Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

ސަރުކާރުން ނިންމާ ނިންމުންތަކުގައި ސީރިއަސްކަމެއް ނެތުމުގެ ސަބަބުން ތަކުރާރުކޮށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ކުރީގެ ރައީސުންގެ އިނާޔަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ފުށުއަރާ ކަމެއްކަން ފާހަގަކުރައްވައި، މިހާރު އޮތް މަޖިލީހަކީ މެންބަރުންގެ މިނިވަންކަމެއް ނެތް ފެންވަރު ދަށް މަޖިލީހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. މީގެ އިތުރުން، ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އާންމުންނާއި ސަރުކާރަށް ތާއީދުކުރާ މީހުންގެ މެދުގައިވެސް ސަރުކާރުގެ މަގުބޫލުކަން ދަށްވަމުންދާކަމަށް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 ޖޫން 2026 | އަންގާރަ 19:51
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމުގަ އާއި ކަންކަން ނިންމުމުގައި ދުރުވިސްނުމެއް ނެތް ކަމަށާއި، އެބޭފުޅުން ވިސްނަވަނީ ހަމައެކަނި "ނޭފަތު ކުރިއާ ހިސާބަށް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރުން ކަންކަން ނިންމަނީ އެއްވެސް ސީރިއަސްކަމެއް ނެތި "ވާނުވާ" އެއްގައި ތިބެގެން ކަމަށެވެ. އަދި ސަރުކާރުން ނިންމާ ގިނަ ނިންމުންތަކެއް އަނބުރާ ގެންގޮސް "ޔޫ-ޓާން" ނަގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
ހަމަ ވާނުވާގަ ހަގީގަތުގަ މި އުޅޭނީ. ކިތައް ޑިސިޝަންތޯ މި ސަރުކާރުން ނަގާފަ އަނެއްކާ އަނބުރާ ޔޫޓާން މި ނަގަނީ. އެނގޭތޯ؟ އެއީ އަޅުގަނޑުމެން ދައްކާ ވާހަކަ. އެއްވެސްކަހަލަ ގަރާރުކަމެއް ނެތޭ. ސީރިއަސް ކަމެއް ނެތޭ. އެހެންވީމަ ކަމެއް ކުރާއިރުގަ ކުރިއަށް، އެއްކަލަ ނޭފަތު ކުރިއާއި ހިސާބަށް އެބަ ވިސްނަނީ. ވާހަކައެއް ދައްކާއިރުގަ ވެސް، ކަމެއް ކުރާއިރުގަ ވެސް، ސިޔާސަތެއް އެކަށައަޅާއިރުގަ ވެސް ނޭފަތު ކުރިއާ ހިސާބަށޭ އެ ވިސްނަނީ. އެހެން ނޫނީ މީކީ އާއްމުކޮށް ކުރާ ކަހަލަ، ކުރާ ޒާތުގެ ކަމެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

މަޖިލީހުގެ 241 ކޮމިޓީން ކުރީގެ ރައީސުންގެ އިނާޔަތްތަކާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، ގާނޫނީ ގޮތުން ދީފައިވާ ރައްކާތެރިކަމެއް ނިގުޅައިގަނެވޭނީ ހަމައެކަނި ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ. ވަކި ކޮމިޓީއަކަށް އެކަނި ގާނޫނެއް ބަދަލު ނުކުރެވޭނެ ކަމަށާއި، އެފަދަ ކަންކަން ކުރަންވާނީ މުޅި މަޖިލީހަށް ބިލެއް ހުށަހަޅައި، ބަހުސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ނިމުމުން އެމަނިކުފާނުވެސް ނުކުންނަވާނީ މަގުމައްޗަށް ކަމަށާއި، މިއަދު ނިންމާ ނިންމުންތަކުގެ އަސަރު މާދަމާ އަމިއްލަފުޅަށް ކުރާނެ ކަމަށެވެ.

މިއަދު މި ނިންމާލަނީ ޓޫ ފޯރ ވަން ކޮމިޓީން މި ކަނޑާލަން. އެހެން ބުނީމަ ނިންމާކަށް ނޫންތޯ ޖެހޭނީ. އިތުރު ގޮތެއް ނޯންނާނެ. ގޮނޑި ގެއްލޭނެ އެހެން ނޫނިއްޔާ. މިހާރު އޮތީ ޖަމުއިއްޔާއަކަށް އިނގޭތޯ، ގޮނޑި ގޮނޑި ގެއްލުވާލުމުގެ ބާރު، ރައްޔިތުން މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު އޮތީ ސުޕްރީމް ކޯޓުން ޖަމުއިއްޔާއަކަށް ހަވާލުކޮށްފަ. އެހެންވީމަ އެންޖީއޯތަކަށް އެންޖީއޯ، މިހާރު ރާއްޖޭގައި ހުރި ސިޔާސީ އެންޖީއޯތަކަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރާނެ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެސް ނޯންނާނެ ނޫންތޯ އިތުރު ޗޮއިސް އެއް.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

ސަރުކާރުގެ މަގުބޫލުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދުވަހުން ދުވަހަށް ސަރުކާރުގެ ރޭޓިން ދަށްވަމުންދާ ކަމަށެވެ. މިއީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ ކުރިމަތީގައި ނޫން ކަމަށާއި، ސަރުކާރު ހިންގާ ޕީއެންސީ އަށް ތާއީދުކުރާ މީހުންގެ ކުރިމަތީގައިވެސް ސަރުކާރުގެ އަގު ވެއްޓެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ތާރީޚުގައި ފެނުނު އެންމެ "ފެންވަރު ދަށް" މަޖިލިސް ކަމަށް އަލީ ހުސައިން ސިފަކުރެއްވި އެވެ. މަޖިލިސް މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށާއި، ޕާޓީގެ ލީޑަރުން އަންގާ ގޮތަށް އަމަލުނުކޮށްފިނަމަ "ގޮނޑި ގެއްލޭނެ" ބިރު އޮތުމުން، މެންބަރުންނަށް އިތުރު ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅު ވިއެވެ. "އެހެންވީމަ ރައްޔިތުން މަޖިލީހެއް މިއަދަކު ނެތް،" އަލީ ހުސައިންގެ ވާހަކަ ނިންމަވާލަމުން ވިދާޅުވި އެވެ.

އަލީ ހުސައިން20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީ241 ކޮމިޓީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނެތުމާއި، ބައެއް އެއަރޕޯޓްތަކަށް އޮތް ޑިމާންޑް ކުޑަވުމަކީ ޓިކެޓުގެ އަގު ހެޔޮކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު މުހައްމަދު އަމީން ފާހަގަ ކުރެއްވި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެއަރލައިންތަކުގެ ޚަރަދު ބޮޑުވި ނަމަވެސް، ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު މިހާތަނަށް ހިފަހައްޓާފައިވަނީ ޚަރަދުތައް އެހެން ގޮތްގޮތުން މެނޭޖްކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި. މީގެ އިތުރުން މަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމަކީވެސް މި ދާއިރާ އެފިޝަންޓްކޮށް ހިންގުމަށް ކުރިމަތިވާ ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވި.

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

މިނިވަންދުވަހުގެ ހަރަކާތްތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލު ހޯދުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާ ސުވާލުކުރެއްވުމަށް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައި. މި ސުވާލުގައި މާލެއާއި އަތޮޅުތެރޭގައި ބޭއްވި ހަރަކާތްތަކަށް ވަކިވަކިން ހިނގި ޚަރަދުތައް ސާފުކޮށްދިނުމަށް އެދިފައިވާއިރު، މި ހަރަކާތްތަކަށް ކުރި ޚަރަދުތަކުގެ ތަފްސީލު ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ.

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޝަކީލަށް ރުހުން ދިނުމަށް 51 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އޭނާ މީގެ ކުރިން ޕީއެންސީގެ ރެޖިސްޓަރ ގެ މަގާމު ފުރުއްވުމުގެ އިތުރުން ސިޔާސީ ގޮތުން ފާޅުގައި އިދިކޮޅު އެމްޑީޕީ އާ ދެކޮޅަށް ޚިޔާލުފާޅުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވޭ.

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

ސަރުކާރުން އާންމު ވިޔަފާރިތަކުގެ ތެރެއަށް ވަދެ، ހުރިހާ ކަމެއް މުށުތެރެއަށްލާން މަސައްކަތް ކުރުމަކީ ކޮމިއުނިސްޓް ވިސްނުމެއް ކަމަށް ވިދާޅުވެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފާޑުވިދާޅުވެއްޖެ. ޑޮލަރު މާރުކުރުމުގެ އާ ގަވާއިދުގެ ސަބަބުން މިނިވަން މާކެޓް އިގްތިސާދަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، މިއީ އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި. މިނިވަން ވިޔަފާރީގެ ފުރުސަތުތައް ހަނިކޮށް ސަރުކާރުން ހުރިހާ ދާއިރާއަކަށް އަތްގަދަކުރުމުގެ ނަތީޖާ އިގްތިސާދަށް ހިތިވާނެ ކަމުގެ އިންޒާރު ވެސް ޝަމްހީދު ވަނީ ދެއްވާފަ.

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

އެމްޑީޕީގެ ލީޑަރޝިޕުގެ މީހުން "އަލްޙަމްދު" ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަންޖެހޭނެ ކަމަށް ވިދާޅުވެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ. ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ބަހުސްގައި ޖަނާބު މިފަދަ މޭރުމަކުން ވާހަކަދެއްކެވިއިރު، މިއީ ދީނީ ކަންކަމާ ގުޅުވައިގެން މަސްލަހަތު ގެއްލޭ ގޮތަށް ދެއްކެވި ވާހަކައެއް ކަމަށް ބުނެ މީގެ ކުރިން ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ވެސް ވަނީ އޭނާއަށް ރައްދު ދެއްވާފަ. މަޖިލީހުގެ މި ބަހުސްގައި ސަރުކާރު މެންބަރުން ބިލުގެ މައުޟޫއަށް ވާހަކަދެއްކުމުގެ ބަދަލުގައި އިދިކޮޅު މެންބަރުންނަށް ޒާތީ ހަމަލާތައް ދެމުންދާކަން ފާހަގަކުރެވޭ.

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު