހުއްޓުމެއްނެތި ހަމަލާ ބަދަލު ކުރަމުން އަންނަ ކަމަށް ޔޫކްރެއިންގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
އަވަށްޓެރި ގައުމުތަކުން ޔޫކްރެއިންގެ ރެފިއުޖީންނަށް މަރުހަބާ ކިޔުމުން ޔޫއެސް އެއިޑުން އެކަމަށް ތައުރީފް ކޮށްފި
އަވަށްޓެރި ގައުމުތަކުން ޔޫކްރެއިންގެ ރެފިއުޖީންނަށް މަރުހަބާ ކިޔުމުން ޔޫއެސް އެއިޑުން އެކަމަށް ތައުރީފް ކޮށްފިއެވެ.
ޔޫއެސްއެއިޑުން ބުނީ ޔޫކްރެއިންގެ 2 މިލިއަނެއްހާ ރެފިއުޖީންނަށް އަވަށްޓެރި ގައުމުތަކުން މަރުހަބާ ކިޔައި ދެއްި އެއްބައިވަންތަ ކަމަށް ތައުރީފުކުރާ ކަމަށެވެ.
މޮލްޑޯވާ، ސްލޮވާކިޔާ، ރޮމޭނިއާ، ޕޮލެންޑް އަދި ހަންގޭރީ ފަދަ ގައުމުތަކުން ރަޝިޔާގެ ރައީސް ހައިރާންކޮށްފި ކަމަށް ޔޫއެސް އެއިޑުން ވަނީ ބުނެފައެވެ.
ޔޫކްރެއިނަށް ދޭ އިންސަނީ އެހީ އެހީ އިތުރުކުރަމުން އަންނަ ކަމަށް އދން ބުނެފި
ޔޫކްރެއިނަށް ދޭ އިންސަނީ އެހީ އެހީ އިތުރުކުރަމުން އަންނަ ކަމަށް އދން ބުނެފިއެވެ. އދގެ ތަރުޖަމާނު ވިދާޅުވީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި މީހުން އިތުރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު ވާލްޑް ފުޑް ޕްރޮގްރާމުން ފާޅުކޮށްފައިވާ ކަމަށެވެ.
ޔޫކްރެއިންގެ ރައްޔިތުން ރައްކާތެރި ކަމައެކު ސިޓީ ތަކުން ނުކުތުމުގެ ޖާގަ ދިނުމަށް އެމަރިކާއިން ގޮވާލައިފި
ރަޝިޔަގެ ސިފައިން ވަށާލާފައިވާ ސިޓީތަކުން ޔޫކްރެއިންގެ އާންމު ރައްޔިތުން ރައްކާތެރި ކަމައެކު ނުކުތުމުގެ ޖާގަ ދިނުމަށް އެމަރިކާއިން ގޮވާލައިފިއެވެ.
އެމެރިކާއިން ބުނެފައިވަނީ ޕުޓިން މަސައްކަތް ކުރައްވަނީ ޔޫކްރެއިން ހިފުމަށް ކަމަށާއި، އެކަން ފަސޭހަކަމާއެކު ނުވުމުން، މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުން ނިކަމެތި ކޮށްލުމަށް ކަމަށެވެ.
ރަޝިޔާ އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރުގެ ވާހަކަތަކުން އެއްވެސް ހައްލެއް ނުލިބުނު
ރަޝިޔާ އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރުގެ ސުލްހައިގެ ވާހަކަތަކުން އެއްވެސް ހައްލެއް ނުލިބި ނިންމަލައިފިއެވެ.
ތުރުކީގައި ކުރިއަށްދިޔަ މިވާހަކައަކީ މިހަނގުރާމަ އާއި ގުޅިގެން ދެގައުމުގެ ހައިލެވެލް ލީޑަރުންތަކެއް މިގޮތަށް މަޝްވަރާތަކެވެ. އެއްވެސް ކުރިއެރުމެއް ނުލިބި މި ވާހަކަތައް ނިންމާލިއިރު ޔޫކްރެއިންގެ އެކި ސިޓީ ތަކުގައި އެތައް ސަތޭކަ އާންމު ރައްޔިތުން ތާށިވެފައި އެބަތިއްބެވެ.
ރަޝިއާ އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ސުލްހައިގެ މަޝްވަރާތައް ކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ފެށިއްޖެއެވެ.
ތުރުކީގައި ކުރިއަށްދާ ފޮރިން މިނިސްޓަރުންގެ މިބައްދަލުވުމަކީ މިހަނގުރާމަ އާއި ގުޅިގެން ދެގައުމުގެ ހައިލެވެލް ލީޑަރުންތަކެއް މިގޮތަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އެގޮތުން މިބައްދަލުވުމުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮފް އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ކުލެބާގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސުލޯ ބައިވެރުވެވަޑައިގަންނަވައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މިބައްދަަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ މެދުވެރިއެއްގެ ރޯލު އަދާކުރައްވަންށެވެ. ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުގެ ހަވާސާގައި ބެއްވޭ މިބައްދަލުވުމަކީ ތިންގައުމުގެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާގެ ބައްދަލުވުންތައް ފެށުމަށް މަގުފަހި ކޮށްދިނުމަށް ބާއްވާ ބައްދަލުވުމެއްކަމަށެވެ. އެއީ ރަޝިއާގެ ރައީސް ޕުޓިނާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަދި ތުރުކީގެ ރައީސް އުރުދުޣާން ބާއްވަވާ ބައްދަލުވުމެވެ.
މިބައްދަލުވުން ކުރިއަށްގެންދަނީ ތުރުކީގެ އަންޓަލްޔާ ސިޓީގައެވެ. ތުރުކީއިން މަސައްކަތްކުރަނީ މެދުވެރިއެއްގެ ރޯލު އަދާކޮށް މައްސަލައަށް ހައްލު ހޯދުމަށެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމާއިގެ ސުލްހައިގެ މަޝްވަރާތައް މިހާތަނަށް ތިން ފަހަރަކު ވަނީ ބާއްވާފައެވެ. އަދި ހަތަރު ވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެކަމަށް ދެގައުމުންވެސް އެއްބަސްވެއެވެ.

ރަޝިޔާއަށް އިގްތިސާދީ ހަނގުރާމައަކާ ކުރިމަތިލާންޖެހިއްޖެ
ރަޝިޔާއަށް މީގެ ކުރިން ދިމާނުވާވަރުގެ އިގްތިސާދީ ހަނގުރާމައަކާ ކުރިމަތިލާންޖެހިފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.
ކުޑަކުދިންގެ ހޮސްޕިޓަލަށް ބޮން އެޅި ކަމަށް ބުނާ ވާހަކަ ރަޝިޔާ އިން ދޮގުކޮށްފި
މަރިޕޯލްގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލަށް ބޮން އެޅި ކަމަށް ބުނާ ވާހަކަ ރަޝިޔާ އިން ދޮގުކޮށްފިއެވެ.
ހަނގުރާމައިގައި މިހާތަނަށް 37 ކުޑަކުދިން މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިނުން 37 ކުޑަކުދިން މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ. އަދި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި 50 ކުދިން ޒަހަމްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެއްމިލިއަން ކުޑަކުދިން ޤައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މަރިޕޯލްގެ ހޮސްޕިޓަލަށް ދިން ހަމަލާ އދ ގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރި ކުރައްވައިފި
މަރިޕޯލްގެ ހޮސްޕިޓަލަށް ދިން ހަމަލާ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކުށްވެރި ކުރައްވައިފިއެވެ. އަދި ތާކުންތާކު ނުޖެހޭ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅު އެޅީ ވަކި މުއްދަތެއް ނެތްގޮތަށް - އެމެރިކާ
އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އެހީގައި 35،000 މީހުން ސަލާމަތްކޮށްފި
މިކަން ހާމަކުރައްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. ޒެލެންސްކީ ވިދާޅުވީ ބުދަ ދުވަހު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަގު ފަހިކުރެވިގެން ގޮސްފައިވާ ކަމަށެވެ.
ޗަރނަބީލް ނިއުކްލިއަރ ޕްލާންޓް ކަރަންޓު ގްރިޑުން ވަކިކޮށްފި
ކަރަންޓް ގްރިޑުން ނިއުކްލިއަރ ޕަވަރ ޕްލާންޓް ވަކިކުރުމާއެކު، އެތަނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ޔޫކްރެއިން އިން ވަނީ ގޮވާލާފައެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ބާއްވާ ނޫސްވެރިންގެ ބައްދަލުވުން
ސުލްހައިގެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވޭ: ރަޝިޔާ
ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލި އެގައުމަށް ދިމާވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޔޫކްރެއިނުން ޑޮންބަސް ސަރަހައްދަށް ހަމަލާދޭން ތައްޔާރުވަމުންދިޔަ ކަމުގެ ސިއްރު ލިޔެކިއުންތަކެއް ލިބިފައިވާކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި
ޔޫކްރެއިނުން ޑޮންބަސް ސަރަހައްދު ނުވަތަ ލުހާންސް އަދި ޑޮނަސްކް އަށް މާރޗު މަހު ތެރޭގައި ހަމަލާދޭން ތައްޔާރުވަމުންދިޔަ ކަމުގެ ސިއްރު ލިޔެކިއުންތަކެއް ލިބިފައިވާކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ވަނީ ހަ ސަފްހާގެ މި ޑޮކިއުމެންޓް އާންމުވެސް ކޮށްފައެވެ. އޭގައިވާ ގޮތުން ކިއެވް އިން ދިޔައީ ޑޮންބަސް އަށް ހަމަލާދިނުމަށް ތައްޔާރުވަމުންނެވެ. އަލްޖަޒީރާ އިން ބުނީ މި ލިޔެކިއުންތަކަކީ ސައްހަ ލިޔެކިއުންތަކެއް ކަމަށް ކަށަވަރުނުކުރެވުނު ކަމަށާއި ލިޔެކިއުންތައް ހުރީ ޔޫކްރެއިންގެ ބަހުން ކަމަށެވެ. ނަމަވެސް އޭގައި ހުރީ އަސްކަރީ ޔުނިޓްތަކުން ހަމަލާއަކަށް ތައްޔާރުވާނެ ގޮތްތައް ކަމަށް އަލްޖަޒީރާ އިން ފާހަގަކުރެއެވެ.
ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަވަހަށް ކޮންޓްރޯލްކުރަން ޖެހޭ: ޝީ ޖިންޕިންގް
ޔޫރަޕުގައި ހަނގުރާމައިގެ އަލިފާންގަނޑު ރޯވަމުންދާ މަންޒަރުބަލަން ފަސޭހަނޫން ކަމަށާއި ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަވަހަށް ކޮންޓްރޯލްކުރަން ޖެހޭކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ އަންގާރަ ދުވަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޮލްޒް އާއެކު ވަރޗުއަލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް ޗައިނާގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ޗައިނާ، ފްރާންސް އަދި ޖަރުމަން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިންގެ މިހާރުގެ ހަލާތާމެދު ކަންބޮޑުވާކަމަށް ވިދާޅުވެ ޝީ ޖިންޕިންގ ވަނީ މިމައްސަލަ އިތުރަށް ހޫނުވިޔަ ނުދީ ހައްލުކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ފްރާންސާއި ޖަރުމަނުން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ޝީ ޖިންޕިނގް ވަނީ ވިދާޅުވެފައެވެ.
ޝީ ޖިންޕިންގް ވަނީ ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފައިސާގެ ނިޒާމަށާއި ހަކަތައިގެ ސަޕްލައި އަދި ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނޭޓޯއަށް ވަނުމަށް އިދިކޮޅުން ގޮވާލުމުން ސްވިޑެންގެ ބޮޑުވަޒީރު ވިދާޅުވީ ނޫނެކޭ
ނޯރތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާއި ގުޅުމަށް ސްވިޑެންގެ އިދިކޮޅު ލީޑަރުން ގޮވާލުމުން އެގައުމުގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން އެކަމަށް ނޫނެކޭ ވިދާޅުވެއްޖެއެވެ.
ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހަނގުރާމަ ކުރިއަށްދާ މިދަނޑިވަޅުގައި ނޭޓޯއާއި ގުޅުމަށް މަސައްކަތްކުރަމަކީ ޔޫރަޕު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުންފަދަ ކަމެއްކަމަށް އެންޑަރސަން ވިދާޅުވިއެވެ.
1814 ވަނަ އަހަރުގެ ފަހުން ސްވިޑެން އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެފައެއް ނުވެއެވެ. އެގައުމުން ގައުމުތަކާއެކު ޚާރިޖީގުޅުން ގާއިމުކުރަނީ ގައުމުތަކާއެކު އަސްކަރީ ގުޅުން ބާއްވަން ނުޖެހޭ ގޮތަށެވެ. ނަމަވެސް މިފަހަކަށް އައިސް ސްވިޑެންއިން ވެސް ނޭޓޯއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާތަން ވަނީ ފެނިފައެވެ.
އަސްކަރީ އޮޕަރޭޝަނެއްކަމަށް ބުނެ ރަޝިއާއިން ޔޫކްރެއިނަށް އަރައި އެގައުމުގައި ދެމުންގެންދާ ހަމަލާތަކާއެކު ސްވިޑެން އަދި ފިންލޭންޑްވެސް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ގޮވާލާ ގޮވުންތައް ވަނީ އިތުރުވާން ފަށާފައެވެ. ފިންލޭންޑަކީވެސް ސްވިޑެން އާއި އެއްގޮތަށް އެއްފަރާތުގައި އޮންނަން ނިންމާފައިވާ ގައުމެކެވެ.
ސްވިޑެންގެ ބޮޑުވަޒީރު އެންޑަރސަން ވަނީ ސްވިޑެންގެ ވެސް އަދި އުތުރު ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު އެގައުމުން ގެންގުޅެމުންދާ ޕޮލިސީތައް ބަދަލުނުކޮށް އެގޮތުގައި ދެމިހުރުން ކަމަށް އެކަމަނާއި އަބަދުވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
ސްވިޑެން އަދި ފިންލޭންޑް ނޭޓޯ އާއި ގުޅުމަކީ ރަޝިއާއިން ބޭނުންވާ ގޮތެއް ނޫނެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ގޮވާލާފައިވާއިރު ނޭޓޯގެ މެމްބަރު ގައުމަކަށްވެއްޖެ ނަމަ ރަޝިއާއިން މަޑުންނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބިލްތައް ބޮޑުވިޔަސް ހެޔޮކަމަށް އެމެރިކާއިން ރަޝިއާގެ ތެޔޮ އިމްޕޯޓުކުރުން މަނާކޮށްފި
ރަޝިއާގެ ތެޔޮ އެމެރިކާއަށް އިމްޕޯޓުކުރުން މަނާކޮށް އެމްބާގޯ އިއުލާނުކޮށްފިއެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުނދާ ހަނގުރަމައަމަ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރު ފިޔަވަޅެއް އިތުރުކޮށްފައިވާއިރު، މި ފިޔަވަޅުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ރަޝިއާކަށް ނޫނެވެ.
އެމެރިކާއިން ރަޝިއާގެ ތެޔޮ އެގައުމަށް އިމްޕޯޓްކުރުން މަނާކޮށްފައި މިވަނީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާ ވަގުތެއްގައެވެ. އެގައުމުން ދަނީ ޔޫރަޕުގެ ގައުމުތަކުންވެސް ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާކުރުމަށް އެގައުމުތަކާއެކު މަޝްވަރާކުރަމުންނެވެ.
އެމެރިކާއިން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާ ކުރުމާއެކު މިހާރުވެސް އުފުލިފައިވާ ތެލުގެ އަގު އިތުރު ހަތަރު އިންސައްތަ ވަނީ އުފުލިގެން ގޮސްފައެވެ. ފެބްރުއަރީ 24 ގައި ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު މިހާތަނަށް ތެލުގެ އަގު ވަނީ 30 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. މިއީ 2008 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ ބޮޑުވެގެންދާ ފުރަތަމަ ފަހަރެވެ.
ސެޕްޓެމްބަރ 9އާ ހަމައަށް ބޭންކު އޮފް ރަޝިޔާއިން ފޮރިން ކަރަންސީ ވިތްޑްރޯ ކުރެވޭ އައު ޕްރޮސީޖަރ އާންމުކޮށްފި
މަރޗް 9ން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ބޭންކް އޮފް ރަޝިޔާއިން ފޮރިން ކަރަންސީ ވިތްޑްރޯ ކުރެވޭނެ އައު ޕްރޮސީޖަރ އެ ބޭންކުން ހާމަކޮށްފިއެވެ.
އެގޮތުން 10 ހާސް އެމެރިކާ ޑޮލަރާ ހަމައަށް ކޭޝް އިން ވިތްޑްރޯ ކުރެވޭނެއެވެ. ބާކީ ބައި ވިތްޑްރޯ ކުރެވޭނީ ރަޝިގާ ކަރަންސީ ރޭޓް އެދުވަހެއްގައި ހުރި މިންވަރަކަށެވެ.
މިމުއްދަތުގެ ތެރޭގައި ވިތްޑްރޯ ކުރެވޭނީ އެމެރިކާ ޑޮލަރެވެ. އެއީ ކޮންމެ ބާވަތެއްގެ ކަރަންސީ ހުރި އެކައުންޓެއްނަމަވެސްވެއެވެ.
މިވަގުތު ރަޝިޔާގެ ކަރަންސީ ކަމުގައިވާ ރަބްލްގެ 1 ރަބްލް އަކީ އެމެރިކާ ޑޮލަރުން ނަމަ 0.0078 އެވެ.
2022 ވަނަ އަހަރު ރަޝިޔާއިން އިމްޕޯޓްކުރުން އަދި އެކްސްޕޯޓްކުރުން މަނާ މުދާތަކެއް ޕުޓިން ކަނޑައަޅުއްވައިފި
2022 ވަނަ އަހަރު ރަޝިޔާއިން އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާ މުދާތަކެއް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ކަނޑައަޅުއްވައިފިއެވެ.
މިއީ ރަޝިޔާގެ އިގްތިޞާދު ހަމައަކަށް އެޅުވުމަށް މިހާރުން މިހާރަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ. މިފިޔަވަޅުގެ ދަށުން އާންމުކުރާ ލިސްޓް ކުރިޔަށް އޮތް ދެ ދުވަސްތެރޭގައި އާންމުކުރާނެއެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބުދަ ދުވަހު ހަމަލާ ބަދަލުކުރުން މެދުކަނޑާލަނީ
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ބުދަ ދުވަހުގެ ވަކި ވަގުތެއްގައި ހަމަލާދިނުން މެދުކަނޑާލާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.
މިވަގުތުތަކުގައި ޔޫކްރެއިން އިން މީހުން ނެރުމަށްވެސް މަގުފަހިވެގެންދާނެއެވެ. މިއީ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ދެގައުމުން އެއްބަސްވެފައިވާކަމެކެވެ.
ޔޫކްރެއިންގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާކަމަށް އެމެރިކާއިން ބުނެފި
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލި އެގައުމަށް ދިމާވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދެމުންދާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ޔޫކްރެއިންގެ ރައްޔިތުންނަށް އަމާންކަމާއެކު އެ ސަރަހައްދު ދޫކޮށް ދެވޭނެ ގޮތް ހަމަޖެއްސުމަށް އެމެރިކާއިން ވަނީ ރަޝިޔާއަށް ގޮވާލާފައެވެ. އަދި ހަނގުރާމަ ކުރިއަށްދާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ގޮވާލާފައިވެއެވެ.
ރަޝިޔާއިން ތެލާއި ގޭސް އެތެރެކުރުން އެމެރިކާއިން ހުއްޓާލައިފި
ރަޝިޔާއިން ތެލާއި ގޭސް އެތެރެކުރުން އެމެރިކާއިން ހުއްޓާލިން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.
ޖޯ ބައިޑަން ވިދާޅުވީ "މިއަދު އަޅުގަނޑު މި އުލާން ކުރަނީ އެމެރިކާއިން ރަޝިޔާގެ އިގްތިސާދަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅު އަޅަން. އަޅުގަނޑުމެން ރަޝިޔާއިން ތެލާއި ގޭސް އިމްޕޯޓް ކުރުން ހުއްޓާލަން މި ނިންމަނީ"

ވީޑިއޯ މެދުވެރިކުރައްވާ ޒެލެންސްކީ ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވައިފި
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވަނީ ވާހަކަދައްކަވާފައެވެ.
ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް އެމެރިކާގެ ރައީސް އިއުލާން ކުރައްވަނީ

ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ރަޝިޔާ އާއި ޔޫކްރެއިންގެ އެމްބެސެޑަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް
ޔޫކްރެއިންގައި ބޮޑުވަމުން އަންނަ އިންސާނީ ކާރިސާގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ބޭއްވި އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޔޫކްރެއިން އަދި ރަޝިޔާއިން އދ އަށް ކަނޑުއަޅުއްވާފައި ތިއްބަވާ ސަފީރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކޮށް ޖަލްސާ ހޫނުވެފައިވާ ކަމަށް ނޫސްތަކުގައި ވަނި ރިޕޯޓްކޮށްފައެވެ.
ޝެލް ކުންފުނިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަނީ
ދުނިޔޭގެ ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނިކަމުގައިވާ ޝެލް ކުންފުނިން ރަޝިޔާގެ ތެލާއި ގުދުރަތީ ގޭސް ގަތުން އެކި މަރުހަލާތަކަށް ބަހާލައިގެން ހުއްޓާލާނެ ކަން އިއުލާން ކޮށްފައިވަނި ރަޝިޔާއިން ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެންނެވެ.
ޕުޓިންގެ ނިންމުން ވަރަށް އަވަހަށް އަންނާނެ- އިނގިރޭސިވިލާތް
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ނިންމުން ވަރަށް އަވަހަށް އަންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އެގައުމުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ޔޫކްރެއިންއަށް އަރައި ރަޝިޔާއިން ހަނގުރާމަ ކުރަމުންދާއިރު، ދާދި އަވަހަށް ޕުޓިންގެ ނިންމުން އަންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޔޫކްރެއިން 44 މިލިއަން މީހުންގެ މައްޗަށް ވެރިވެގަތުމަކީ ޕުޓިންއަށް ލިބިފައިވާ ހައްގެއް ނޫން ކަމަށާއި، އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އާބާދީގެ ބޮޑު ބައެއް އެހެން ސަރަހައްދުތަކަށް ދިއުމުން ޕުޓިންއަށް އޭގެ ގެއްލުން ބޮޑުވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެއެވެ.