Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަގާމު މަދުކުރުން

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަޒަންކުރުމުގެ މަރުހަލާ ނިމުމަކަށް އައިސްފައިވާއިރު، ކުރިއަށް އޮތީ އެ މަގާމުތައް މަދުކުރުމުގެ އަމަލީ މަސައްކަތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ. ނަމަވެސް، ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ ކަމަށާއި ކުންފުނިތަކުން ސިޔާސީ ބޭނުމަށް ވަޒީފާ ދެމުންދާ ކަމުގެ ތުހުމަތުތަކާއެކު އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަކީ ރައްޔިތުންގެ ބޮޑު އެދުމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 ޖޫން 2026 | ހޮނިހިރު 13:37
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރާއްޖެ އެމްވީ

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް މަދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ތެރެއިން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވަމުންދާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އިވެލުއޭޝަން ނުވަތަ ވަޒަންކުރުމުގެ މަރުހަލާ މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ކަމަށެވެ. އަދި ދެން އޮތީ އެ އިވެލުއޭޝަނަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަރުހަލާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ މަރުހަލާއަށް މިހާރު އެ އޮތީ ގޮސްފަ. އޭގެ މާނައަކީ "އިވެލުއޭޓް" ކުރަނީ ކީއްކުރަން، "އިވެލުއޭޓް" ކުރަނީ ހަޤީގަތުގައި "ނީޑެޑް ކެޕޭސިޓީ" އަށް ގެނައުމުގެ ނިޔަތުގައި. މިސާލަކަށް އެސްއޯއީ ތަކެއްގައި އަޅުގަނޑުމެންނަށް އޮންނާނެ "ވަން ތާޑް" ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވެނީ މަދުކުރަން އުނިކުރަން. ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކި އަދަދަކަށް އަޅުގަނޑުމެން މި ތިރިކުރެވޭތޯ މަސައްކަތް ކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުންދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ އެއްކުރެވުނު މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތްތަކެއް ކުރެވޭ ތަން ކަމަށެވެ.

ސަރުކާރުން މިފަދައިން ބުނި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެއްވެސް އުސޫލެއް ނެތި ސިޔާސީ މަގާމުތައް އުފައްދައި ބަހަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ދާދި ފަހުން ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ބައެއް ވަޒީރުން ވަކިކުރި ނަމަވެސް، އެ ބޭފުޅުންނަށް އެހެން ނަންނަމުގައި ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތައް ދީފައިވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދެމުންދާ ކަމުގެ ކަންބޮޑުވުމާއި، ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ. ސަރުކާރަށް 3 އަހަރު ފުރެން ކައިރިވެފައިވާއިރު، އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ސިޔާސީ މަގާމުތައް މަދުކުރުމަކީ ރައްޔިތުންގެ ބޮޑު އެދުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސިޔާސީ މަގާމުތައްސަރުކާރުގެ ވިޔަފާރި ކުންފުނިތައްރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

27 ޖޫން 2026
މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު