Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއައްސަސާތަކަށް ނުފޫޒު ފޯރުވުން

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އީ-ފާސް ބޭނުންކުރަން ޖެހުމުން ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ޕީއެންއެފްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމަށްފަހު މަލީހު ޖަމާލު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށާއި ޖުޑީޝަރީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އީ-ފާސް ފަދަ ނިޒާމުތައް ހަރުދަނާކޮށް، ސަރުކާރުގެ ނުފޫޒުން މުއައްސަސާތައް ސަލާމަތްކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 29 ޖޫން 2026 | ހޯމަ 12:54
ހޯމަދުވަހު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ޕީއެންއެފް ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަނީ.

ހޯމަދުވަހު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ޕީއެންއެފް ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަނީ. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނެވިހާ ދުވަހަކު، ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ނުލިބޭނެ ކަމަށް ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މި ބައްދަލުވުމަކީ ޕީއެންއެފްގެ ފަރާތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އީ-ފާސް ބޭނުންކުރަން ޖެހުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އީ-ފާސް މެދުވެރިކޮށް މުއާމަލާތް ކުރުމުގައި ފޯނު ނަންބަރާއި އީމެއިލް ދިމާނުވުން ފަދަ ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އީސީ، އެންސީއައިޓީ، ހޯމް މިނިސްޓްރީ އަދި އެލްޖީއޭ ގުޅިގެން މަސައްކަތް ކުރުމަށް މަލީހު ގޮވާލެއްވި އެވެ.

މީގެއިތުރުން، އާސަންދަ ފަދަ އަސާސީ ހިދުމަތްތައް ހޯދުމަށްވެސް އީ-ފާސް މަޖުބޫރުވެފައިވާތީ، ކައުންސިލްތައް މެދުވެރިކޮށް އީ-ފާސް ވެރިފިކޭޝަންގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އީ-ފާސްގެ ސަބަބުން ގިނަ ބައެއްގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާ ކަމަށްވެސް މަލީހު ތުހުމަތު ކުރެއްވި އެވެ.

ސަރުކާރުގެ ނުފޫޒާ ބެހޭގޮތުން ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން "ބޯވައެއް" ހެން ހުރިހާ މުއައްސަސާތަކަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އޮތް ނުފޫޒާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މުއިއްޒުގެ ސަރުކާރުން މިހަމަ ބޯވައެއް ހެން ހުރިހާ މުއައްސަސާތަކަށް އޮތް ނުފޫޒު އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ހާއްސަކޮށް ޖުޑީޝަރީ އަށް، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް އެކަން އޮތީ. އެހެންވީމަ އިލެކްޝަންސް ކޮމިޝަނަކީ އޭގެތެރެއިން ވަރަށް ކުޑަކުޑަ ކޮމްޕޯނެންޓެއް.  އެހެންވީމަ ހަގީގަތުގައި މި ނިޒާމްތަކާ މި މުއައްސަސާތަކަށް މިއޮތް ނުފޫޒާ، އެ ބޭފުޅުންގެ މިނިވަންކަމަށް އަރައިގަތުން ނިމުމަކަށް އަންނާނީ މުއިއްޒުގެ ސަރުކާރު ނިމުނީމަ. އެކަމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. މުއިއްޒު ވެރިކަމުގަ ހުރިހާ ހިނދަކު އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ލިބޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.
 ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު

މަލީހު އިތުރަށް ވިދާޅުވީ، އެންމެ މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ ރައްޔިތުންގެ މަޖިލިސް މިއަދު އޮތީ "ޕެރަލައިޒް" ވެފައި ކަމަށާއި، މި ހާލަތު ބަދަލުވާނީ މި ސަރުކާރު ނިމުމުން ކަމަށެވެ.

ރައީސް މުއިއްްޒުގެ ސަރުކާރުން މުއައްސަސާތަކުގެ މިނިވަންކަން ނަގާލުމަށް، މުއައްސަސާތަކުގެ އިސް މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަނުކުރާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ކޯޓުތަކުގެ ފަނޑިޔާރުންނަށް ސިޔާސީ ފަރާތްތައް އައްޔަންކުރާކަމުގެ ތުހުމަތު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އަދި މިއީ ހުރިހާ ބާރެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކޮށް، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދީލާލުމަށް ރައީސް މުއިއްޒު ރާވައިގެން ހިންގަވާ ޖަރީމާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. 

މުޙައްމަދު މަލީހް ޖަމާލްޕީޕަލްސް ނެޝަނަލް ފްރޮންޓްއިލެކްޝަންސް ކޮމިޝަންއީ-ފާސްޖުޑިޝަރީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

27 ޖޫން 2026
މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު