Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިން ޖަލަށްލުން

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކޯޓަށް ހާޒިރުކޮށް، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ދީފިއެވެ. މި މައްސަލަ ފެންމަތިވީ އެ ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމާއި، އެއާ ގުޅޭ ޚަބަރު ޝާއިއުކުރުމާ ގުޅިގެންނެވެ. ކޯޓުގެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ކަނޑައަޅާފައެވެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 12 މެއި 2026 | އަންގާރަ 13:27
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނަސީރު (ވ).

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނަސީރު (ވ). | ރާއްޖެއެމްވީ ގްރެފިކްސް

އަދަދު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. 

ޝަހުޒާނާއި ލީވާން ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރު ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ. 

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި ހާޒިރު ކުރާ ކަމަށެވެ. 

ޝަހުޒާން ހާޒިރުކުރުމުން ވަކީލަކު އައްޔަން ކުރުމަށް އެދުމުން އޭނާއަށް ދިނީ އެންމެ 2 ގަޑި އިރެވެ. އޭނާ ހާޒިރުކުރީ އަންގާރަ ދުވަހުގެ މެންދުރު 1 ޖެހި އިރު އެވެ. 

މީގެ އިތުރުން ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުކުރަން ފޮނުވި އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އޭނާ ލިޔުނު "އަނގަ ބަންދުކުރާ" އަމުރުގެ ހަބަރާއި ގުޅިގެން އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރު ކުރީ އަންގާރަ ދުވަހުގެ 11 ޖެހި އިރު އެވެ. އޭނާ އަށް ވެސް ވަކީލަކު އައްޔަން ކުރަން ދިނީ އެންމެ 2  ގަޑި އިރެވެ. 

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

ލީވާން އަލީ ނާސިރުމުޙައްމަދު ޝަހުޒާންޑރ. މުޙައްމަދު މުޢިއްޒުކްރިމިނަލް ކޯޓްއަދަދު ނޫސްއައިޝާ ޑޮކިއުމެންޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

12 މެއި 2026
ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު