Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ހަނިމާދޫ

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ބުނެ ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ. އޭނާ ވިދާޅުވީ ދެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު، މިކަމަށް ބަޖެޓުވެސް ހަމަޖައްސާފައިނުވާ ކަމަށް. މީގެ އިތުރުން، މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލަން އެއްބަސްވި ކޮމެޓީ ވެސް އެކުލަވާލާފައިނުވާ ކަމަށް އަލީ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2026 | ހުކުރު 08:04
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހދ. ހަނިމާދޫ އަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، ދެ ރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން ގެންދާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެރަށުގެ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވަނީ ހަނިމާދޫ އަށް ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމުގެ މަސައްކަތުގައި ސަރުކާރުން އަމަލު ކުރާ ގޮތުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

އަލީ ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރުމުގެ މަސައްކަތުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާއި، މިހާރު އަމަލު ކުރަމުންދާ ގޮތުން ދެ ރަށުގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ނިކަމެތިވަމުންދާ ކަމަށެވެ.

އަލީ ވިދާޅުވީ ހަނިމާދޫ އަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުވާއިރު، ރިސޯސްތައް ގާއިމްވާން ޖެހޭ ކަމަށާއި، ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ބަޖެޓު ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މިމަސައްކަތްތައް ވަކި ޕްލޭނެއްގެ ދަށުން ކުރިއަށް ދިޔަކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ އޭރު ހުންނެވީ ސިޓީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމަށާއި، މިހާރު ވާނުވާ ނޭނގޭ ކަމަށެވެ. ހަނިމާދޫ އާއި ހިރިމަރަދޫ ރައްޔިތުން ހިމެނޭ ގޮތަށް ސަރުކާރުގެ ބޭފުޅުންނާއެކު ކޮމެޓީއެއް ހަދަން އެއްބަސްވެފައި އޮތް ނަމަވެސް ކޮމެޓީ ވެސް މިހާތަނަށް ހަދާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އެކަން ނިންމުމާ ހިސާބުން އަސްލު އަޅުގަނޑުމެންނާ ހިސާބަށް މިދިޔަ ދައުރުގައި އައީ އޭރުގެ ސިޓީ މިނިސްޓަރު އާދަމް ޝަރީފް ތެދެއްތޯ. އަސްލު އެބޭފުޅާ ވަރަށް ރަނގަަޅަށް އެމަސައްކަތް ކުރަން އައީ. އިހުލާސްތެރިކަމާއެކު އެކަން ކުރަން ޖެހޭ ގޮތަށް. އަޅުގަނޑުމެން އިރުޝާދު ވެސް ދިނީ މިކަން ކުރަން ޖެހޭނީ މިހެންނޭ. ދެން އަޅުގަނޑުމެންނާ ވާހަކަ ދައްކާފައި ބައްދަލުވުންތައް ބޭއްވިއިރުގަ އަޅުގަނޑުމެންނާ އެއްބަސްވެވުނީ ވެސް ހަނިމާދޫގައި 500 ހައުސިންގ އަކާއި، އަދި ހަނިމާދޫގައި 200 ގެވަޅުގައި ގެ އެޅޭނެ އިންތިޒާމާއި، އަދި ހަނިމާދޫގައި 200 ގެއަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ލެވޭނެ އިންތިޒާމާއި އަދި ސްކޫލުގައި މަދުވެފައި ހުރި ކްލާސްރޫމްތަކާއި ހޮސްޕިޓަލާއި މިހުރިހާ މަސައްކަތެއް ހިނގަމުން ދާނޭ ހިރިމަރަދޫ ރައްޔިތުންގެ 184 ގެ އަޅަމުންދާއިރު. އެއީ ހިރިމަރަދޫ ރައްޔިތުން ވެސް މިރަށަށް ބަދަލުވީމަ އެ ރައްޔިތުން ވެސް ވާނީ މިރަށުގެ ރައްޔިތުންނަށޭ. އެހެންވީމަ ރަށެއްގެ ރައްޔިތުން ބަދަލުވާއިރު އެއަންނަ ރަށަކަށް އަންނަން ޖެހޭނޭ ތަރައްގީގެ ކަންތައްތަކެއް. އެބޭފުޅުން އަންނަނީ އެރަށް ކަމު ނުގޮސްގެން ނޫނީ ރިސޯސްތައް މަދުވީމަ.   
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

އަލީ ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންނަކީ ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅި ނަމަވެސް މި ރައްޔިތުން ބަދަލު ކުރުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުވަތަ މިމަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާނުލިނަމަ  އަތޮޅު ކައުންސިލުން އެ ޒިންމާ ނަގައިގެން މިމަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހިރިމަރަދޫގެ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ، އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހަމަޖެއްސެވީ 30 ޑިސެންބަރު 2025 ގަ އެވެ. 

ހިރިމަރަދޫއަލީ އިބްރާހިމްހދ. ހަނިމާދޫރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

26 ޖޫން 2026

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް

26 ޖޫން 2026
ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު