Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖްލިސް

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ އަސާސީ ވައުދުތައް ފުއްދުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ. އަމީން ފާހަގަކުރެއްވި ގޮތުގައި ކަނޑިތީމާއި ނޫމަރާ އަދި ބިލެތްފަހީގެ ފެނާއި ނަރުދަމާ ފަދަ ޒަރޫރީ ޚިދުމަތްތައް ނުފެށި ދިގުލައިގެންދާއިރު، ސަރުކާރުން އިސްކަންދޭންވީ އެންމެ ކުދި އާބާދީތަކުގެ ބޭނުންތައް ވެސް ހަމަހަމަކަމާއެކު ފުއްދައިދިނުމަށް. އެހެންކަމުން ޓެކްނޮލޮޖީގެ ބިލްތައް ހުށަހެޅުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ އަސާސީ ވައުދުތައް ފުއްދުން މުހިންމު ކަމަށް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 1 ޖުލައި 2026 | ބުދަ 13:56
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް، މަޖްލިސް ޖަލްސާ އެއްގަ ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް، މަޖްލިސް ޖަލްސާ އެއްގަ ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

މިފަހުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންދާ ބިލްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެފައިވާ ވައުދުތައް ބޮލާލާ ޖަހައި، އެ ވައުދުތަކުގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށް ހުށަހަޅަމުންދާ ބިލްތަކެއް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ، މަޖިލީހަށް މިހާރު ފެންނަމުންދާ މަންޒަރަކީ ރައްޔިތުންނަށް ވެފައިވާ އަސާސީ ވައުދުތައް ފުއްދުމުގެ ބަދަލުގައި އެކަންކަން އޮޅުވާލަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

މިފަހުން މިއައި ބިލްތައް އަޅުގަނޑަށް ސިފަވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން މިވެފައި ހުރި ވައުދުތައް ބޮލާލާ ޖަހާ، އޭގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށް ހުށަހަޅާ ބިލްތަކެއްގެ ގޮތުގައި. އިއްޒަތްތެރި ރައީސް، ރައްޔިތުންނާ މުހާތަބުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި، ޕްރިންޓް ކޮށްފައި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ވައުދުނާމާތަކުގައި ހުރި އަސާސީ ކަންކަމުގެ މަތިން ހަނދާން ނައްތާލަން ވެގެން، މުޅި ބަޖެޓު ދަވާލަން ވެގެން މިފަދަ ބިލްތައް މި ހުށަހަޅަނީ،
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

އަމީންގެ ވާހަކަފުޅުގައި އޭނާ ނިސްބަތްވާ ކަނޑިތީމު ދާއިރާގެ ރަށްތަކުގެ ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަރުކާރަށް ދެ އަހަރު ވެގެންދާއިރު، ކަނޑިތީމުގައި އަލަށް އާބާދުވި ސަރަހައްދުތަކާއި، ނޫމަރާ އަދި ބިލެތްފަހީގައި ފެނާއި ނަރުދަމާގެ ހިދުމަތް އަދިވެސް ގާއިމުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑު މި ދައްކާ ވާހަކައަކީ އަޅުގަނޑު ދާއިރާގައި އެބަހުއްޓޭ ގާނޫނު އަސާސީގައި ބުނާ އެންމެ އަސާސީ ހިދުމަތްތައް ނުލިބޭ ރަށްތައް. ދެ އަހަރު ވެއްޖެ، އަލަށް އާބާދުވި ހިސާބަކަށް ކަނޑިތީމުގައި ފެނާއި ނަރުދަމާ ނުދެވޭ، ނޫމަރާގައި ނުދެވޭ، ބިލެތްފަހީގައި ނުދެވޭ،
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

މެމްބަރު އަމީން އިތުރަށް ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީ ފަދަ ބިލްތައް ހުށަހަޅަންވާނީ ރައްޔިތުންނަށް ވެފައިވާ އަސާސީ ވައުދުތައް ފުއްދުމަށްފަހު ކަމަށެވެ. އަދި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންމެ ކުދި އާބާދީތަކުގެ ބޭނުންތަކަށް ވެސް ހަމަހަމަކަމާއެކު ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޑިޖިޓަލް އައިޑެންޓިޓީ ބިލް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު