Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީއޭއައި ސްކޭމް

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

1 ޖުލައި 2026 | ބުދަ 08:47

އޭއައި އާއި ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގައި ހިންގާ އޮޅުވާލުންތަކުގެ ސަބަބުން އާންމުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ގެލަޕްގެ އާ ދިރާސާއަކުން ވަނީ ހާމަވެފައި. މިފަދަ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގައި ބޭންކު މުވައްޒަފުންނާއި ސަރުކާރުގެ އޮފިޝަލުންގެ ސިފަ ޖައްސައިގެން މީހުންގެ އިތުބާރު ހޯދާއިރު، މީގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު ދަށް އާމްދަނީ ލިބޭ އާއިލާތަކަށް މާ ބޮޑަށް ކުރޭ.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 08:47
ވޮޝިންގޓަން ޑީސީގައި 18 ޖުލައި 2023 ގައި ތައްޔާރުކޮށްފައިވާ މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަންހެން ކުދިންގެ ފޮޓޯ އުފެއްދުމަށް ކޮށްފައިވާ އިޝްތިހާރެއް.

ވޮޝިންގޓަން ޑީސީގައި 18 ޖުލައި 2023 ގައި ތައްޔާރުކޮށްފައިވާ މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަންހެން ކުދިންގެ ފޮޓޯ އުފެއްދުމަށް ކޮށްފައިވާ އިޝްތިހާރެއް. | ގެޓީ އިމޭޖަސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައިވާ ގޮތުން 2025 ވަނަ އަހަރު އެމެރިކާގެ ގާތްގަނޑަކަށް 15 މިލިއަން މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާއިރު، މީގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ބައެއްގައި ބޭނުންކޮށްފައިވަނީ އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކޮންޓެންޓާއި ޑީޕްފޭކް ވީޑިއޯތަކެވެ. މިދިޔަ އަހަރު މުޅި އެމެރިކާގައި ޖުމްލަ 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، މިއީ ކޮންމެ ދުވަހަކު އެވްރެޖްކޮށް 186 މިލިއަން ޑޮލަރު މިކަމުގެ ތެރެއިން ހޯދާފައިވާ ކަމުގެ ހެކިދޭ އަދަދެކެވެ.

"ޔުނައިޓެޑް ސްޓޭޓްސް އޮފް ސްކޭމްސް: ދަ ފައިނޭންޝަލް އެންޑް އިމޯޝަނަލް ފޯލްއައުޓް" ގެ ނަމުގައި އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓަކީ ގެލަޕް އާއި ސްޓޮޕް ސްކޭމްސް އެލަޔަންސް ގުޅިގެން އެމެރިކާގެ 5،000 އަށްވުރެ ގިނަ ބޮޑެތި މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 6 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންނަށް މިފަދަ އޮޅުވާލުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އިތުރު 4 އިންސައްތަ މީހުން ބުނި ގޮތުގައި އެމީހުންގެ ގޭބިސީގެ އެހެން މެންބަރަކަށް ވަނީ މިފަދަ ލަނޑެއް ލިބިފައި ކަމަށެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 24 އިންސައްތަ މީހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މިފަދަ މަކަރާއި ހީލަތުގެ މުއާމަލާތެއް ކުރިމަތިވެފައިވާއިރު، 10 އިންސައްތަ މީހުންނަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު މިފަދަ ކަންކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.

މިފަދަ ދެރަތައް ލިބުނު ކޮންމެ 10 މީހަކުން އެކަކަށްވުރެ ގިނަ މީހުން (12 އިންސައްތަ) ބުނެފައިވަނީ އެމީހުންނަށް އޮޅުވާލާފައިވަނީ އޭއައި ނުވަތަ ޑީޕްފޭކް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް، އޭއައި މެދުވެރިކޮށް އުފައްދާ ކޮންޓެންޓަކީ ދެނެގަންނަން އުނދަގޫ އެއްޗަކަށް ވާތީ، ހަގީގަތުގައި މި އަދަދު މިއަށްވުރެ މާ މަތިވުން އެކަށީގެންވާ ކަމަށް މި ރިޕޯޓް ތައްޔާރުކުރި ފަރާތްތަކުން ފާހަގަކުރެ އެވެ.

މަކަރާއި ހީލަތް ހިންގުމުގައި އެންމެ އާންމުކޮށް ބޭނުންކޮށްފައިވާ ގޮތްތަކުގެ ތެރޭގައި، މާލީ މައުލޫމާތު ވަގަށް ނެގުމަށް ހަދާފައިވާ ފޭކް ވެބްސައިޓްތައް (40 އިންސައްތަ)، އެޑްވާންސް ފީ ދައްކަންޖެހޭ ގޮތަށް ހިންގާ ރޭވުންތައް (24 އިންސައްތަ) އަދި އޮޅުވާލައިގެން އިންވެސްޓްމަންޓް ފުރުސަތުތައް ހުށަހެޅުން (19 އިންސައްތަ) ހިމެނެ އެވެ. މީހުންގެ އިތުބާރު ހޯދުމަށްޓަކައި ސްކޭމް ކުރާ ފަރާތްތަކުން އެންމެ ގިނައިން ހެދިގެން އުޅެނީ ޓެކް ސަޕޯޓް މުވައްޒަފުން (19 އިންސައްތަ)، ބޭންކް މުވައްޒަފުން (15 އިންސައްތަ) ނުވަތަ ސަރުކާރުގެ އޮފިޝަލުން (14 އިންސައްތަ) ކަމަށް ދައްކައިގެންނެވެ.

ފާއިތުވި އަހަރުތަކުގައި އޭއައި ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތައް ވަނީ އެކި ސިފަސިފައިގައި އިތުރުވެފަ އެވެ. މީގެ ތެރޭގައި އާއިލާގެ މެންބަރެއް ނުވަތަ ކުންފުންޏެއްގެ އިސްވެރިއެއްގެ އަޑު ކޮޕީކޮށްގެން (ވޮއިސް ކްލޯނިންގ) އެހީއަށް އެދި ގުޅުމާއި، އޭއައި ބޭނުންކޮށްގެން ފޭކް ސިފަތަކާއި ފޮޓޯ އުފައްދައިގެން ހިންގާ "ރޮމޭންސް ސްކޭމް" ތަކުގެ އިތުރުން، ކުންފުނިތަކަށް އޮޅުވާލުމަށް ވަގުތުން ވަގުތަށް ބޭނުންކުރާ ޑީޕްފޭކް ވީޑިއޯ ކޯލްތައް ހިމެނެ އެވެ.

މިފަދަ ޑީޕްފޭކް ވީޑިއޯ ބޭނުންކޮށްގެން ހިންގި އެންމެ ބޮޑު އެއް ޖަރީމާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އިނގިރޭސިވިލާތުގެ އިންޖިނިއަރިން ފާމެއް ކަމަށްވާ "އަރަޕް" ގެ ފައިނޭންސް މުވައްޒަފަކު ވަނީ 25 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މަކަރުވެރިންނަށް ޓްރާންސްފާ ކޮށްފަ އެވެ. އެ މުވައްޒަފަށް މި ލަނޑު ލިބުނީ އޭނާ ބައިވެރިވި ވީޑިއޯ ކޯލެއްގައި ތިބި ހުރިހާ "މުވައްޒަފުންނަކީ" އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ބައެއްކަން ނޭނގި އޮތުމުންނެވެ. އެ ބައްދަލުވުމުގައި ކުންފުނީގެ ސީއެފްއޯގެ ސިފަ ޖައްސާފައިވާ މީހަކު ވެސް އިނެވެ.

ސާވޭއިން ދައްކާ ގޮތުގައި މިދިޔަ އަހަރު ހިންގި ސްކޭމްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މުއާމަލާތުގައި (56 އިންސައްތަ) ގެއްލުނު ފައިސާގެ އަދަދު އުޅެނީ 500 ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް، ބައެއް ރޭވުންތަކުގައި އެތައް ހާސް ޑޮލަރެއް އަތުލާފައިވާތީ، ކޮންމެ ހާދިސާއެއްގައި އެވްރެޖްކޮށް 5،578 ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ. މިކަމުގެ އަސަރުކުރި ގޭބިސީތަކުގެ ތެރެއިން 21 އިންސައްތަ މީހުން ބުނެފައިވަނީ މިއީ މާލީ ގޮތުން ކުރިމަތިވި "ވަރަށް ބޮޑު ތަކްލީފެއް" ކަމަށެވެ. އަދި އަހަރަކު 80،000 ޑޮލަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން މި އަދަދު ހުރީ 28 އިންސައްތައިގަ އެވެ.

މާލީ ގެއްލުންތަކުގެ އިތުރުން، މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭކަން ވެސް ސާވޭއިން ވަނީ ހާމަވެފަ އެވެ. މިގޮތުން، ސްކޭމްގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މީގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 28 އިންސައްތަ މީހުން ސިފަކުރި ގޮތުގައި އެމީހުންނަށް ކުރި އަސަރަކީ "ވަރަށް ބޮޑު ނޭދެވޭ" އަސަރެކެވެ.

އާޓިފިޝަލް އިންޓެލިޖެންސްޑީޕްފޭކްސްއެމެރިކާގެލަޕް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!

19 އޯގަސްޓު 2026
ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
12 އޯގަސްޓު 2026

މުޅި ހަށިގަނޑަށް ކެންސަރު ފެތުރި އެކަމާ ދެކޮޅަށް ހިތްދަތި ހަނގުރާމައެއް ކުރަމުންދާ ކަމަށް ދަރިކަލުން ވިދާޅުވި ފަހުން، ފުރަތަމަ ފަހަރަށް ބައިޑަން އާންމުންގެ ތެރެއަށް ނުކުންނަވައިފި

12 އޯގަސްޓު 2026
މުޅި ހަށިގަނޑަށް ކެންސަރު ފެތުރި އެކަމާ ދެކޮޅަށް ހިތްދަތި ހަނގުރާމައެއް ކުރަމުންދާ ކަމަށް ދަރިކަލުން ވިދާޅުވި ފަހުން، ފުރަތަމަ ފަހަރަށް ބައިޑަން އާންމުންގެ ތެރެއަށް ނުކުންނަވައިފި
12 އޯގަސްޓު 2026

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026
ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!
12 އޯގަސްޓު 2026

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026
ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
11 އޯގަސްޓު 2026

ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި

11 އޯގަސްޓު 2026
ޕީޖީ އޮފީހުގެ ޤާނޫނީ ލިޔުންތައް ދިރާސާ ކުރުމާއި ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ ޕްރޮގްރާމް ރައީސް އިފްތިތާހު ކޮށްދެއްވައިފި
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
09 އޯގަސްޓު 2026

އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް