Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެފްރިކާ

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026 | ހުކުރު 13:10

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބޭނުންކުރި ޗާޓެއްގައި އެފްރިކާގެ ގައުމުތައް ނުބައި ސަރަހައްދުތަކުގައި ފާހަގަކޮށްފައިވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަވަސްއަރުވާލައިގެން އެ ޗާޓު ތައްޔާރުކުރުމުން. މި ގޯހުގެ ޒިންމާ އެމެރިކާ ސަރުކާރުން އުފުލާފައިވާއިރު، މިއީ އެ ގައުމުގެ އިސްވެރިންގެ ފަރާތުން ޖިއޮގްރަފީއާ ގުޅޭ މިފަދަ އޮޅުންތަކެއް އެރި ފުރަތަމަ ފަހަރެއް ނޫން.

ރާއްޖެ އެމްވީ | 31 ޖުލައި 2026 | ހުކުރު 13:10
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކުރި އެފްރިކާ ބައްރުގެ ކުރެހުމެއް ނުވަތަ މެޕެއްގައި ބޮޑެތި ގޯސްތަކެއް ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކުރި އެފްރިކާ ބައްރުގެ ކުރެހުމެއް ނުވަތަ މެޕެއްގައި ބޮޑެތި ގޯސްތަކެއް ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. | ރޮއިޓާސް

ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވި ބޮޑު ކޮންފަރެންސެއްގައި އެމެރިކާ ސަރުކާރުން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ބޭނުންކުރި ޗާޓެއްގައި، އެފްރިކާގެ ހުރިހާ ގައުމެއް ނުބައި ތަންތަނުގައި ފާހަގަކޮށްފައި އޮތްކަން ހާމަވުމާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ އެވެ.

މި ޗާޓު ދައްކާފައިވަނީ ރިއޯ ޑި ޖެނީރޯގައި ކުރިއަށްދިޔަ "އެއިޑްސް 2026" ކޮންފަރެންސްގައި، އެމެރިކާގެ ރައީސްގެ އެމަޖެންސީ ޕްލޭން ފޯ އެއިޑްސް ރިލީފް (ޕެޕްފާ) ބަލަހައްޓަވާ އެންމެ އިސް އޮފިޝަލް ޖެފް ގްރަހަމް އާދީއްތަ ދުވަހު ދެއްވި ޕްރެޒެންޓޭޝަނެއްގަ އެވެ. އެފްރިކާގެ ގައުމުތަކާއެކު ވޮޝިންޓަނުން ގާއިމުކޮށްފައިވާ ސިއްހީ އެހީގެ އާ އެއްބަސްވުންތަކާ ގުޅޭގޮތުން ބޭއްވި މި ސެޝަންގައި ބޭނުންކުރި ޗާޓުގައި ފާހަގަކޮށްފައިވާ ހަ ގައުމުވެސް އޮތީ ނުބައި ސަރަހައްދުތަކުގަ އެވެ.

މިގޮތުން ހުޅަނގު އެފްރިކާގެ އައްސޭރިފަށުގެ ގައުމެއް ކަމަށްވާ ނައިޖީރިއާ ސަހާރާ ސަރަހައްދަށް ބަދަލުކޮށް، އެއީ ވަށައިގެން ބިން އޮތް ގައުމެއްގެ ގޮތުގައި ދައްކާފައިވާއިރު، އެފްރިކާގެ އިރުދެކުނުގައި އޮންނަ މޮޒަމްބީކް ވަނީ "ހޯން އޮފް އެފްރިކާ" ސަރަހައްދަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން އައިވަރީ ކޯސްޓް (ކޯ ޑިވުއާ) ބައްރުގެ އަނެއް ބިތުގައި އޮތް އިރު، ކެމަރޫން، މަލާވީ އަދި ޔުގެންޑާގެ ބޯޑަރުތަކާއި އެ ގައުމުތައް އޮތް ތަންތަންވެސް އޮތީ ނުބައިކޮށެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޗާޓު ދިރާސާކުރިއިރު އޭގައިވާ ވޯޓާމާކުން އެނގޭ ގޮތުގައި މިއީ އޯޕަން އޭއައި (OpenAI) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޗާޓެކެވެ. އެ ކުންފުންޏާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ބޮޑު ގޯހުގެ ސަބަބުން އުފެދުނު އޮޅުންތަކަށާއި، އެފްރިކާގެ ބައިވެރިންނަށް ކަންކަން އޮޅޭގޮތަށް މައުލޫމާތު ހުށަހެޅުނު ކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބުރާސްފަތި ދުވަހު ވިދާޅުވީ، މިއީ "އެއިޑްސް 2026" ކޮންފަރެންސްގައި ޕްރެޒެންޓޭޝަން ދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޓީމުގެ މެންބަރަކު އަވަސްއަރުވާލައިގެން ސްލައިޑްތަކަށް ބަދަލު ގެނައުމުގެ ތެރޭގައި ހިނގި ހިތާމަވެރި ގޯހެއް ކަމަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރީ އެއިޑްސްއާ ދެކޮޅަށް މަސައްކަތްކުރާ އެމިލީ ބާސް އެވެ. އޭނާ ސިފަކުރި ގޮތުގައި އެ ސްލައިޑަކީ "އެފްރިކާގެ ބައިވެރިންނަށް ކުރި އިހުތިރާމް ކުޑަ އަމަލެއް" ކަމަށެވެ. އެޓްލާންޓިކް ކައުންސިލްގެ އާޓިފިޝަލް އިންޓެލިޖެންސް އަދި ޖިއޯޕޮލިޓިކްސް މާހިރެއް ކަމަށްވާ މެޓް ޕެޓިޓް ވިދާޅުވީ، އެ ޗާޓު ތައްޔާރުކޮށް އަދި ފާސްކުރި ބަޔަކަށް އެފްރިކާގެ ގައުމުތައް ހުރި ތަންތަން ނޭނގޭ ކަމަށާއި، އެކަން ޗެކްކޮށްލުމުގެ ޝައުގުވެރިކަމެއްވެސް އެމީހުންގެ ނެތް ކަމަށެވެ.

މި ޕްރެޒެންޓޭޝަނަކީ ވޮޝިންޓަނުގެ "އެމެރިކާ ފަސްޓް ގްލޯބަލް ހެލްތު ސްޓްރެޓެޖީ" އާ ގުޅޭގޮތުން ހުށަހެޅި ޕްރެޒެންޓޭޝަނެކެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު އަލުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އުވާލައި، ބޭރު ގައުމުތަކަށްދޭ އެހީގެ ނިޒާމަށް ގެނައި ބޮޑު ބަދަލުގެ ދަށުން ތައާރަފްކުރި ސިޔާސަތެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި 34 ގައުމަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެމެރިކާގެ އެހީގެ ގޮތުގައި 14.3 ބިލިއަން ޑޮލަރު އަދި އެހީ ލިބޭ ގައުމުތަކުގެ ސަރުކާރުތަކުން 9.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިމެނެ އެވެ. ނަމަވެސް، އެފްރިކާގެ ބައެއް ގައުމުތަކުން ވަނީ މި މަޝްރޫއަށް ހުރަސް އަޅާފަ އެވެ. އެގޮތުން ގާނާ އާއި ޒިމްބާބުވޭ އިން ވަނީ ސިއްހީ މައުލޫމާތު ހިއްސާކުރުމަށް އެމެރިކާއިން ކުރި ޝަރުތުތަކާ ހެދި އެއްބަސްވުންތައް ގަބޫލުނުކޮށްފަ އެވެ. އަދި ޒެމްބިއާ އިން މެއި މަހު ވަނީ މައުލޫމާތު ހިއްސާކުރުމުގެ މާއްދާތަކާއި، ސިއްހީ އެހީއާއި މުހިންމު މިނަރަލްތަކުގެ ވިޔަފާރި ގުޅުވުމަށް ވޮޝިންޓަނުން ކުރި މަސައްކަތާ ހެދި މަޝްވަރާތައް މެދުކަނޑާލާފަ އެވެ. ކެންޔާއިން ޑިސެމްބަރު މަހު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އަމިއްލަ މިނިވަންކަމާއި ގާނޫނުއަސާސީއާ ގުޅޭ ކަންބޮޑުވުންތަކާ ހެދި އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ ގާނޫނީ ގޮތުން ހުރަސްތަކާ ކުރިމަތިވެފަ އެވެ.

މިއީ އެމެރިކާގެ ސަރުކާރަކުން ޖިއޮގްރަފީގެ ގޮތުން މިފަދަ ބޮޑު ގޯހެއް ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް އެފްރިކާގެ ލީޑަރުންނާ މުހާތަބު ކުރެއްވިއިރު، ނެމީބިއާގެ ނަން ދެ ފަހަރެއްގެ މަތިން ވިދާޅުވީ "ނެމްބިއާ" ގެ ގޮތުގަ އެވެ. އަދި 2022 ވަނަ އަހަރު ވައިޓް ހައުސްގެ ރަސްމީ ޓްރާންސްކްރިޕްޓްތަކުން ދައްކާ ގޮތުގައި، ނޮމް ޕެންގައި ބޭއްވި އާސިއާން ސަމިޓްގެ ތެރޭގައި ސަމިޓު ބޭއްވި ގައުމަށް ޝުކުރު އަދާކުރައްވަމުން، ކެމްބޯޑިއާގެ ބަދަލުގައި ޖޯ ބައިޑަން ވިދާޅުވީ ކޮލަމްބިއާގެ ނަމެވެ.

އެފްރިކާޑޮނަލްޑް ޓްރަމްޕްއޯޕަންއޭއައިއެއިޑްސް 2026އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

31 ޖުލައި 2026
ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި

28 ޖުލައި 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި
28 ޖުލައި 2026

އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟

28 ޖުލައި 2026
އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟
28 ޖުލައި 2026

އިސްރާއީލް އާއި ލުބުނާންއާ ދެމެދު ބާއްވާ ދެ ވަނަ ބުރުގެ މަޝްވަރާތައް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އިޓަލީގައި

28 ޖުލައި 2026
އިސްރާއީލް އާއި ލުބުނާންއާ ދެމެދު ބާއްވާ ދެ ވަނަ ބުރުގެ މަޝްވަރާތައް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އިޓަލީގައި
28 ޖުލައި 2026

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި

28 ޖުލައި 2026
ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް