Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި

21 އޯގަސްޓު 2026 | ހުކުރު 13:19

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތީގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ބުނެ ޗައިނާއިން އެކަމާ ދެކޮޅު ހަދައިފި. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އދ. ގެ ހުއްދައެއް ނެތި ގައުމުތަކުން އަމިއްލައަށް އަޅާ ފިޔަވަޅުތައް ބަލައިނުގަނެވޭނެ ކަމަށާއި، މި މައްސަލަ ހައްލުކުރަންޖެހޭނީ ސިޔާސީ އަދި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކަމަށް

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 13:19
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން، ބެއިޖިންގްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން، ބެއިޖިންގްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ | ގެޓީ އިމޭޖަސް

އީރާނުގެ އިގްތިސާދު އެކަހެރިކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް ވޮޝިންޓަނުން ގޮވާލާފައިވަނިކޮށް، އެމެރިކާގެ "ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކުން" މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ނުލިބޭނެ ކަމަށް ޗައިނާއިން ހުކުރު ދުވަހު ބުނެފި އެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަ މަސްދުވަސް ފުރެން ގާތްވެފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ސަރުކާރު "އިނދަޖައްސާލާނެ" ކަމަށް ބުނެ އިންޒާރުދީފަ އެވެ. ނަމަވެސް ތެހެރާނުން ވަނީ އެމެރިކާގެ މި އަމަލުތަކަކީ "އިގްތިސާދީ ޓެރަރިޒަމް" ކަމަށް ސިފަކޮށް، އެ މަސައްކަތްތައް ނާކާމިޔާބުވާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ހުކުރު ދުވަހު ވިދާޅުވީ، "ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކުގެ ސަބަބުން މައްސަލަ ހައްލުކުރުމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭނެ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުން ޒިންމާދާރު ފިޔަވަޅުތައް އަޅައި، ސިޔާސީ އަދި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން މައްސަލަ ހައްލުކުރުމަށް ޗައިނާއިން ގޮވާލާ ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ތާއީދުކުރައްވައި ވާހަކަދައްކަވާފަ އެވެ.

އީރާނާ ދެކޮޅަށް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމަށް ޗައިނާއަށް އެމެރިކާއިން ފިއްތުންތައް ކުރިމަތިކުރާނެތޯ ސީއެންބީސީން ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، "ގިނަ މަޝްވަރާތަކަކީ ސިއްރުން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަންކަން" ކަމަށެވެ. އެއާއެކު އެމެރިކާގެ މި ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރުމަށް އޭނާ ވަނީ ބެއިޖިންއަށް ގޮވާލައްވާފަ އެވެ.

ބެސެންޓްގެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ތަރުޖަމާނު ލިން ވަނީ ހަނގުރާމަ ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުން "ޒިންމާދާރު ފިޔަވަޅުތައް" އެޅުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފަ އެވެ.

ލިން ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިނުވާ އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައެއް ނެތި، ގައުމަކުން އަމިއްލައަށް އަޅާ ގާނޫނާ ހިލާފު ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާއިން ދެކޮޅު ހަދާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާޗައިނާސްކޮޓް ބެސެންޓްއިގްތިސާދީ ފިޔަވަޅުތައްޗައިނާ-އީރާން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި

21 އޯގަސްޓު 2026
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
21 އޯގަސްޓު 2026

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

21 އޯގަސްޓު 2026
އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް
21 އޯގަސްޓު 2026

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026
ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު
21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

20 އޯގަސްޓު 2026
ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް