Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ

9 އޯގަސްޓު 2026 | އާދީއްތަ 13:14

މި އަހަރު ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން "ޑޮލްފިން" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ. މި ތޫފާނުގެ ސަބަބުން ވައިގެ ދަތުރުފަތުރަށާއި ބަނދަރުތަކުގެ ޚިދުމަތަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ނެރެފަ

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 13:14

ޗައިނާގެ ޝަންހާއީއަށް ބާރުގަދަ ތޫފާން "ޑޮލްފިން" ގެ އަސަރުކޮށް، ބޯކޮށް ވާރޭވެހުމާއެކު އެ ސިޓީގެ ބޮޑު ބަޔަކަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއްޖެ | ސޯޝަލް މީޑިއާ

މި އަހަރު ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ "ތޫފާން ޑޮލްފިން" އާދީއްތަ ދުވަހު އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް އަރައިފި އެވެ. މި ތޫފާނާއެކު ބޯކޮށް ވާރޭވެހި، ބާރުގަދަ ވައިޖެހެމުންދާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ނެރެފަ އެވެ.

މި ތޫފާން ޗައިނާއަށް އެރުމުގެ ކުރިން ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗާގެ މަތިން ދަތުރުކުރިއިރު، ހަ މީހަކަށް އެކިވަރުގެ އަނިޔާވެ، 50،000 އަށްވުރެ ގިނަ އިމާރާތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފަ އެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ތޫފާން ޑޮލްފިން އިރުމަތީ ޒޭޖިއަންގް ޕްރޮވިންސްގެ ޔޫހުއާން ސަރަހައްދަށް އަރާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު 5:30 (ޖީއެމްޓީން 09:30) ހާއިރު އެވެ.

ތޫފާން އެއްގަމަށް އެރި ވަގުތު، ވައި ހުރީ ސިކުންތަކު 42 މީޓަރު (ގަޑިއަކު 151 ކިލޯމީޓަރު) ބާރުމިނުގަ އެވެ. މިއީ ސަފީރު-ސިމްޕްސަން މިންގަނޑުން ބަލާއިރު ކެޓަގަރީ 1 ގެ ހަރިކޭނަކާ އެއްވަރުގެ ބާރުމިނެކެވެ.

ތޫފާނާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އުޅަނދުފަހަރު ބަނދަރުތަކަށް ވަނުމަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު އޮތް ސަރަހައްދުތަކުގެ އިތުރުން، އިމާރާތްކުރާ ސައިޓުތަކާއި ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން ބަލައި ފާސްކުރުން ވަނީ އިތުރުކޮށްފަ އެވެ.

ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ނުރައްކާ

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޒޭޖިއަންގް، ޝަންހާއީ، އުތުރު ފުޖިއަން، އިރުއުތުރު ޖިއަންގްޒީ، މެދުތެރޭ އަދި ދެކުނު އަންހުއީގެ އިތުރުން ޖިއަންގްސޫގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި މެދުތެރޭ އަދި އިރުމަތީ ޒޭޖިއަންގްގެ ބައެއް ސަރަހައްދުތަކަށް 250 އާއި 500 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހުން އެކަށީގެންވެ އެވެ.

ޗައިނާގެ ގައުމީ މޫސުމާ ބެހޭ މަރުކަޒުގެ ޗީފް ފޯކާސްޓަރު ވަންގް ހައިޕިންގް، ދައުލަތުގެ މީޑިއާ ސީސީޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތޫފާން ޑޮލްފިން އެއްގަމަށް އެރުމަށްފަހު ހުޅަނގަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޗައިނާގެ މެދުތެރެއާއި ހުޅަނގު ދެކުނު ސަރަހައްދުތަކަށް ދަތުރުކުރާއިރު ތޫފާނުގެ ބާރު މަޑުމަޑުން ދަށްވަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް ތޫފާން ދަތުރުކުރުމުގެ ސަބަބުން ބޯކޮށް ވާރޭވެހޭ ވަގުތު ދިގުލައިގެން ގޮސް، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ، ޚާއްސަކޮށް ފަރުބަދަމަތީ ސަރަހައްދުތަކާއި ކުދި ފެންކޯރުތައް ހިމެނޭ ސަރަހައްދުތަކުގައި އިތުރުވެގެންދާނެ އެވެ.

މި ތޫފާނުގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަހައްދުތަކުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، އެކި ސަރަހައްދުތަކުން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ހިއްސާކުރާ "ވެރީ ފްލައިޓް" އިން ހާމަކުރި ގޮތުގައި، ޝަންހާއީން އެކަނިވެސް 30,300 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އެ ސިޓީގެ 1,500 އެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

ގުއަންގްޑޮންގްއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފަތުރުވެރިއެއް ކަމަށްވާ ޗެން ބުނި ގޮތުގައި، އާދީއްތަ ދުވަހު ފުރަން އޮތް ފްލައިޓް ތޫފާން ޑޮލްފިންއާ ގުޅިގެން ކެންސަލްވުމުން އޭނާގެ އާއިލާ މިހާރު ތިބީ ޝަންހާއީގައި ތާށިވެފައެވެ.

އޭނާ އިތުރަށް ބުނީ، ހޯމަ ދުވަހުގެ ރޭ 10 ޖަހާއިރު ފުރާ ފްލައިޓަކުން މިހާރު ޖާގަ ލިބިފައިވީ ނަމަވެސް، އެ ފްލައިޓަށް ފުރޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށެވެ.

މީގެ އިތުރުން، އަވަށްޓެރި ޒޭޖިއަންގް ޕްރޮވިންސްގެ ވެންޒޯ ސިޓީން 900,000 އަށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، 1,000 އަށްވުރެ ގިނަ ކުއްލި އެހީގެ މަރުކަޒުތައް ވަނީ ހުޅުވާފަ އެވެ.

ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުޖިއަން ޕްރޮވިންސްގައި ތޫފާނުގެ ނުރައްކަލުގެ މިންވަރު "ލެވެލް 3" އަށް މަތިކުރުމަށްފަހު، ނުރައްކާ އޮތް ސަރަހައްދުތަކުން 98,900 މީހުން ވަނީ ބަދަލުކޮށްފަ އެވެ. ޒޭޖިއަންގް، ޝަންހާއީ އަދި ޖިއަންގްސޫގައި ވެސް މިހާރު ވަނީ ލެވެލް 3 ގެ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

ފުޖިއަންގެ ކަނޑުގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ބުނީ، އައްސޭރިފަށުގެ ފެރީގެ 55 ރޫޓެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، ކަނޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ އިމާރާތްކުރުމުގެ 115 މަޝްރޫއެއް ހުއްޓާލާފައިވާ ކަމަށެވެ. އަދި މަސައްކަތްކުރާ 290 އުޅަނދެއް ރައްކާތެރި ބަނދަރުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

ވޯޓާ ރިސޯސަސް މިނިސްޓްރީން ބުނި ގޮތުގައި، ގިއަންޓަންގް، ޔޮންގް، ޖިއާއޯ އަދި ޝުއިޔަންގް ފެންކޯރުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަހައްދުތަކުގެ ކުދި ފެންކޯރުތަކުގެ ފެންގަނޑު، ނުރައްކާތެރި މިންވަރަށް އުފުލިގެންދާނެ ކަމަށް ބެލެވެ އެވެ.

ޒޭޖިއަންގްގެ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ. އަދި ފަރުބަދަމަތިން ފެންގަނޑު އައުމުގެ ރަތް އިންޒާރު ނެރެފައިވާ ސަރަހައްދުތަކުގެ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކުން ހުސްވުމަށް ވަނީ އަންގާފަ އެވެ.

ޝަންހާއީގެ މެރިޓައިމް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ތޫފާން ޑޮލްފިން އެރުމުގެ ކުރިން ޔަންގްޝާން ބަނދަރުގައި ހުރި އުޅަނދުފަހަރު ވަނީ އެ ސަރަހައްދުން ނެރެފަ އެވެ. އަދި މެދު ސައިޒުގެ 500 އަށްވުރެ ގިނަ އުޅަނދު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމީ ބޮޑެތި ބަދަލުތައް އައުމުގެ ފުރުސަތު ވަނީ އިތުރުވެފަ އެވެ. މީގެ ތެރޭގައި މިހާރަށްވުރެ ބާރުގަދަ ތޫފާންތައް އުފެދުން ހިމެނެ އެވެ.

ތޫފާން ޑޮލްފިންޗައިނާޝަންގްހާއިދުނިޔޭގެ ހޫނުވުންކްލައިމެޓް ޗޭންޖްތޫފާން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި

08 އޯގަސްޓު 2026
ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
01 އޯގަސްޓު 2026

ރައީސް މިހާރު ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް

01 އޯގަސްޓު 2026
ރައީސް މިހާރު ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
27 ޖުލައި 2026

ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ތޫފާން "ނޯލް" ބާރުދެރަވެ ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވެއްޖެ

27 ޖުލައި 2026
ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ތޫފާން "ނޯލް" ބާރުދެރަވެ ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވެއްޖެ
25 ޖުލައި 2026

ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ

25 ޖުލައި 2026
ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް