Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީއޭއައި

އޭއައި ބޭނުންކުރުމުގެ ފަސް ފައިދާއާއި ފަސް ގެއްލުން

14 ސެޕްޓެމްބަރު 2026 | ހޯމަ 09:01

އޭއައިގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެ އާ ފުރުސަތުތައް ފަހިވި ނަމަވެސް، ގިނަ އަދަދެއްގެ ވަޒީފާ ގެއްލުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ނުރައްކާތައް ވަނީ ބޮޑުވެފައި. މީގެ އިތުރުން، މި ޓެކްނޮލޮޖީ ހިންގުމަށް ބޭނުންވާ ހަކަތައާއި ވަސީލަތްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 09:01
ޗައިނާގެ ޝަންހާއީގައި ބޭއްވި "އިންކްލޫޝަން ކޮންފަރެންސް އޮން ދަ ބަންޑް" ގައި، 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހު "އަހެޑްފޯމް" ކުންފުނީގެ "ޝުއާން" ހިއުމަނޮއިޑް ރޮބޮޓް ދައްކާލަނީ.

ޗައިނާގެ ޝަންހާއީގައި ބޭއްވި "އިންކްލޫޝަން ކޮންފަރެންސް އޮން ދަ ބަންޑް" ގައި، 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހު "އަހެޑްފޯމް" ކުންފުނީގެ "ޝުއާން" ހިއުމަނޮއިޑް ރޮބޮޓް ދައްކާލަނީ. | ގެޓީ އިމޭޖަސް

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މިހާރު އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ ވަސީލަތަކަށް ވެފައިވީ ނަމަވެސް، މި ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާތީ، މިއީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިން ދަނީ އިންޒާރު ދެމުންނެވެ.

އޭއައި ނިޒާމުތަކަށް މިހާރު އަމިއްލައަށް ލިޔުންތަކާއި ކުރެހުންތައް ތައްޔާރުކުރުމާއި، ކޮމްޕިއުޓަރު ކޯޑު ލިޔުމުގެ އިތުރުން، ކުރިން އިންސާނުންގެ ބައިވެރިވުމާއެކު ގިނަ ވަގުތު ހޭދަކޮށްގެން ކުރަމުންދިޔަ އުނދަގޫ ދިރާސާތައް ކުރުމުގެ ގާބިލުކަން ވަނީ ލިބިފަ އެވެ.

މި ވަސީލަތްތަކަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އޭއައިގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެ، އާ ބާވަތްތަކުގެ ވަޒީފާތައް އުފެދިގެންދާނެ އެވެ.

ނަމަވެސް، މި ޓެކްނޮލޮޖީ ހަލުވިކަމާއެކު ތަރައްގީވަމުންދާތީ، ވަޒީފާތައް ގެއްލުމާއި، ދޮގު މައުލޫމާތު ފެތުރުމާއި، އޭއައިގެ އިންފްރާސްޓްރަކްޗަރ ހިންގުމަށް ބޭނުންވާ ހަކަތައާއި ވަސީލަތްތަކާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީ ކުރިއަރާ މިންވަރާ އެއްވަރަށް، އެކަން ކޮންޓްރޯލްކުރުމަށް ހަދަންޖެހޭ ގަވާއިދުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ބާރުމިނެއްގައި ތަންފީޒު ނުކުރެވޭ ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ދެ އެވެ.

"އޭއައި މޮޑެލްތަކުގެ ގާބިލުކަން އިތުރުކުރާ މިންވަރު އަޅުގަނޑުމެން މަޑުޖައްސާލަންޖެހޭ،" 'ކްލޯޑް' ނަމަކަށް ކިޔާ އޭއައި ވަސީލަތް އުފެއްދި އެންތްރޮޕިކް ކުންފުނީގެ ސީއީއޯ ޑާރިއޯ އަމޯޑޭ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ބަދަލުތައް މަޑުޖައްސާލި ނަމަވެސް ކުރިއެރުންތައް ފެންނާނީ ހަލުވިކޮށް ކަމަށާއި، އެހެންކަމުން ލިބޭ ވަގުތުގެ ބޭނުން ބުއްދިވެރި ގޮތުގައި ހިފަންޖެހޭ ކަމަށެވެ.

އެހެންކަމުން، އާޓިފިޝަލް އިންޓެލިޖެންސްގެ ފައިދާއާއި ގެއްލުމަކީ ކޮބައި ހެއްޔެވެ؟ އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ މި ޓެކްނޮލޮޖީގެ މުސްތަގުބަލު އޮތީ ކިހިނެއް ހެއްޔެވެ؟

އުފެއްދުންތެރިކަން އިތުރުވުމާއި މަސައްކަތްތައް ފަސޭހަވުން

އޭއައިގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ބައެއް ކަހަލަ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލުމަށް އެހީތެރިވެދިނުމެވެ.

މިހާރުވެސް ތައުލީމީ ދާއިރާއާއި، ލިޔުންތައް ލިޔުމާއި އިސްލާހުކުރުމާއި، މައުލޫމާތު އެއްކުރުމުގެ އިތުރުން ކޮމްޕިއުޓަރު ޕްރޮގްރާމް ކުރުމަށް އޭއައި ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ޝާއިއުކޮށްފައިވާ '2026 އިންޓަނޭޝަނަލް އޭއައި ސޭފްޓީ ރިޕޯޓް' ގައިވާ ގޮތުން، ގާތްގަނޑަކަށް އެއް ބިލިއަން މީހުން ތަފާތު އެކި މަސައްކަތްތަކަށް އޭއައި ބޭނުންކުރެ އެވެ.

މި ރިޕޯޓުން އެނގޭ ގޮތުގައި، އޭއައިގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އޯޕަން އޭއައިގެ ޗެޓްޖީޕީޓީ (ChatGPT) މެދުވެރިކޮށް މީހުން އެންމެ ގިނައިން ހޯދާފައިވަނީ ލިޔުންތައް އިސްލާހުކުރުމާއި ތައްޔާރުކުރުމާއި، ސިއްހީ ދާއިރާގެ ދިރާސާތައް ކުރުމާއި، އެކި ބާވަތުގެ މައުލޫމާތު ހޯދުމުގެ އެހީތެރިކަމެވެ.

މީގެ އިތުރުން، ވަކިވަކި މަސައްކަތްތަކުގައި އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ ހެކިތައް ވެސް ވަނީ ފެނިފަ އެވެ. ބޭންކް ފޯ އިންޓަނޭޝަނަލް ސެޓްލްމަންޓްސް އިން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާމަކުރި ގޮތުގައި، ޖެނެރޭޓިވް އޭއައި ބޭނުންކުރުމުން އުފެއްދުންތެރިކަން 10 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވެ އެވެ. އަދި ވަގުތު ސަލާމަތްކުރުމުގެ ގޮތުން މަސައްކަތުގެ ހަލުވިމިން 20 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވުނެވެ.

މި ކުރިއެރުންތައް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކޯޑިންގް، ކޮންސަލްޓިންގް އަދި ޕްރޮފެޝަނަލް ލިޔުންތައް ތައްޔާރުކުރާ ދާއިރާތަކުން ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މިސާލަކަށް، އިންޑިއާގެ ޓެކްނޮލޮޖީ ކުންފުނި ވިޕްރޯ (Wipro) އިން ބުނި ގޮތުގައި، އޭއައި ބޭނުންކުރަން ފެށުމުން 20،000 މުވައްޒަފުން ކުރަމުންދިޔަ މަސައްކަތްތައް ލުއިވެ، އެ މުވައްޒަފުން މިހާރު ވަނީ އެހެން ދާއިރާތަކުގެ ވަޒީފާތަކަށް ބަދަލުކޮށްފަ އެވެ.

އާ ފުރުސަތުތަކާއި ހުނަރުތައް އުފެދުން

އޭއައިގެ ސަބަބުން ބައެއް ވަޒީފާތައް ނެތިދިއުން ނުވަތަ ބަދަލުވުން އެކަށީގެންވީ ނަމަވެސް، މީގެ ސަބަބުން އާ ވަޒީފާތަކެއް ވެސް ދަނީ އުފެދެމުންނެވެ.

މެޝިން ލާނިންގް ޕްރޮގްރާމް ކުރުމާއި ޗެޓްބޮޓް ތައްޔާރުކުރުން ފަދަ ހުނަރުތަކަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އަދި ސޮފްޓްވެއާ ޑިވެލޮޕަރުން ވެސް މިހާރު އޭއައި ބޭނުންކޮށްގެން ކޯޑު ތައްޔާރުކުރުމަށްފަހު، އޭގައި ހުންނަ މައްސަލަތައް ބަލައި އިސްލާހުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މި ބަދަލުތަކުގެ ސަބަބުން، މަސައްކަތްތެރިން އެމީހުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އޭއައި ބޭނުންކުރާނެ ގޮތް ދަސްކުރަންޖެހޭ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ.

ވިޕްރޯގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ސަންދިޔާ އަރުން ވިދާޅުވީ، އެ ކުންފުނިން މިހާރު އަމަލުކުރަމުންދާ "ހިއުމަން-އޭއައި އޮޕަރޭޓިންގް މޮޑެލް" އަށް ބަދަލުވުމުގެ ގޮތުން، 100،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭއައިގެ މަތީ ފަންތީގެ ހުނަރުތައް ދަސްކޮށްދެމުންދާ ކަމަށެވެ.

ވަޒީފާތަކަށް އޮތް ނުރައްކާ

މަސައްކަތްތައް އަމިއްލައަށް ކުރާ ގޮތަށް ބަދަލުކުރުމަށް އޭއައިއަށް ލިބިފައިވާ އާދަޔާޚިލާފު ގާބިލުކަމަކީ މުޖުތަމައަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް މާހިރުން ބުނެ އެވެ.

ވަކި ސީދާ އަދަދުތަކެއް އަދި އެނގެން ނެތް ނަމަވެސް، '2026 އިންޓަނޭޝަނަލް އޭއައި ސޭފްޓީ ރިޕޯޓް' ގައި އިންޒާރު ދީފައިވާ ގޮތުގައި، ކުރިއަރާފައިވާ ގައުމުތަކުގެ ވަޒީފާތަކުގެ 60 އިންސައްތަ އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ ވަޒީފާތަކުގެ 40 އިންސައްތައަށް އޭއައިގެ ސަބަބުން ނުރައްކާވެދާނެ އެވެ. މިއީ ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުން މި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

މި އަހަރުގެ ކުރީކޮޅު، ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ވަނީ އޭއައިއަށް ބަރޯސާވާ މިންވަރު އިތުރުކޮށް، މުވައްޒަފުން މަދުކުރާނެކަން އިއުލާންކޮށްފަ އެވެ.

އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރާ އެމެޒޯން ކުންފުނިން ތިން މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް މުވައްޒަފުން މަދުކޮށް، 16،000 ވަޒީފާ ވަނީ އުނިކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ ޕިންޓްރެސްޓް (Pinterest) އިން ވެސް ވަނީ އޭއައިއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށްޓަކައި 780 ވަޒީފާ އުނިކުރާނެކަން ހާމަކޮށް އެވެ.

މީގެ އިތުރުން، އަލަށް ވަޒީފާގެ ބާޒާރަށް ނުކުންނަ މީހުންނާ މެދު ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ.

'2026 އިންޓަނޭޝަނަލް އޭއައި ސޭފްޓީ ރިޕޯޓް' ގެ އިސް ލިޔުންތެރިޔާ ސްޓީވަން ކްލެއާ ވިދާޅުވީ، އޭއައިގެ ނުރައްކާ ބޮޑު ދާއިރާތަކުން އަލަށް ވަޒީފާ ހޯދާ މީހުންނަށް ވަޒީފާ ލިބުން ދަތިވަމުންދާކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ.

ނުރަނގަޅު ގޮތުގައި ބޭނުންކުރުމާއި ގެއްލުންދެނިވި މައުލޫމާތު ފެތުރުން

މިހާރު ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އާ އެއްޗެހި އުފައްދާ 'ޖެނެރޭޓިވް އޭއައި' ބޭނުންކޮށްގެން، އަސްލާ އެއްގޮތް ލިޔުންތަކާއި، އަޑާއި، ފޮޓޯ އަދި ވީޑިއޯ އުފެއްދިދާނެ އެވެ. މިއީ ނުރަނގަޅު މަގްސަދުތަކުގައި ބޭނުންކުރެވިދާނެ ގާބިލުކަމެކެވެ.

އޭއައި ބޭނުންކޮށްގެން ހަދާފައިވާ 'ޑީޕްފޭކް' (Deepfake) ތަކުގެ އެހީގައި މީހުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތް ހަދަމުންދާއިރު، ސައިބަރ ހަމަލާތައް ދިނުމަށް ވެސް އޭއައި ނިޒާމުތައް ދަނީ ބޭނުންކުރަމުންނެވެ.

އެމެރިކާ ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ ވެރިންގެ ސިފައާއި އަޑު ބޭނުންކޮށްގެން އޮޅުވާލުމަށް ޑީޕްފޭކް ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފަ އެވެ.

ކުށްވެރިން އޭއައި ބޭނުންކޮށްގެން އުފައްދާ އަޑާއި ވީޑިއޯ މެދުވެރިކޮށް، މީހުންގެ އަމިއްލަ ސިއްރު މައުލޫމާތު ހޯދައި، ކޮމްޕިއުޓަރު ނިޒާމުތަކަށް ވަދެ، ފައިސާ ފޮނުވުން ފަދަ ކަންކަން ކުރަމުންދެ އެވެ.

ގިނަ އަދަދެއްގެ ހަކަތައާއި ވަސީލަތްތައް ބޭނުންވުން

އޭއައި ޓެކްނޮލޮޖީ ހިންގުމަށްޓަކައި ބާރުގަދަ ކޮމްޕިއުޓަރު ޗިޕްތައް ހިމެނޭ ފިޒިކަލް ޑޭޓާ ސެންޓަރުތައް ބޭނުންވެ އެވެ. މި ތަންތަން ހިންގުމަށާއި ފިނިކުރުމަށް ގިނަ އަދަދެއްގެ ކަރަންޓާއި ފެން ބޭނުންވެ އެވެ.

ޑޭޓާ ސެންޓަރުތައް އިތުރުވަމުންދާތީ، ކަރަންޓު ފޯރުކޮށްދިނުމާ މެދު ސުވާލު އުފެދިފައިވާއިރު، އޭއައިގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ސަރުކާރުތަކުގައި ހުރިތޯ ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

މިސާލަކަށް، އެމެރިކާގެ ޔޫޓާ ސްޓޭޓްގައި ހަދަން ހުށަހަޅާފައިވާ ޑޭޓާ ސެންޓަރަކަށް، މުޅި އެ ސްޓޭޓަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކަރަންޓު ބޭނުންވާނެ އެވެ.

ކަރަންޓުގެ އިތުރުން، އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ތަދިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ޑޭޓާ ސެންޓަރުތަކުގެ ސާވަރުތައް ފިނިކުރުމަށް އާދަޔާޚިލާފަށް ގިނަ އަދަދެއްގެ ފެން ބޭނުންވާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ޑޭޓާ ސެންޓަރުތައް ކައިރީގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެ ތަންތަނުން މެދުނުކެނޑި އިވޭ އަޑުގެ ސަބަބުން ވެސް ޝަކުވާކޮށްފަ އެވެ. މާޗް މަހު ނެގި ގެލަޕް ޕޯލްއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 71 އިންސައްތަ މީހުން އެމީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާ ދެކޮޅެވެ.

ޑޭޓާ ސެންޓަރުތަކާ ގުޅޭ މި ކަންބޮޑުވުންތައް ހަމައެކަނި އެމެރިކާއާއި ތަރައްގީވެފައިވާ ގައުމުތަކަށް އެކަނި އޮތް ކަމެއް ނޫނެވެ.

ކެންޔާގައި މައިކްރޯސޮފްޓާއި ޔޫއޭއީގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޖީ42 ގުޅިގެން ހަދަން ހުށަހަޅާފައިވާ އެއް ބިލިއަން ޑޮލަރުގެ ޑޭޓާ ސެންޓަރަށް ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ އެ ސެންޓަރަށް ބޭނުންވާ ހަކަތައިގެ މިންވަރު ފާހަގަކުރައްވައި، އެވަރުގެ ބޮޑު އުމްރާނީ ވަސީލަތެއް ހިންގުމަށްޓަކައި އިތުރު ހަކަތަ އުފައްދަން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސްޑާރިއޯ އަމޯޑޭއޯޕަންއޭއައިވިޕްރޯޓެކްނޮލޮޖީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު

12 ސެޕްޓެމްބަރު 2026
އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
11 ސެޕްޓެމްބަރު 2026

އޭއައި ބޭނުންކޮށްގެން ބަޔޮލޮޖިކަލް ހަތިޔާރާގުޅޭ ދިރާސާ ކުރި ކްލޯޑް އެކައުންޓުތަކެއް ބަންދުކޮށްފި

11 ސެޕްޓެމްބަރު 2026
އޭއައި ބޭނުންކޮށްގެން ބަޔޮލޮޖިކަލް ހަތިޔާރާގުޅޭ ދިރާސާ ކުރި ކްލޯޑް އެކައުންޓުތަކެއް ބަންދުކޮށްފި
27 އޯގަސްޓު 2026

އޭއައި އެހީގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި

27 އޯގަސްޓު 2026
އޭއައި އެހީގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި
19 އޯގަސްޓު 2026

ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!

19 އޯގަސްޓު 2026
ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
11 އޯގަސްޓު 2026

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026
ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި
07 އޯގަސްޓު 2026

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި

07 އޯގަސްޓު 2026
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

03 އޯގަސްޓު 2026
ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް