Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

ރައީސް މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ އާއި ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ގޯސްވަމުންދާތީ، އިދިކޮޅު މެންބަރުން މަޖިލީހުގައި ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު ނެތްކަން ފާހަގަކުރައްވައި، ގައުމު ސަލާމަތްކުރުމަށް އެންމެން އަތުގުޅާލަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި. އެހެންކަމުން، ރައްޔިތުން މި ވެރިކަން ބަލައިނުގަންނަ ކަމަށާއި މިހާރުގެ ލީޑަރޝިޕް ބަދަލުކުރަން ޖެހޭ ކަމަށް މެންބަރުން ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖުލައި 2026 | ބުދަ 14:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ. | މަޖިލިސް

ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ދިވެހިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މިއަދު ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށް ހުރިހާ ދިވެހި ރައްޔިތުން އަތުގުޅާލަން ޖެހޭ ކަމަށާއި، އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މެންބަރު ޒިޔާދު ވިދާޅުވި، ރައީސް މުއިއްޒުގެ ކިބައިން ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމަށް ހުރިހާ މެންބަރުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކިތަންމެ ދިގު ޕޯޑިއަމެއް ދިނަސް މި ނޫން ގޮތަކަށް މިވާހަކައެއް ނުދެއްކޭނެ. ޒުވާނުންނަށް މިހާލު ޖެއްސީ ވެސް ޕީއެންސީން. ދެން މިއަދު ގޮތް ހުސް ވެގެން ރަނގަޅު ކުރަން އުޅެނީ. ސިނގިރޭޓް ރަނގަޅު ކޮށްގެން މިކަން ވާކަށް ނެތް އިއްޒަތްތެރި ރައީސް. ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިއަދު ރައީސް މުއިއްޒު. މިކަމުން ސަލާމަތްވާން ހުރިހާ ދިވެހި ރައްޔިތުން އަތުގުޅާލަން ޖެހޭ ކަމުގައި. އަޅުގަނޑު އެދެނީ ހުޅުމާލޭގެ ހުރިހާ މެންބަރުން ވެސް މިކަމުގައި ބައިވެރިވާނެ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވެސް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިއަދާ ހަަމައަށް ރައްޔިތަކަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މައުރޫފު ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް މުއިއްޒުގެ ވެރިކަން ބަލައި ނުގަންނަ ކަމަށާއި، މާދަމާ ވެސް ގޮވާލާފިނަމަ މިވެރިކަން ވައްޓާލަން ގިނަ ދިވެހި ރައްޔިތުން ނުކުންނާނެ ކަމަށެވެ. 

ދިވެހި ރައްޔިތުން މި ވެރިކަމެއް ބަލައެއްނުގަނެއޭ. މާދަމާ ވެސް އަޅުގަނޑުމެން ގޮވާލީމާ ނުކުމެ މި ވެރިކަން ވައްޓާލަން ތައްޔާރަށް ދިވެހި ރައްޔިތުން އެ ތިބީ އިއްޒަތްތެރި ރައީސް. މި ވެރިކަން ބަލައެއް ނުގަނޭ. ރައީސް ވެސް ދެން ވިސްނަންވީ. އަނެއްކާވެސް އާ ލީޑަރަކު ގެނެސްގެން ޕީ.އެންސީއަށް ނުވަތަ އަޅުގަނޑުމެންނަށް ތަފާތު ޚިޔާލެއް، ފިކުރަށް ރަނގަޅު ލީޑަރެއް ހޯދައިގެން 2028 އަށް އާދެވޭތޯ. ރައީސް މުއިއްޒަށް އިތުބާރެއް ނެތް. 
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

މެންބަރު މައުރޫފު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރާއެކު  ގައުމުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތު އަދި އިޖުތިމާއީ އެއްވެސް ކަމެއް ހަމައަކަށް ނޭޅޭ ކަމަށާއި، މިއަދު ރައްޔިތަކަށް ހެޔޮ އެދިގެން މިސަރުކާރުން އެއްވެސް ކަމެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. 

އެހެންކަމުން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ  ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު