Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026 | ބުދަ 04:34

މިކަން އެ ބޯޓުގައި ތިބި މީޑިއާގެ މީހުންނާއި، ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށް ވެސް އެނގިފައި ނުވޭ. ޝޫމާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާއެއްގެ މައުލޫމާތު ކޮންގްރެސް އަށް ނޭނގި އޮއްވާ، ނޫސްތަކަށް އެނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2026 | ބުދަ 04:34
އެއަރ ފޯސް ވަން ކައިރީގައި ހުންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއަރ ފޯސް ވަން ކައިރީގައި ހުންނަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާން އިން ދީފާނެ ކަމަށް ބެލެވޭ ހަމަލާއެއްގެ ނުރައްކަލާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ތުރުކީ އިން ސިއްރިއްޔާތުގައި ފުރާވަޑައިގެންނެވި މައްސަލައިގައި ކޮންގްރެސް އަށް މައުލޫމާތު ދިނުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ވައިޓް ހައުސް އަށް ގޮވާލައިފި އެވެ.

ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ މިކަމަށް ގޮވާލެއްވީ، ޓްރަމްޕްގެ ދަތުރުފުޅު ސިއްރު ކުރުމަށްޓަކައި ވައިޓް ހައުސް އިން އޮޅުވާލުންތަކެއް ގެންގުޅުނުކަން "ވޮޝިންޓަން ޕޯސްޓް" ނޫހުން ރިޕޯޓު ކުރުމާ ގުޅިގެން އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި އެވެ.

މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ޓްރަމްޕް ކުރީގެ އެއަރ ފޯސް ވަން މަތިންދާ ބޯޓަށް އަރާވަޑައިގަންނަވާ މަންޒަރު ކެމެރާތަކަށް ދެއްކުމަށް ފަހު، އޭނާ ވަނީ ސިއްރިއްޔާތުގައި ކޭޓަރިން ޓްރަކެއްގެ އެހީގައި ސީ-32އޭ މަރުކާރުގެ އަސްކަރީ ބޯޓަކަށް ބަދަލުކޮށްފައި އެވެ.

މިކަން އެ ބޯޓުގައި ތިބި މީޑިއާގެ މީހުންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށް ވެސް އެނގިފައި ނުވެ އެވެ. ޝޫމާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާއެއްގެ މައުލޫމާތު ކޮންގްރެސް އަށް ނޭނގި އޮއްވާ، ނޫސްތަކަށް އެނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި އޮޕަރޭޝަންގެ މައުލޫމާތު ކޮންގްރެސްގެ "ގޭންގް އޮފް އެއިޓް" ނުވަތަ އެންމެ ނުފޫޒުގަދަ އަށް މެންބަރުންނަށް ވެސް ހިއްސާކޮށްފައި ނުވާކަން މިހާރު ވަނީ ހާމަވެފައި އެވެ. ޝޫމާގެ އިތުރުން ސެނެޓް އިންޓެލިޖެންސް ކޮމިޓީގެ އިސް މެންބަރު މާކް ވޯނަރަށް ވެސް މިކަމުގެ މައުލޫމާތު ދީފައި ނުވާ ކަމަށް އޭނާގެ އޮފީހުން ބުނެ އެވެ. ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ލީޑަރުން ކަމަށްވާ ސެނެޓަރު ޖޯން ތޫން އާއި ހައުސް ސްޕީކަރު މައިކް ޖޯންސަން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. 

މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ދެފުށް ފެންނަ މިންވަރާމެދު ސުވާލު އުފެދިފައިވާއިރު، ކުރީގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ނެޑް ޕްރައިސް ވިދާޅުވީ، ހާދިސާ ހިނގިތާ ހަފުތާ ލތަކެއް ވީއިރު ވެސް ވައިޓް ހައުސް އިން ރައްޔިތުންނަށް ތެދު މައުލޫމާތު ދެމުން ނުދާ ކަމަށެވެ. އަދި ސެނެޓަރު ރިޗަޑް ބްލޫމެންތާލް ވިދާޅުވީ، ރައީސްގެ ސަލާމަތަށްޓަކައި ސީކްރެޓް ސަރވިސް އިން އެޅި ފިޔަވަޅުތަކަށް ތައުރީފު ކުރެއްވި ނަމަވެސް، ރައީސް ނެތި ކުރީގެ އެއަރ ފޯސް ވަންގައި ދަތުރުކުރި މުވައްޒަފުންނާއި ނޫސްވެރިންގެ ސަލާމަތަށް އެޅި ފިޔަވަޅުތައް ސާފު ކުރަން ބޭނުންވާ ކަމަށެވެ.

ވައިޓް ހައުސް އިން މިހާތަނަށް މި މައްސަލައިގައި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އަންގާރަ ދުވަހު އޯހިއޯ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވާފައި ނުވެ އެވެ. ޓްރަމްޕް މިހާރު ދަތުރު ކުރައްވަނީ ޤަތަރުން ހަދިޔާ ކޮށްފައިވާ އައު އެއަރ ފޯސް ވަން މަތިންދާ ބޯޓުގައި އެވެ.

އާންމު އުސޫލުން ރައީސުންގެ މިފަދަ ސިއްރު ދަތުރުފުޅުތަކަށް ފަހު މައުލޫމާތު ހާމަކުރި ނަމަވެސް، މިފަހަރު އެކަން ކޮށްފައި ނުވާތީ ޑިމޮކްރެޓިކް ޕާޓީ އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މަސްދަރު: ދި ވޮޝިންޓަން ޕޯސްޓް

އެމެރިކާޗަކް ޝުމާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

11 އޯގަސްޓު 2026
އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
11 އޯގަސްޓު 2026

މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ

11 އޯގަސްޓު 2026
މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ
11 އޯގަސްޓު 2026

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!

11 އޯގަސްޓު 2026
އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟

10 އޯގަސްޓު 2026
އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟
10 އޯގަސްޓު 2026

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

10 އޯގަސްޓު 2026
ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް