ޗައިނާއިން ހަތް ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވައިފި
25 އޯގަސްޓު 2026 | އަންގާރަ 14:30ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ތައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން އުދުއްސާލި މި ރޮކެޓްގައި ހިމެނޭ ހަތް ސެޓެލައިޓްވެސް މިހާރު ވަނީ ކަނޑައެޅިފައިވާ އޯބިޓަށް ވާސިލުވެފައި. މިއީ ލޯންގް މާޗް ސީރީޒްގެ ކެރިއަރ ރޮކެޓްތައް ފަޒާއަށް ފޮނުވުމަށް އެ ގައުމުން ކުރިއަށްގެންދިޔަ 665 ވަނަ މިޝަން
މި ރޮކެޓް އުދުއްސާލީ ޗައިނާގެ ޓައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން | ޒިންހުއާ
ޗައިނާއިން އަންގާރަ ދުވަހު "ލޯންގް މާޗް-6ސީ" މަރުކާގެ ރޮކެޓެއްގައި ހަތް ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާގެ ތެރެއަށް ފޮނުވާލައިފި އެވެ.
ޗައިނާގެ އުތުރުގައި އޮންނަ ޝަންޒީ ޕްރޮވިންސްގެ ތައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން، ބެއިޖިންގް ގަޑިން ހެނދުނު 11:21 ގައި މި ރޮކެޓް އުދުއްސާލާފައިވާއިރު، މި ހަތް ސެޓެލައިޓްވެސް މިހާރު ވަނީ ކަނޑައެޅިފައިވާ އޯބިޓަށް ވާސިލުވެފަ އެވެ.
ތައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި، މިއީ ލޯންގް މާޗް ސީރީޒްގެ ކެރިއަރ ރޮކެޓްތައް ފަޒާއަށް ފޮނުވުމަށް ކުރިއަށްގެންދިޔަ 665 ވަނަ މިޝަނެވެ.









