Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުއާޓިފިޝަލް އިންޓެލިޖެންސް

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި

7 އޯގަސްޓު 2026 | ހުކުރު 06:15

އެމެރިކާގެ ދިރާސާވެރިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އާ ވައިރަސްތަކެއް އުފެއްދިކަން އިއުލާންކޮށްފައިވާއިރު، މިއީ ސައިންސްގެ ދާއިރާއިން ހޯދި މިފަދަ ފުރަތަމަ ކާމިޔާބީ. މީގެ ސަބަބުން ބަލިތަކަށް ފަރުވާ ދިނުމުގައި އާ އުންމީދުތަކެއް ލިބުނު ނަމަވެސް، މި ޓެކްނޮލޮޖީގެ ނުރައްކާތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފައި

ރާއްޖެ އެމްވީ | 7 އޯގަސްޓު 2026 | ހުކުރު 06:15
އެޗް.އައި.ވީ އަށް އިންސާނާގެ ދިފާއީ ނިޒާމު އިޖާބަދޭ ގޮތާ ގުޅޭގޮތުން ސައިންސްވެރިން ދިރާސާ ކުރަނީ

އެޗް.އައި.ވީ އަށް އިންސާނާގެ ދިފާއީ ނިޒާމު އިޖާބަދޭ ގޮތާ ގުޅޭގޮތުން ސައިންސްވެރިން ދިރާސާ ކުރަނީ | ގެޓީ އިމޭޖަސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސައިންސްވެރިން ގުދުރަތީގޮތުން ނުހުންނަ މުޅިން އައު ވައިރަސްތަކެއް އުފައްދައިފި ކަމަށް ހާމަ ކޮށްފި އެވެ.

އެމެރިކާގެ ދިރާސާކުރާ ފަރާތްތަކުން އޭއައި ބޭނުންކޮށްގެން 16 ވައިރަހެއް އުފައްދާފައިވާ ކަމަށް ބުނެފައިވާއިރު، މީގެ ސަބަބުން ބަލިތަކަށް ފަރުވާ ހޯދުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު އާވެ، ނުބައި މަގުން މިކަން ބޭނުންކޮށްފާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ. 

"ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ހޯދުންތަކުގައި ސްޓެންފޯޑް ޔުނިވާސިޓީ އާއި އެމްއައިޓީ އަދި ހާވާޑްގެ ބްރޯޑް އިންސްޓިޓިއުޓްގެ ދިރާސާވެރިން ބުނެފައިވަނީ، ބެކްޓީރިއާއަށް ހަމަލާދޭ ވައިރަހެއް ކަމަށްވާ "ފޭޖް" ނަމޫނާއަކަށް ބަލައިގެން އޭއައި މެދުވެރިކޮށް އެތައް ހާސް ޖީނޯމެއް އުފައްދާފައިވާ ކަމަށެވެ. ދިރާސާވެރިން ވަނީ ކެމިކަލް ބޭނުންކޮށްގެން މީގެ ތެރެއިން ގާތްގަނޑަކަށް 300 ޖީނޯމް އުފައްދައި ލެބޯޓްރީގައި ޓެސްޓުކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ހޯދުންތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން 16 ވައިރަހަކީ ދިރިހުރުމުގެ ގާބިލުކަން ލިބިފައިވާ ވައިރަސްތަކެކެވެ.

ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭއައި ބޭނުންކޮށްގެން އުފެއްދި މި ވައިރަސްތަކަކީ ގުދުރަތީ ގޮތުން ހުންނަ ވައިރަސްތަކަށްވުރެ ބާރުގަދަކޮށް "އީ-ކޮލައި" ބެކްޓީރިއާ ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެހިތަކެކެވެ.

"އަޅުގަނޑުމެންގެ މި އުސޫލުގެ ސަބަބުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާނެ 'ފޭޖް ތެރަޕީ' އުފެއްދުމަށް މަގުފަހިވެގެންދާނެ. އަދި މިއީ މިއަށްވުރެ ބޮޑެތި އަދި އުނދަގޫ ޖީނޯމްތައް އުފެއްދުމަށް އެޅުނު ބިންގަލެއް،" ދިރާސާވެރިން "ސައިންސް" ޖާނަލްގައި ލިޔެފައިވެ އެވެ.

މި ދިރާސާގައި ބައިވެރިވި ބްރަޔަން ހައި އާއި ސެމިއުލް ކިންގް، މިކަމާ ގުޅޭގޮތުން މީޑިއާއަށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ދިރާސާގައި އަމަލީގޮތުން ބައިވެރިވެފައިނުވާ، ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް އައިޒަކް ބޮގޮޗް ވިދާޅުވީ، މި ހޯދުމުގެ ސަބަބުން އުންމީދުތަކަކާއެކު ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުރި ކަމަށެވެ. "އޭއައި ބޭނުންކޮށްގެން ފަރުމާކުރާ ވައިރަސްތަކުގެ ސަބަބުން، އެންޓިބަޔޮޓިކަށް ނުގުޑާ ބަލިތަކަށް ފަރުވާކުރުމަށް އާ މަގުތަކެއް ފެނިގެން ހިނގައިދާނެ،" ބޮގޮޗް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"ނަމަވެސް، ފުރިހަމައަށް މަސައްކަތްކުރާ ވައިރަސް އުފެއްދުމުގެ މި ގާބިލުކަން ނުރައްކާތެރި ބަލިތައް އުފެއްދުމަށް ބޭނުންކޮށްފިނަމަ، އެއީ ބަޔޯސެކިއުރިޓީއަށް އޮތް ބޮޑު ނުރައްކަލަކަށް ވެދާނެ. އެހެންކަމުން މި ޓެކްނޮލޮޖީއާއެކު ވަރުގަދަ އުސޫލުތަކާއި ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރަންޖެހޭ،" ބޮގޮޗް އިތުރަށް ވިދާޅުވި އެވެ. ސިޑްނީގެ ޔޫއެންއެސްޑަބްލިއު ސްކޫލް އޮފް ބަޔޯޓެކްނޮލޮޖީގެ ޕްރޮފެސަރު ފާތިމާ ވަފާއީ ވިދާޅުވީ، މި ދިރާސާގައި ބޭނުންކުރި ވައިރަސްތަކަކީ ހަމައެކަނި ބެކްޓީރިއާއަށް ހަމަލާދޭ އެއްޗެހި ކަމަށްވާތީ އިންސާނުންނަށް ސީދާ ނުރައްކަލެއް ނެތް ނަމަވެސް، މިކަމަށް ބޭނުންކުރި އުސޫލުތައް ނުރައްކާތެރި ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެހެންކަމުން މިއީ މިހާރު ވައިރަހަކާ މެދު އޮތް ކަންބޮޑުވުމަށްވުރެ ބޮޑަށް، އޭއައިއަށް މިފަދަ ކަންކަން ކުރެވޭކަން އެނގިގެންދިޔުން. އެހެންވެ ދިރާސާވެރިން މިހާރުވެސް ބަޔޯސެކިއުރިޓީ ވަރުގަދަކުރުމަށް ގޮވާލަމުންދަނީ،" ވަފާއީ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

މި ތާރީޚީ ކުރިއެރުން މި އައީ، އޭއައިގެ ގާބިލުކަން ހަލުވިކަމާއެކު އިތުރުވަމުންދާތީ، ނުބައި ނިޔަތެއްގައި މީހަކު ނުވަތަ އަމިއްލައަށް މަސައްކަތްކުރާ ސިސްޓަމަކުން ބޮޑު ގެއްލުމެއް ދީފާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގަ އެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ސިންތެޓިކް ޖީނޯމް އިންޖިނިއަރިންގެ މާހިރެއް ކަމަށްވާ ޓޮމް އެލިސް ވިދާޅުވީ، ސްޓެންފޯޑްގެ ދިރާސާވެރިންގެ ހޯދުންތަކަކީ "ސާބަސް ދޭންޖެހޭ" ކަމެއް ނަމަވެސް، މިއަށްވުރެ ބޮޑެތި ސެލްތަކާއި ވައިރަސްތަކުގެ ޖީނޯމް އުފެއްދުމާ އޭއައި އަދިވެސް އޮތީ ވަރަށް ދުރުގައިކަން މީގެން އެނގޭ ކަމަށެވެ.

"މި ފޭޖް ޖީނޯމަކީ ފަރުމާކޮށް އުފައްދަން އެންމެ ފަސޭހަ، އެންމެ ކުޑަ ޖީނޯމް. ފޭޖްތަކަކީ ވަރަށް އަވަހަށް ބަދަލުވެ، އާ ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން ހުންނަ އެއްޗެހި،" އެލިސް އަލްޖަޒީރާއަށް ވިދާޅުވި އެވެ.

"މިސާލަކަށް ބަލާނަމަ، ކޮވިޑް ވައިރަހުގެ ޖީނޯމް މިއަށްވުރެ ހަ ގުނަ ދިގު. އަދި މިއަށްވުރެ ބޮޑު އެއްޗެއް އުފެއްދުމުގެ އުނދަގޫކަން އެތައް ގުނައަކަށް އިތުރުވާނެ. އެހެންކަމުން ހަ ގުނަ ބޮޑު އެއްޗެއް އުފެއްދުން ގާތްގަނޑަކަށް 100 ގުނަ އުނދަގޫވާނެ،" އެލިސް ވިދާޅުވި އެވެ.

މި ދިރާސާގެ ސަބަބުން ބަޔޯސެކިއުރިޓީއަށް އަސަރުކުރި ނަމަވެސް، އޭއައި ބޭނުންކޮށްގެން އުފައްދާ ވައިރަސްތަކަށްވުރެ، ގުދުރަތީ ގޮތުން ހުންނަ ވައިރަސްތަކަށް ބަދަލު ގެނައުމަކީ މާ ބޮޑު އަދި މާ ކުއްލި ނުރައްކަލެއް ކަމަށް އެލިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގުދުރަތީ ގޮތުން އެތައް ނުރައްކާތެރި ވައިރަހެއް ހުއްޓާ، އޭއައި ބޭނުންކޮށްގެން އާ ވައިރަހެއް އުފެއްދުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

ސިންގަޕޫރުގެ އޭޝިއާ ސެންޓަރ ފޯ ހެލްތު ސެކިއުރިޓީގެ ޑައިރެކްޓަރު ހުސޫ ލީ ޔަންގް ވިދާޅުވީ، ވައިރަސްތައް މިއަށްވުރެ ނުރައްކާތެރި ކުރުމަށް އޭއައި ބޭނުންކުރެވިދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، މި ދިރާސާގެ ނުރައްކާ އޮތް މިންވަރު މާ ބޮޑުކޮށްލައިގެން ނުވާނެ ކަމަށެވެ.

"ސައިންސްގެ ކުޑަ ތަޖުރިބާއެއް ހުރި ކޮންމެ މީހަކަށް، އަމިއްލަ ގޭގައި ތިބެގެން ފުރާނަ ސަލާމަތްކުރާ ނުވަތަ ނުރައްކާތެރި ވައިރަސްތައް މިހާރު އުފެއްދޭނެއެކޭ ނޫން މި ބުނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވައިރަސް ފަރުމާކުރުމަށްފަހު ލެބޯޓްރީގައި އެ އުފެއްދުމަށް ބޭނުންވާ ވަސީލަތްތަކާއި ހުނަރަކީ އަދިވެސް ވަރަށް ބޮޑު އަދި ބަދަލުނުވާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، "މިއީ ފައިދާހުރި އަދި ހަމައެއާއެކު ކަންބޮޑުވާންޖެހޭ ކަމެއް. ދެ ގޮތަކަށް ބޭނުންކުރެވޭ މިފަދަ ދިރާސާތަކުގެ ހަގީގަތަކީ މިއީ،" ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސްވައިރަސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

03 އޯގަސްޓު 2026
ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
28 ޖުލައި 2026

އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟

28 ޖުލައި 2026
އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟
25 ޖުލައި 2026

ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ

25 ޖުލައި 2026
ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ
15 ޖުލައި 2026

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި

15 ޖުލައި 2026
އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި
12 ޖުލައި 2026

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026
ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި
09 ޖުލައި 2026

ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ

09 ޖުލައި 2026
ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ
08 ޖުލައި 2026

ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި

08 ޖުލައި 2026
ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް