Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޢިއްޒު

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

މުންދު ވިދާޅުވީ، ޙުސެއިން ވަޙީދު ވިދާޅުވި ވާހަކައަކީ ދޮގެއް ކަމަށް. އެއާ އެކު މުންދު ވިދާޅުވީ މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، ޙުސެއިން ވަޙީދުގެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 11:52
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު).

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު). | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު އެހެން ވިދާޅުވީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައިގައި ރައީސް މުޢިއްޒުގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވީ އެމަނިކުފާނު ރިޝްވަތު ހުށަހަޅުއްވައިގެން ކަމަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު ތުހުމަތު ކުރައްވާފައިވާ ކަމަށް ނޫސްވެރިޔާ ސުވާލު ކުރި އެވެ. އެކަމާ ހުވާ ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ޙުސެއިން ވަޙީދު ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން މުންދު ވިދާޅުވީ، އެކަމުގައި ހުވާ ކުރައްވަން ޙުސެއިން ވަޙީދާ އެކު ވަޑައިގަންނަވަން ތައްޔާރު ކަމަށެވެ. އަދި އޭރު މުންދު އަކީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ފަރާތް ކަމަށާއި، އެކަމުގައި ރައީސް މުޢިއްޒުގެ އެއްވެސް ކުށެއް ނޯންނާނެ ކަމުގެ ސާބިތު ހެކި އިނގޭ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. ފަރުދީ ގޮތުން ވެސް އެކަން އެނގިވަޑައިގަންނަވާ ކަމަށް މުންދު ވިދާޅުވި އެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ ރައީސް މުޢިއްޒުގެ ބޮލުގައި އެކަން އަޅުވަން ނިންމީ، އިކޮނޮމިކް ކައުންސިލް އިން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު އަކީ އިކޮނޮމިކް ކައުންސިލްގައި ހިމެނޭ ބޭފުޅެއް ނޫން ކަމަށާއި، އެ ކައުންސިލްގައި ނުހިމެނޭ މީހަކު އެ މައްސަލައިގައި ކުށްވެރި ނުވާނެ ކަމަށް މުންދު ވިދާޅުވި އެވެ. އަދި މުންދު ވިދާޅުވީ، ޙުސެއިން ވަޙީދު ވިދާޅުވި ފާހަގަ އަކީ ދޮގެއް ކަމަށެވެ. 

އެއާ އެކު މުންދު ވިދާޅުވީ މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، ޙުސެއިން ވަޙީދުގެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

ނޫމަޑި އަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު، ނުވަތަ 848 މިލިއަން ދިވެހި ރުފިޔާ ދޭން ޖެހުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލު ކުރުމުންނެވެ. މީގެ ކުރިން ރައީސް ޔާމީން ވެސް ވަނީ، ނޫމަޑި އަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހުނީ ރައީސް މުޢިއްޒުގެ ސަބަބުން ކަމަށް ވިދާޅުވެފައި އެވެ. 

ނޫމަޑި މައްސަލަ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު