Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިންޑިއާ

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026 | އަންގާރަ 11:46

އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަވެދާނެތީ އެ ގައުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަތަކުގެ ތަފްސީލު ހޯދުމަށް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފައި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވަނީ ރާއްޖޭގެ ދަރަނި ފަސްކުރުމުގައި އިންޑިއާއިން ލަސްކުރި ކަމަށާއި، ރަސްމާލެ މަޝްރޫއަށް އެ ގައުމުން ހުރަސްއަޅާ ކަމަށް ތުހުމަތުކުރައްވާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 24 ނޮވެމްބަރު 2026 | އަންގާރަ 11:46
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އެ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވާފައި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އެ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވާފައި | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަވެދާނެތީ އެ ގައުމުން ކަންބޮޑުވެ ބިރުގަންނަ ކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އޭގެ ތަފްސީލު ހޯދުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ސިޓީ ފޮނުވައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އެ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވާފަ އެވެ.

Advertisement - newsAdvertisement

މި ސިޓީގައި އިންޑިއާއިން ބަޔާންކޮށްފައިވަނީ ނާޒިމް ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ދެއްކެވި ސަބަބާއި، އޭގެ އިތުރު ތަފްސީލު ހާމަކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު އެ ސިޓީއަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރަސްމާލެ ވިއްކާލުމުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރުމާ ގުޅިގެން، ބައެއް ދީނީ އިލްމުވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން އެ މަހުގެ ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ ލީކުވެފަ އެވެ. ލީކުވެފައިވާ އެ އޯޑިއޯގައި ނާޒިމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

އެގޮތުން، ރާއްޖެ މާލީ ގޮތުން ބޮޑު ނާޒުކު ހާލަތަކަށް ގޮސް، ދަރަނި ނުދެއްކި "ޑީފޯލްޓް" ވުމުގެ ތުންފަތްމައްޗަށް ދިޔައިރު ވެސް، އިންޑިއާ ސަރުކާރުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެ ދަރަނި ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދުނު އެދުމަށް އެންމެ ފަހު ދުވަހާ ހަމައަށް ވެސް އިންޑިއާއިން ޖަވާބެއް ނުދީ ލަސްކުރި ކަމަށާއި، އޭގެ ސަބަބުން ރާއްޖެ ދަރަނި ނުދެއްކޭ ފަދަ ނާޒުކު ހާލަތަކަށް ވެއްޓިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ދައުލަތެއްގެ ހައިސިއްޔަތުންނާއި، ދައުލަތުގެ ވެރިންގެ ހައިސިއްޔަތުން ރާއްޖެއިން އާދޭސްކުރަން ޖެހުމުން، ގައުމުގެ ކަރާމާތް ކުޑަވެގެން ދިޔަ މިންވަރާމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނާޒިމް ދެއްކެވި ކަމަށް ރިޕޯޓުކޮށްފައިވާ އެހެން ވާހަކަތަކަށް ބަލާއިރު، ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއާ އިންޑިއާއިން ދެކޮޅު ހަދާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ މަޝްރޫއާ ދެކޮޅަށް މަސައްކަތްކުރާ މައިގަނޑު ދެ ފަރާތަކީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތެވެ. އަދި ރާއްޖެ އިޤްތިސާދީ ގޮތުން އިންޑިއާގެ މައްޗަށް ބަރޯސާވުން ހުއްޓުމަކަށް އައުމަކީ އެ ގައުމުން އެދޭ ކަމެއް ނޫން ކަމަށާއި، ބަރޯސާވާ މިންވަރު ކުޑަވެދާނެތީ އެ ގައުމުން ޖެހިލުންވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އަދި ރަސްމާލެ މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިއްޖެނަމަ އިންޑިއާގެ ދަރަނި އަދާކުރެވޭނެ ވަސީލަތްތައް ރާއްޖެއަށް ލިބި، އެ ގައުމަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ޚާރިޖީ ވުޒާރާގެ ބަހެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން މި ނޫހުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މައުލޫމާތު ސާފުކުރުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވި ނަމަވެސް، ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އަދި ކަމާބެހޭ ފަރާތްތަކަށް މެސެޖް ރައްދުކުރެވިފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

އަހުމަދު ނާޒިމް މުހައްމަދުރާއްޖެ-އިންޑިއާނިއު ދިއްލީރަސްމާލެ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
23 ނޮވެމްބަރު 2026

ދެ އަބްދުﷲގެ ގަޑުބަޑު...

23 ނޮވެމްބަރު 2026
ދެ އަބްދުﷲގެ ގަޑުބަޑު...
23 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް

23 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް
23 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލަ ކޮމިޓީއަށް

23 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލަ ކޮމިޓީއަށް
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ޑިސެންބަރު 3 އަށް އަވަސްކޮށްފި!

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ޑިސެންބަރު 3 އަށް އަވަސްކޮށްފި!
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް
21 ނޮވެމްބަރު 2026

މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟

21 ނޮވެމްބަރު 2026
މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!

21 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް