Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުއާޓިފިޝަލް އިންޓެލިޖެންސް

އޭއައި އެހީގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި

27 އޯގަސްޓު 2026 | ބުރާސްފަތި 04:48

ލަންޑަނުގެ ހޮސްޕިޓަލެއްގައި އޭއައިގެ އެހީގައި ކުރި ސިކުނޑީގެ އޮޕަރޭޝަނެއްގައި، ނާޒުކު ނާރުތަކަށް ގެއްލުން ނުވާނެހެން ބަލިމީހެއްގެ ޓިއުމަރު ވަނީ ކާމިޔާބުކަމާއެކު ނަގައިފައި. އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ވީޑިއޯ ފީޑް ދިރާސާކޮށް އޭއައި ސިސްޓަމުން ސާޖަނުންނަށް އިރުޝާދު ދީފައިވާއިރު، މިއީ ބޭސްވެރިކަމުގެ ދާއިރާގައި ހޯދުނު ބޮޑު ކުރިއެރުމެއް. މި އޮޕަރޭޝަނަށްފަހު ބަލިމީހާގެ ފެނުމާއި ސިއްހީ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން

ރާއްޖެ އެމްވީ | 27 އޯގަސްޓު 2026 | ބުރާސްފަތި 04:48
ރީސް ހިބަޓްގެ ޓިއުމަރުގެ ސަބަބުން އޭނާގެ ފެނުން އެއްކޮށް ގެއްލުމުގެ ބިރު އޮތް

ރީސް ހިބަޓްގެ ޓިއުމަރުގެ ސަބަބުން އޭނާގެ ފެނުން އެއްކޮށް ގެއްލުމުގެ ބިރު އޮތް | ބީބީސީ

ދުނިޔޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ކުރި ސިކުނޑީގެ އޮޕަރޭޝަނެއްގައި، ބަލިމީހެއްގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފި އެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލުގެ ސާޖަނުން ވިދާޅުވި ގޮތުގައި، ބެޑްފޯޑްޝަޔަރަށް ނިސްބަތްވާ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ރީސް ހިބާޓް މި އޮޕަރޭޝަން ނުކުރި ނަމަ، އޭނާގެ ފެނުން މުޅިން ގެއްލުމުގެ ފުރުސަތު އޮތެވެ.

މި އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު، އޭއައި ޓޫލް ބޭނުންކޮށްގެން އޮޕަރޭޝަންގެ ވީޑިއޯ ފީޑް ވަގުތުން ދިރާސާކޮށް، ސިކުނޑީގެ ނާޒުކު ނާރުތަކާއި ލޭހޮޅިތަކަށް ގެއްލުން ނުވާނެހެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ސާޖަނުންނަށް ދީފައިވެ އެވެ. މީގެ ސަބަބުން، ސިކުނޑީގެ މުހިންމު ބައިތަކަށް ގެއްލުން ނުދީ، ޓިއުމަރުގެ ވީހާވެސް ބޮޑު ބައެއް ރައްކާތެރިކަމާއެކު ނެގުމުގެ ފުރުސަތު ޑޮކްޓަރުންނަށް ލިބުނެވެ.

"ބަލިމީހާގެ ރައްކާތެރިކަމުގެ ނަޒަރަކުން ބަލާއިރު، މީގެ ފައިދާ ވަރަށް ބޮޑަށް ފެންނަން އެބައޮތް. އަހަރެމެންގެ ބޮލުގައި ދާންވީ މަގު ދައްކައިދޭނެ ޗާޓުތަކެއް ނުހުރޭ،" ހިބާޓް ބުންޏެވެ.

ކަސްޓަމާ ސާވިސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 48 އަހަރުގެ ހިބާޓަކީ، މީގެ 18 މަސް ކުރިއާ ހަމައަށް ކޮންމެ ދުވަހަކު މެންދުރުގެ ބްރޭކް ގަޑީގައި ދެ މޭލަށް ހިނގަންދާ، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެކެވެ.

އޭނާ ހޭނެތިގެން މަގުމައްޗަށް ވެއްޓި، ފިޓް ޖެހެން ފެށީވެސް މިގޮތަށް ހިނގަން ގޮސް އުޅުމުގެ ތެރޭގަ އެވެ.

ސިކުނޑީގެ ސްކޭންތަކުން ދެއްކި ގޮތުގައި، އޭނާގެ ނޭފަތާ ދިމާލުން ސިކުނޑީގެ ތިރީގައިވާ، ގްލޭންޑެއް ކަމަށްވާ ޕިޓޫއިޓަރީ ގްލޭންޑްގައި 11 މިލިމީޓަރުގެ ކެންސަރު ނޫން ޓިއުމަރެއް ވަނީ އުފެދިފަ އެވެ.

މި ގްލޭންޑަކީ ހަށިގަނޑު ބޮޑުވުމާއި، މެޓަބޮލިޒަމް އަދި ލޭގެ ޕްރެޝަރާއި ހަށިގަނޑުގެ ހޫނުމިން ހިފެހެއްޓުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ހޯމޯންތައް އުފައްދައިދޭ ގުނަވަނެކެވެ.

މި ޓިއުމަރު އުފެދިފައިވަނީ ސިކުނޑިއަށް ލޭ ފޮނުވައިދޭ މުހިންމު ލޭހޮޅިތައް ކަމަށްވާ ކެރޮޓިޑް އާޓަރީތަކާއި، ފެނުން ކޮންޓްރޯލްކުރާ އޮޕްޓިކް ނާރުތަކާ ވަރަށް ކައިރީގަ އެވެ.

ހިބާޓްގެ ޓިއުމަރު ބޮޑުވެ، އޮޕްޓިކް ނާރުތަކަށް ފިއްތުންތައް ކުރިމަތިވާން ފެށުމާއެކު، އޭނާގެ ފެނުމުގެ ދާއިރާ ހަނިވާން ފެށި އެވެ.

ވަރަށް ބޮޑަށް ވަރުބަލިވެ ބޯއެނބުރުން

އޮޕަރޭޝަން ކުރަން ވަގުތުން މަޖުބޫރު ނުވި ނަމަވެސް، ހިބާޓް ތަންތަނުގައި އަޅައިގަނެގެން ވެއްޓުމާއި، މާބޮޑަށް ވަރުބަލިވެ ބޯއެނބުރުން ފަދަ އުނދަގޫތައް ކުރިމަތިވާން ފެށި އެވެ.

"ކައިވެނިކޮށްގެން ވީ 18 އަހަރުގެ ތެރޭގައި އަބަދުވެސް ހެނދުނު ހޭލައިގެން އަނބިމީހާއަށް ކޮފީ ތައްޔާރުކޮށްދެން. މި ޓިއުމަރުގެ ސަބަބުން އެކަން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވި،" ހިބާޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ބަލީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ނަފްސާނީ ގޮތުންނާއި އިހުސާސްތަކަށެވެ.

ޚާއްޞަ އޭއައި ޓޫލް ބޭނުންކޮށްގެން ކުރާ މި އޮޕަރޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ޑޮކްޓަރުން ދިނުމުން، އެކަމަށް އެއްބަސްވުމަށް އޭނާ ފަސްޖެހިފައެއް ނުވެ އެވެ.

"ބަލިމީހުން ދިރާސާތަކުގައި ބައިވެރިނުވާނަމަ، ޑޮކްޓަރުން އާ ކަންކަން ދަސްކޮށް، ބޭސްވެރިކަން ކުރިއަރާނީ ކިހިނެއް؟" އޭނާ ސުވާލުކުރި އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ނޭފަތުގެ ތެރެއިން، ކުޑަ ކެމެރާއެއް ހަރުކޮށްފައިވާ ހިމަ ހޮޅިއެއް (އެންޑޯސްކޯޕް) ލައްވައިގެން، ސިކުނޑީގެ ބުޑާ ހަމައަށް ވާސިލުވެގެންނެވެ.

އެ ހިސާބަށް ދިޔައިރު، ޓިއުމަރު ހުރީ ކައިރީގައި ނަމަވެސް، ކަށީގެ ފަށަލަތަކާއި ވަރުގަދަ ދުލިފަށެއްގެ ފަހަތުގައި ފޮރުވިފަ އެވެ.

ކޮންމެ އިންސާނެއްގެވެސް ހަށިގަނޑުގެ އެތެރޭގެ އުފެދުން ތަފާތުވުމާއެކު، ޓިއުމަރު ނެގުމަށް އެންމެ ރައްކާތެރި ދިމާ ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މިފަދަ އޮޕަރޭޝަންތަކުގައި ޓިއުމަރު އެއްކޮށް ނުނެގުމުގެ 25 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ފުރުސަތެއް އޮވެ އެވެ. އަދި މުހިންމު ލޭހޮޅިއަކަށް ގެއްލުންވުމުގެ 0.5 އިންސައްތައާއި 2 އިންސައްތައާ ދެމެދުގެ ނުރައްކަލެއް އޮވެ އެވެ.

އޭއައި ޓޫލްގެ ބޭނުންތެރިކަން ފެނިގެންދިޔައީ މި ހިސާބުންނެވެ.

'ސާޖިކަލް ޗެޓްޖީޕީޓީ'

އޮޕަރޭޝަން ތިއޭޓަރުގައި ހުރި ދެވަނަ ސްކްރީނަކުން، އޭއައި ޓޫލް ދިޔައީ ވަގުތުން ވީޑިއޯ ފީޑް ދިރާސާކޮށް، އޮޕަރޭޝަން ކުރަން ބޭނުންކުރާ ސާމާނުތައް ހުރި ދިމާ ބަލައި، ލޭހޮޅިތަކާއި ނާރުތައް ހުރުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ފާހަގަކޮށްދެމުންނެވެ. އަދި ޓިއުމަރު ނެގުމަށް އެންމެ ރައްކާތެރި ސަރަހައްދުތައްވެސް އެ ސިސްޓަމުން ދިޔައީ ދައްކައިދެމުންނެވެ.

މިއީ ފޯނުތަކުގައި ބޭނުންކުރާ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާ އެއްގޮތް ނަމަވެސް، މޫނުގެ ބަދަލުގައި މި ސިސްޓަމުން ދެނެގަންނަނީ ހަށިގަނޑުގެ އެތެރޭގެ މުހިންމު އަދި ފޮރުވިފައިވާ ގުނަވަންތަކެވެ.

އާންމުކޮށް އިނގިރޭސިވިލާތުގެ ސާޖަނަކު އަހަރަކު މިފަދަ 10 އާއި 20 އާ ދެމެދުގެ އޮޕަރޭޝަން ކުރާއިރު، އެ ފަރާތްތަކުން ބަރޯސާވަނީ އޮޕަރޭޝަންގެ ކުރިން ހަދާފައިވާ ސްކޭންތަކަށެވެ.

ނަމަވެސް، މި އޭއައި ސިސްޓަމް ތަމްރީނުކޮށްފައިވަނީ ޕިޓޫއިޓަރީ ޓިއުމަރު ނެގުމުގެ އެތައް ސަތޭކަ އޮޕަރޭޝަން ވީޑިއޯއެއް ބޭނުންކޮށްގެންނެވެ. ކޮންމެ ވީޑިއޯއެއްގައި ހުރި ލޭހޮޅިތަކާއި ނާރުތައް ވަކިވަކިން ފާހަގަކޮށް، އެންމެ މުހިންމު ބައިތައް "ދެނެގަތުމަށް" ސިސްޓަމަށް ވަނީ ދަސްކޮށްދީފަ އެވެ.

"މި ސިސްޓަމް ތަމްރީނުކޮށްފައިވަނީ ސާޖަނަކަށް އޭނާގެ މުޅި އުމުރުދުވަހު ފެންނާނެ ވަރަށްވުރެ ގިނަ އޮޕަރޭޝަންތައް ބޭނުންކޮށްގެން. މިއީ ތަޖުރިބާކާރު ދެވަނަ ލޮލެއްގެ އެހީތެރިކަން ލިބުން ފަދަ ކަމެއް،" އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ހާނީ މާކަސް ވިދާޅުވި އެވެ.

އަދި އެހެން އޭއައި ޓޫލްތަކާ ޚިލާފަށް، މިއީ ވަގުތުން ވަގުތަށް (ރިއަލް ޓައިމް) މަސައްކަތްކުރާ އެއްޗެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ޓީމުން ބުނާ ގޮތުގައި އޭއައި ޓޫލްއަކީ ހަމައެކަނި އެހީތެރިއެކެވެ. އޮޕަރޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ސާޖަނުންގެ އަތުގަ އެވެ.

ޕްރޮފެސަރު މާކަސް ވިދާޅުވި ގޮތުގައި، އެ ބޭފުޅުންގެ ދިގު މުއްދަތުގެ އަމާޒަކީ ސާޖަނުންނަށް ޚާއްޞަ 'ޗެޓްޖީޕީޓީ' އެއް ތަރައްޤީކުރުމެވެ. އޭރުން އޮޕަރޭޝަން ތިއޭޓަރުގައި އިތުރު ތަޖުރިބާކާރެއްގެ ލަފާ ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ ރިސާޗާއި ގޫގުލްގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މި ޓެކްނޮލޮޖީ ލެބޯޓްރީތަކުގައި ޓެސްޓުކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

އަސްލު އޮޕަރޭޝަނެއްގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބުނު ނަތީޖާއާ މެދު ޓީމުން ހިތްހަމަޖެހޭއިރު، މިހާރު ދަނީ މިއަށްވުރެ ބޮޑު ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންނެވެ.

'މިއީ އަހަރެންގެ ދިރިއުޅުން އަނބުރާ ލިބުން ފަދަ ކަމެއް'

"އޮޕަރޭޝަނަށްފަހު ލޯ ހުޅުވާލިއިރު، ހީވީ 360 ޑިގްރީއަށް ފެންނަން ފެށިހެން. ވޭތުވެދިޔަ އެއް އަހަރު ތެރޭގައި މިހާ ސާފުކޮށް ފެނިފައެއް ނުވޭ،" ހިބާޓް ބުންޏެވެ.

އޮޕަރޭޝަނަށްފަހު ވޭތުވެދިޔަ އަށް ހަފުތާގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް އޭނާގެ ފެނުން ރަނގަޅުވަމުންދާކަން އޭނާއަށް ފާހަގަކުރެވެ އެވެ.

"އަހަރެންގެ ހަކަތަވެސް މިހާރު އަނބުރާ ލިބިއްޖެ. އޮޕަރޭޝަންގެ ކުރިން ހުރި ހުރިހާ އުނދަގޫތަކެއް މިހާރު ވަނީ ފިލައިގޮސްފައި. މިއީ އަހަރެންގެ ދިރިއުޅުން އަނބުރާ ލިބުން ފަދަ ކަމެއް،" އޭނާ ބުންޏެވެ.

ހެލްތު އިނޮވޭޝަން މިނިސްޓަރު ޖޭމްސް ފްރިތު ވިދާޅުވީ، ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ދިރާސާއެއްގެ ތެރެއިން ރީސް ހިބާޓަށް "ދިރިއުޅުން ބަދަލުކޮށްލި އޮޕަރޭޝަނެއް" ކުރެވުމުން އުފާކުރައްވާ ކަމަށެވެ.

"އޭއައި ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ. އަދި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނަން. ނަމަވެސް، މިފަދަ އާ އީޖާދުތަކުން ލިބޭ ފުރުސަތުތަކުގެ ފައިދާވެސް އަޅުގަނޑުމެން ހޯދާނަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އާޓިފިޝަލް އިންޓެލިޖެންސްޔުނިވާސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލްސިއްހަތު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

25 އޯގަސްޓު 2026
އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
19 އޯގަސްޓު 2026

ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!

19 އޯގަސްޓު 2026
ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
11 އޯގަސްޓު 2026

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026
ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

10 އޯގަސްޓު 2026
ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
08 އޯގަސްޓު 2026

އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟

08 އޯގަސްޓު 2026
އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟
07 އޯގަސްޓު 2026

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި

07 އޯގަސްޓު 2026
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގުދުރަތީގޮތުން ނުހުންނަ ބާރުގަދަ އައު ވައިރަސްތަކެއް އުފައްދައިފި
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބޯބަން ވައިރަސް ބަލި ނިއުޔޯކުން ފެނިއްޖެ

03 އޯގަސްޓު 2026
ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބޯބަން ވައިރަސް ބަލި ނިއުޔޯކުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް