Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

އައްޑޫ ސިޓީގެ ލިންކް ރޯޑާއި އެހެނިހެން މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދަނީ، އެ މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގައި ފަންނީ ގާބިލުކަމާއި ވަސީލަތްތައް ނެތުމުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ. ސަރުކާރުން މި މަޝްރޫޢަށް އިސްކަންދޭ ކަމަށް ބުނި ނަމަވެސް، އަމަލީ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އައްޑޫގެ އާ ބިންތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުނުކުރެވި އޮތުމާއެކު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި މަޝްރޫޢުތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށްވެސް މެންބަރު ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 ޖޫން 2026 | ހުކުރު 02:20
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އައްޑޫ ސިޓީގެ ލިންކްރޯޑާއި އެހެނިހެން މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދަނީ، އެ މަޝްރޫޢު ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެ ގާބިލުކަން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ މުޅި ރާއްޖެއިންވެސް އެންމެ އިސްކަންދޭ (ޕްރަޔޯރިޓީ) މަޝްރޫޢު ކަމަށް ސަރުކާރުގެ ވަޒީރުން ވިދާޅުވަމުންދާއިރު، އަމަލީ ގޮތުން އެ މަންޒަރު ނުފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މަޝްރޫޢަކީ 829 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ، މަސައްކަތުގެ ދުވެއްޔާ ބެހޭގޮތުން ސުވާލުކުރުމުން ވެހިކަލްތައް ގެންނަ ވާހަކަ ސަރުކާރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް، މިހާރު އައްޑޫ އަށް ގެންގޮސްފައިވާ ވެހިކަލްތަކަކީ އާދައިގެ ކުންފުންޏަކުން މަގު ކޮންނަންވެސް ބޭނުންކުރާނެ ފަދަ ވަސީލަތްތަކެއް ނޫން ކަމަށާއި، އެއީ މަގު ހެދުމުގެ "ނޯ ހައު" ނުވަތަ ފަންނީ ތަޖުރިބާ ނެތުމުގެ ނަތީޖާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރައްޔިތުންގެ އަގުބޮޑު މުދަލަށް މިދެންނެވި ވެހިކަލްތަކަށް ގެއްލުންވަމުންދާ، އަދި ފުރާނައަށްވެސް ގެއްލުންވާ ހާލަތުގަ އެކްސިޑެންޓް ޕްރޯން މަގެއްގެ ގޮތުގަ މިއޮންނަނީ އައްޑޫ ލިންކް ރޯޑް. އެހެންވީމަ އެކަން ހައްލުކުރުމަށްޓަކައި، މުޅި ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ޕްރަޔޯރިޓީ ދީގެން ހިންގާ ޕްރޮޖެކްޓު،  އެސެޓެއްނެތް، ގާބިލުކަމެއްނެތް، ކެޕޭސިޓީއެއްނެތް ބަޔަކާ ހަވާލުކުރީމަ ދެން މި ސަރުކާރުގެ ފެންވަރު އެބަ އެނގޭ. އަޅުގަނޑަށް މައުލޫމާތު ލިބެނީ މިހާރު ދެތިން ވެހިކަލް އެ އައްޑުއަށް ގެންގޮސްފި ކަމަށް. އެ ވެހިކަލް ތަކަކީ އާދައިގެ ކުންފުންޏަކުންވެސް މި މަގެއްގަ ވަޅެއް ކޮންނަންވެސް ބޭނުންނުކުރާ ވަރުގެ އެ އެއްޗެހި. އެހެންނަމަވެސް ދަންނަވަން މި އުޅޭ ވާހަކައަކީ މި ބޭފުޅުންނަށް ހަމަ "ނޯ ހައުއެއްވެސް" ނޭނގޭތީތާ މިސާލަކަށް 60 ކިލޯމީޓަރުގެ މަގެއް ހަދަން ކެޕޭސިޓީއެއްނެތް ކުންފުންޏަކަށް ހަވާލުކުރާނީ. ފަސްދޮޅަސް ކިލޯމީޓަރޭ މިދެންނެވި އައްޑޫސިޓީގެ ރަނގަޅު ފެންވަރަކަށް ނަހަދާ ހުރި އެހެން މަގުތަކާ އެއްކޮށް މި ބޭފުޅުން 829 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އާރްޑީސީ އާ. ކެޕޭސިޓީ ނެތް ބަޔަކާ ހަވާލުކޮށްގެން މިހާރު ދެ އަހަރު ވެގެން މިދަނީ އެއްވެސް ކަމެއް ނުކުރެވި.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ 

ދީދީ އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ އަދި ހިތަދޫން އަލަށް ހިއްކި ބިންތަކުގައި މީހުން ދިރިއުޅެން ގޯތި ދީފައިވާތާ ތިން ހަތަރު އަހަރު ވެފައިވީ ނަމަވެސް، އެ ތަންތަނުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގު ހެދުން ފަދަ އަސާސީ އިންފްރާސްޓްރަކްޗަރގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތަކަށް އިޝާރާތް ކުރައްވަމުން ދީދީ ވިދާޅުވީ، ފުރަތަމަ އަހަރުން ފެށިގެން ހުރިހާ މަސައްކަތެއް ބާރަށް ކުރިއަށް ގެންގޮސް ފަސް އަހަރު ތެރޭ ނިންމާނެ ކަމަށް ވިދާޅުވި ނަމަވެސް، މިހާރުވެސް ދެ އަހަރާ ބައި ތިން އަހަރު ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް ދެތިން ރުކެއް ކަނޑާލުން ފިޔަވައި،  އެއްވެސް މަސައްކަތެއް މި ސަރުކާރުން ކޮށްފައިނުވާކަމަށް އެނާ ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ މި ފަސް އަހަރު ތެރޭގައި އައްޑޫ ސިޓީގެ ލިންކްރޯޑާއި އެހެނިހެން މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއު އައްނިންމާލެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް ދީދީ ވިދާޅުވި އެވެ.

 އައްޑޫ ލިންކްރޯޑް އަދި މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އާރްޑީސީ އާ ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. ދައުލަތުގެ ބަޖެޓުން ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އައްްޑޫ ސިޓީމޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަހުމަދު ދީދީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއައްޑޫ ލިންކް ރޯޑުމަރަދޫ ދާއިރާ

އިތުރަށް ކިޔާލަން

25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު