Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ރައީސް މުއިއްޒުގެ ސަރުކާރު

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނިކޮށް ނޫސްވެރިންނަށް ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ވަޒީފާއިން އެއްވެސް މީހަކު ވަކިނުކުރާނެ ކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފަށް، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި. މިފަދަ ކަންކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ނަން ކިލަނބުވެ، ބޭރުގެ ޤައުމުތަކުގެ މަލާމާތް ރާއްޖެއަށް ރައްދުވަމުންދާ ކަމަށް ވެސް ޑީޑީ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 01:56
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ)، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ)، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ކިޔުން މަނާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމުގެ ޚަބަރު ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރި، ރާއްޖެއަށް ބޭރު މީހުންގެ މަލާމާތް ރައްދުވަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ، މިހާރު ރާއްޖޭން ބޭރަށް ދަތުރުކުރުމުން ބައެއް މީހުން ރާއްޖޭގެ ހާލަތާ މެދު ޖޯކުޖަހައި މަލާމާތް ކުރަމުންދާ ކަމަށެވެ. އަދި ވަކި ބާވަތެއްގެ ފަރުނީޗަރެއްގެ ނަން ކިޔުން ރާއްޖޭގައި މަނާވެފައިވާ ކަމުގެ ޚަބަރު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފެތުރިފައި އޮތުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު އަޅުގަނޑުމެން ބޭރު ގައުމުތަކަށް ދަތުރުކުރީމަ ބައެއް މީހުން ހަމަ ޖޯކުވެސް ހަދާ. މަލާމާތް ވެސް ކުރޭ. ދެރަވެސް ވޭއިނގޭތޯ. ހަމަ ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ރާއްޖޭގަ ކިޔުން މަނާ ހިސާބަށްގޮސްފަ އޮތް ކަމުގެ ހަބަރު މިހާރު ހަމަ ދުނިޔޭގެ އެކި ގައުމުތަކަށް ގޮސްފަ އޮތީ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ)

މި ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ޑީޑީ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވިސްނުންފުޅު ހުރީ މީޑިއާގައި ބޮޑުތަޅު އެޅުވުމަށް ކަމަށެވެ. އެގޮތުން މީޑިއާ ބިލެއް ފާސްކުރުމާއި، ލައިވް ޓީވީގައި ނޫސްވެރިން ސުވާލުކުރަނިކޮށް ހިފަހައްޓައި ބޭރަށް ނެރުމަށްފަހު، އެއީ ކުށްވެރިން ކަމަށް ކަނޑައަޅައި ޖަލަށްލަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ނަން ކިލަނބުވެ، ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމަށް ޑީޑީ ވިދާޅުވި އެވެ.

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
Raajje.mv

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މީގެ އިތުރުން، ރައީސް މުޢިއްޒު ކެމްޕޭން ތެރޭގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ގާތްގަނޑަކަށް ދުއިސައްތަ ފަހަރު ވައުދުވެވަޑައިގެންނެވި ނަމަވެސް، މިއަދު ފެންނަނީ ގަނޑުކޮށް މީހުން ވަޒީފާއިން ވަކިކުރަމުންދާ މަންޒަރު ކަމަށް ޑީޑީ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކެމްޕޭންތެރޭގަ އަޅުގަނޑު ހަނދާންވާގޮތުގަ ހަމަ މީ ސްޓެޓިސްޓިކްސްއެއް ބަލާލީމަ ފެންނަން އެބަހުރި ކަންނޭނގެ ހަމަ ދުއިސައްތަ ފަހަރު ވައުދުވެވަޑައިގެންނެވި، ވައުދެއް ދެއްތޯ. އެއްވެސް ކުންފުންޏަކުން، އެއްވެސް ސިޔާސީ މަގާމަކުން، އެއްވެސް ބޭފުޅަކު ވަކިނުކުރައްވާނެކަމަށް. އިނގޭތޯ. ހަމަ ވަރަށް ފާޅުކަންބޮޑުގޮތެއްގަ އެތައްކެއް މަރުހަލާތަކުގަ ދުއިސައްތަ ފަހަރު ވައުދުވެވަޑައިގެންނެވިކަމަށް އަޅުގަނޑުމެންނަށް މި މައުލޫމާތުތައް ފެންނަން އެބަހުރި އިނގޭތޯ ތާރީޚުން. އެހެންވީމާ މިއަދު އެކަމަކު މި ފެންނަނީ ހަމަ ގަނޑުކޮށް މީހުން ވަކިކުރަމުން ދާ މަންޒަރު. ގަނޑުކޮށް ތަންތަނަށް ބަދަލުކުރަމުން ދާ މަންޒަރު. ގަނޑުކޮށް މީހުންނާ ދޭތެރޭގައި ފިވަޅު އަޅަމުން ދާ މަންޒަރު.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ)

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކުންފުނިތަކުގެ ހަރުމުދަލަށް ގެއްލުން ދިނުމުން ނޫނީ މީހުން ވަކިނުކުރާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ވެސް ޑީޑީ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، މިހާރު ވަކިކުރަމުންދާ މީހުންނަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ނުވަތަ މުދަލަށް ގެއްލުން ދީފައިވާ ބަޔަކު ނޫން ކަމަށާއި، ރައީސް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!
Raajje.mv

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

ޑީޑީ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ ނަފުރަތު ރާއްޖެއަށް އަމާޒުވެ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރަމުންދާނެ އެވެ.

ޑރ. އިބްރާހިމް ދީދީޕްރެސް ފްރީޑަމްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

27 ޖޫން 2026
މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު