Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީސް

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026 | އަންގާރަ 07:56

ޕީޖީ އޮފީހުގެ ޚިދުމަތްތައް 2028 އާ ހަމައަށް ފުރިހަމައަށް ޑިޖިޓަލައިޒްކުރުމުގެ އަމާޒާއެކު، އޭއައި ބޭނުންކޮށްގެން "މަފިނި" ސިސްޓަމް ތަރައްޤީކޮށް ޤާނޫނީ ދިރާސާތަކާއި ލިޔެކިޔުންތައް އަވަސްކުރުމަށް ވަނީ ނިންމާފައި. މީގެ އިތުރުން، އޮންލައިންކޮށް ޚިދުމަތް ހޯދޭނެ "އީދޮރޯށި" ޕޯޓަލްއާއި ޖިނާއީ ނިޒާމުގެ އެންމެހައި ޤާނޫނުތަކާއި ކޯޓު ނިންމުންތައް ބަލާލެވޭ "ލެތުން" އެޕްލިކޭޝަން މިހާރު ވަނީ ތައާރަފުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2026 | އަންގާރަ 07:56
ރައީސް މުއިއްޒު، ޕީ.ޖީ.އޯ 2.0 އިފްތިތާހުކޮށްދެއްވައިފި

ރައީސް މުއިއްޒު، ޕީ.ޖީ.އޯ 2.0 އިފްތިތާހުކޮށްދެއްވައިފި | ރައީސް އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިސްތިރާޖީ ޕްރޮގްރާމް، "ޕީޖީއޯ 2.0" އިފްތިތާހު ކޮށްފި އެވެ. 

މި ޕްރޮގްރާމްތައް އިފްތިތާހު ކޮށްދެއްވީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އެވެ. 

Advertisement - newsAdvertisement

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަސައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަކީ، އިންސާނީ ހައްޤުތައް ކޮންމެ މަރުހަލާއެއްގައި ވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުން ކަމަށް އެ އޮފީހުން މައުލޫމާތު ދެ އެވެ. 

މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭއައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަ ކުރެ އެވެ. މީގެތެރޭގައި ޤާނޫނީ ލިޔެކިޔުންތައް ދިރާސާކުރުމާއި ދައުވާ ފޯމުތަކުގެ ޚުލާސާ އެކުލަވާލުމާއި އައިޑެންޓިޓީ ޗެކްކުރުމާއި ހެކިބަހާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މައުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެ އެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މައްސަލަތަކުގެ މައުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުގެ އަމިއްލަ ބިނާރުގަ އެވެ.

އޭއައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީނަމަވެސް، ކުށުގެ ދައުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެއްވާ ޚިދުމަތްތައް އޮންލައިންކޮށް ހޯއްދެވުމަށް އެ އޮފީހުން ތައްޔާރުކުރެއްވި "އީދޮރޯށި" އިފްތިތާހުކުރެއްވުމާއި، ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި އެންމެހައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން "ލެތުން" އިފްތިތާހުކުރެއްވުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އަލަށް ތައާރަފް ކުރި އޭއައި މޮޑެލްއަކީ ޕްރޮސިކިއުޓަރުން ނިންމާ ނިންމުންތަކުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، އެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ވަސީލަތެކެވެ.

ދައުވާ ކުރުމާ ގުޅޭގޮތުން ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ކުރިއެކޭ ވެސް އެއްފަދައިން ގާނޫނީ ގޮތުން ޝަރުތު ހަމަވާ ޕްރޮސިކިއުޓަރުންނެވެ. އޭއައިގެ އެހީތެރިކަން ޕްރޮސިކިއުޓަރުންނަށް ލިބިގެންދާނީ ލިޔެކިޔުންތައް ދިރާސާކުރުމުގައާއި، މައްސަލަތަކުގައި ހުންނަ ފުށުއެރުންތައް ދެނެގަތުމުގައާއި، ދިރާސާތައް ކުރުމުގެ އިތުރުން ތަކުރާރުކޮށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މަދުކުރުމުގަ އެވެ. ގާނޫނީ ގޮތުން ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ އިޚްތިޔާރު އަބަދުވެސް އޮންނާނީ ޕްރޮސިކިއުޓަރުންގެ އަތްމަތީގައިކަން އެ އޮފީހުން ފާހަގަ ކުރެ އެވެ.

 މި ނިޒާމަކަށް އަމިއްލައަށް ދައުވާ އުފުލުމެއް ނުވަތަ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަން ކަނޑައެޅުމެއް ފަދަ ކަންކަމެއް ނުކުރެވޭނެކަން ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕްރޮސިކިއުޓަރުންނަށް ލިބިދީފައިވާ ގާނޫނީ އިޚްތިޔާރުތަކުގެ ބަދަލުގައި މި ނިޒާމު ބޭނުން ނުކުރެވޭނެކަމަށާއި ބޭރުގެ އެއްވެސް އޭއައި ފޯރުކޮށްދޭ ފަރާތަކަށް ޕްރޮސިކިއުޝަންގެ ނިންމުންތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށް ވެސް އެ އޮފީހުން ބުނެ އެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ޕްރޮސިކިއުޝަނާ ގުޅޭ އެންމެހާ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ ބާރު ހިނގާ އިންފްރާސްޓްރަކްޗަރގެ ތެރޭގަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްޕީޖީއޯ 2.0އާޓިފިޝަލް އިންޓެލިޖެންސްމަފިނި

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި

07 އޯގަސްޓު 2026
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

03 އޯގަސްޓު 2026
ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ
03 އޯގަސްޓު 2026

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

03 އޯގަސްޓު 2026
އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
28 ޖުލައި 2026

އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟

28 ޖުލައި 2026
އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟
25 ޖުލައި 2026

ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ

25 ޖުލައި 2026
ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ
19 ޖުލައި 2026

ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި

19 ޖުލައި 2026
ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި
15 ޖުލައި 2026

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި

15 ޖުލައި 2026
އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި
12 ޖުލައި 2026

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026
ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް