Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮނަލްޑް ޓްރަމްޕް

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

3 އޯގަސްޓު 2026 | ހޯމަ 10:18

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ އާދަޔާޚިލާފު ގިނަ ފޮޓޯތަކެއް "ޓްރޫތް ސޯޝަލް" ގައި ހިއްސާކުރައްވައިފި. މި ފޮޓޯތަކުގެ ތެރޭގައި އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި ހުރި ފޮޓޯތަކުގެ އިތުރުން، ސިޔާސީ ވާދަވެރިންނަށް މަލާމާތްކޮށްފައިވާ ޕޯސްޓްތަކާއި އެމެރިކާގެ ސަރަހައްދު ފުޅާކުރުމާ ގުޅޭ ޚިޔާލީ މަންޒަރުތައް ހިމެނޭ. މިއީ އަމިއްލަ ނަފްސަށް ތައުރީފުކުރުމާއި ސިޔާސީ މެސެޖުތައް ފެތުރުމަށް ޓްރަމްޕް އާދަވެގެން ކުރައްވާ ކަމެއް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 10:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" މެދުވެރިކޮށް ޕޯސްޓް ކުރައްވާފައިވާ އޭއައި އިމޭޖެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" މެދުވެރިކޮށް ޕޯސްޓް ކުރައްވާފައިވާ އޭއައި އިމޭޖެއް | ޓްރުތް ސޯޝަލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަފްތާ ބަންދުގައި ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތުތައް ހޭދަކުރެއްވީ، އޭނާއަށް އާދަވެފައިވާ ފަދައިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ އާދަޔާޚިލާފު ފޮޓޯތަކެއް "ޓްރޫތް ސޯޝަލް" ގައި ހިއްސާކުރެއްވުމުގަ އެވެ.

އުމުރުން 80 އަހަރުގެ ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. މި ޕޯސްޓްތަކުގެ ތެރޭގައި އޭނާ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީގެ ސިފައިގައި ހުރި ފޮޓޯތަކާއި، ސިޔާސީ ވާދަވެރިންނަށް މަލާމާތްކޮށްފައިވާ ޕޯސްޓްތަކުގެ އިތުރުން، "އާކް ޑި ޓްރަމްޕް" ގެ ނަމުގައި ބިނާއެއް ފަރުމާކޮށްފައިވާ ފޮޓޯތަކާއި، ވެނެޒުއޭލާ އާއި ގްރީންލޭންޑަކީ އެމެރިކާގެ ތަންތަން ކަމަށް ދޭހަވާ ފަދަ ފޮޓޯތައް ހިމެނެ އެވެ.

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް | ޓްރުތް ސޯޝަލް

ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުފަހާ ހަމައަށް ރައީސް ޓްރަމްޕް ޖުމްލަ 43 ޕޯސްޓް ކުރައްވާފައިވާއިރު، މީގެ ތެރޭގައި އެހެން މީހުންގެ ޕޯސްޓްތައް ރީޕޯސްޓް ކުރުމާއި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ އަމިއްލަ ފޮޓޯތައް ހިމެނެ އެވެ.

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް | ޓްރުތް ސޯޝަލް

އެ ދުވަހު އޭނާ ކުރެއްވި އެންމެ ފާހަގަކޮށްލެވޭ ޕޯސްޓަކީ، އެލްވިސް ޕްރެސްލީ ލައިއުޅޭ ފަދަ ހެދުމެއްގައި، މޭމަތި ހާމައަށް ހުއްޓާ ފެންނަ ފޮޓޯއެކެވެ. މި ފޮޓޯގައި އޭނާގެ ކައިރީގައި ޖަވާހިރު ޖަހާފައިވާ ބޮޑު ބާޒެއް އިންނަ އިރު، މި ފޮޓޯ ހިއްސާކުރެއްވީ އެއްވެސް ސުރުޚީއެއް ނުވަތަ އިތުރު ތަފްސީލެއް ނެތި އެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ އޭނާގެ އުމުރުން ދުވަސްވަމުންދާ ދިއުމާ ގުޅޭގޮތުން އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދުމުގެ ގޮތުންވެސް ބައެއް ފޮޓޯތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެއް ފޮޓޯއެއްގެ ސުރުޚީގައި "ރައީސް ޓްރަމްޕްގެ އުމުރު ދަނީ ފަހަތަށް!" މިހެން ލިޔުއްވާފައިވާއިރު، އަނެއް ޕޯސްޓެއްގައި މިހާރުގެ ޓްރަމްޕާއި ޒުވާން ދުވަސްވަރުގެ ޓްރަމްޕްގެ ފޮޓޯއެއް ޖެހުމަށްފަހު، "އެކަކު، އެކަމަކު މިހާރު ހަކަތަ މާ ގަދަ!" މިހެން ލިޔުއްވާފައިވެ އެވެ.

އެއް ޕޯސްޓެއްގައި ރައީސް ޓްރަމްޕް އަމިއްލަ ނަފްސަށް ނިސްބަތްކުރައްވައި ތިންވަނަ މީހެއްގެ ގޮތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، "ރައީސް ޓްރަމްޕް އަޅުގަނޑުމެންގެ ގައުމު އިސްލާހުކުރާ ފަދައިން، އަޅުގަނޑުމެންގެ ފުރިހަމަ ވައިޓް ހައުސްވެސް ދަނީ އިސްލާހުކުރަމުން" ކަމަށެވެ. އަދި ސްޓޯމީ ޑެނިއަލްސްއަށް ފައިސާ ދިން މައްސަލައިގައި 34 ދައުވާއެއް ސާބިތުވެފައި ވަނިކޮށް، 2024 ވަނަ އަހަރުގެ މެއި މަހު މެންހަޓަން ކޯޓަށް ވަޑައިގެންނެވި ފޮޓޯއެއް ހިއްސާކުރައްވައި "އޮންލީ ޓްރަމްޕް" (ހަމައެކަނި ޓްރަމްޕް) އޭ ލިޔުއްވާފައިވެ އެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެހެން ފޮޓޯއެއްގައި ޓްރަމްޕް ފެންނަނީ އެމެރިކާގެ އިންގިލާބީ ހަނގުރާމައިގެ ޖެނެރަލެއްގެ ގޮތުގައި ސިފައިން ގޮވައިގެން ހަނގުރާމައަށް ނުކުންނަވަނިކޮށެވެ. ނަމަވެސް ހަގީގަތަކީ، ޒުވާން ދުވަސްވަރު ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ފަސް ފަހަރެއްގެ މަތިން ޓްރަމްޕް ވަނީ އަސްކަރިއްޔާގައި ޚިދުމަތް ކުރުމުން ބަރީއަވެވަޑައިގެންފަ އެވެ.

އަދި ވޮޝިންގޓަން ޑީސީގައި ބިނާކުރުމަށް އޭނާ ވަކާލާތުކުރާ ބޮޑު ބިނާއެއްގެ ކުރެހުމެއް ހިއްސާކުރައްވަމުން، އެއީ "ޓްރިއަމްފަލް އާކް" ކަމަށާއި، އެތަނުގައި ރީތި ބުދުތަކާއި ކުރެހުންތައް ބެހެއްޓުމުގެ ކުރިން ފެންނާނެ ގޮތް ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެން ދެ ޕޯސްޓެއްގައި ޓްރަމްޕް ވަނީ އޭނާގެ ވާދަވެރިން ކަމަށް ބެލެވޭ ލަވަކިޔުންތެރިޔާ ބްރޫސް ސްޕްރިންގްސްޓީން އާއި ޑިމޮކްރެޓިކް ޕާޓީގެ އުއްމީދީ ސިޔާސީ ޝަޚުސިއްޔަތު ޖޭމްސް ޓަލަރިކޯގެ ސިފައަށް މަލާމާތްކޮށް ހަމަލާދީފަ އެވެ.

ބައިނަލްއަގުވާމީ ދުނިޔޭގެ ބޮޑު ދެކޮޅުވެރިކަމެއް އޮތް ނަމަވެސް، ވެނެޒުއޭލާ އާއި ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެނައުމުގެ ވިސްނުން އަދިވެސް ގެންގުޅުއްވާކަން ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ވެނެޒުއޭލާގެ މަތީގައި އެމެރިކާގެ ދިދަ ޖަހާފައިވާ ފޮޓޯއެއްގައި "51 ވަނަ ސްޓޭޓް" އޭ ލިޔުއްވާފައިވާއިރު، ގްރީންލޭންޑްގެ ފަރުބަދަތަކުގެ މަތިން ޓްރަމްޕް ބޯދިއްކޮށްގެން ހުންނަ ފޮޓޯއެއްގައި "ހެލޯ، ގްރީންލޭންޑް!" އޭ ލިޔުއްވާފައިވެ އެވެ.

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް | ޓްރުތް ސޯޝަލް

މީގެ އިތުރުން ވަކި މަގްސަދެއް ނެތް ފަދަ ގިނަ ޕޯސްޓްތަކެއް ޓްރަމްޕް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އަބްރަހަމް ލިންކަންއަށް ޚާއްސަ ދެ ޕޯސްޓަކާއި، ޖޯޖް ވޮޝިންގޓަން އާއި އޭނާގެ މޫނު އެއްކޮށްލާފައިވާ ފޮޓޯއެއްގެ އިތުރުން، "ޓްރަމްޕް 2028" ގެ ޕޯސްޓަރެއް ހިއްސާކުރެއްވި އެވެ.

އަދި މިދިޔަ މެއި މަހު އޭނާ ފުރަތަމަ ފަހަރަށް ހިއްސާކުރި، ކަސްތަޅު އަޅުވާފައިވާ އޭލިއަންއަކާއެކު އޭނާ ހިނގާފައިދާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯއެއްވެސް އަލުން ހިއްސާކުރެއްވި އެވެ.

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް

ޓްރަމްޕް އެނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޕޯސްޓް ކުރައްވާފައިވާ އޭއައި ޖެނެރޭޓެޑް އިމޭޖެއް | ޓްރުތް ސޯޝަލް

އުމުރުން ދުވަސްވަމުންދާ ރައީސް ޓްރަމްޕް "ޓްރޫތް ސޯޝަލް" ގައި މިފަދަ އާދަޔާޚިލާފު ޕޯސްޓްތައް ކުރުމަކީ މިހާރު އޭނާގެ އާދައަކަށް ވަނީ ވެފަ އެވެ. މިފަދަ މާނައެއް ނެތް ފޮޓޯތައް އުފައްދައި އާންމުކުރުމަކީ އޭނާ އުފާކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. 

ޑޮނަލްޑް ޓްރަމްޕްޓްރުތު ސޯޝަލްއާޓިފިޝަލް އިންޓެލިޖެންސްއެލްވިސް ޕްރެސްލީވެނެޒުއޭލާގްރީންލޭންޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

31 ޖުލައި 2026
ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
30 ޖުލައި 2026

އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ

30 ޖުލައި 2026
އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް