Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026 | އަންގާރަ 05:17

އުމުރުފުޅުން 80 އަހަރުގެ ޓްރަމްޕް އޯވަލް އޮފީހުގެ ރެޒޮލިއުޓް ޑެސްކު ކައިރީގައި އިންނެވިއިރު، ކެނެޑީ އާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ޑިރެކްޓަރު ޖޭ ބަޓަޗާރިޔާ ވާހަކަ ދައްކަވަމުން ދިޔައިރު، ތަކުރާރުކޮށް ލޯފުޅު މެރުނު މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 05:17

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނިދިޖެހިފައި އިންނަވާ މަންޒަރު ފެންނަ ވީޑިއޯ | ސޯޝަލް މީޑިއާ

އެމެރިކާާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ބޭއްވި ރަސްމީ ބައްދަލުވުމެއްގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ނިދިޖެހިފައި އިންނެވި ވީޑިއޯ އާންމުވެ، ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

މި ހާދިސާ ހިނގާފައިވަނީ ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ އަދަދު މަދުކުރުމަށާއި ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދޭ އެމްއެމްއާރް ވެކްސިން ތިން ބަޔަކަށް ބަހައިގެން ދިނުމަށް އެކުލަވާލި ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މިއީ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަވާ އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސަރވިސަސް ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އިސްވެ ހުންނަވައިގެން ގެންނަވާ ބަދަލެކެވެ.

އުމުރުފުޅުން 80 އަހަރުގެ ޓްރަމްޕް އޯވަލް އޮފީހުގެ ރެޒޮލިއުޓް ޑެސްކު ކައިރީގައި އިންނެވިއިރު، ކެނެޑީ އާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ޑިރެކްޓަރު ޖޭ ބަޓަޗާރިޔާ ވާހަކަ ދައްކަވަމުން ދިޔައިރު، ތަކުރާރުކޮށް ލޯފުޅު މެރުނު މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައި އެވެ.

ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ޓްރަމްޕް ނިދި ޖެހިފައި އިންނަވާ މަންޒަރު

ސޯޝަލް މީޑިއާގައި މި ވީޑިއޯތަކަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވަނީ، ޓްރަމްޕް އިރުކޮޅަކު ލޯ ހުޅުވާލެއްވުމަށް ފަހު އަނެއްކާ ވެސް "ހުވަފެނީ ދުނިޔެއަކަށް" ގެނބިގެންދާ މަންޒަރަކީ މަޖާ ކަމެއް ނަމަވެސް، މިއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަން އަށް "ސްލީޕީ ޖޯ" ގެ ނަމުން މަލާމާތް ކުރެއްވި ޓްރަމްޕްގެ މި އަމަލުފުޅަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައި އެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ދިފާއުގައި ވާހަކަ ދައްކާފައި އެވެ. ވައިޓް ހައުސް އިން ބުނީ ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަކަތަ ހުރި އަދި ވިސްނުން ތޫނު ރައީސް ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ބައިޑަންގެ ސިއްހީ ހާލަތު މީޑިއާތަކުން ފޮރުވަން މަސައްކަތް ކުރި ނަމަވެސް، ޓްރަމްޕްގެ ހާލަތު މާ ރަނގަޅު ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

ނަމަވެސް ސިއްހީ މާހިރުން ގެންދަނީ ޓްރަމްޕްގެ ސިއްހަތާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ސީއެންއެންގެ މެޑިކަލް އެނަލިސްޓް ޑރ. ޖޮނަތަން ރައިނާ ވިދާޅުވީ، ޓްރަމްޕްގެ ކިބައިން ދުވާލު ގަޑީގައި އާދަޔާ ޚިލާފަށް ނިދި އަންނަ ބަލި ނުވަތަ "ސިވިއާ ޑޭޓައިމް ސޮމްނޮލެންސް" ފެންނަ ކަމަށެވެ. މީގެ ކުރިން ލިންޑްސީ ގްރަހަމްގެ ޖަނާޒާގައި ވެސް ޓްރަމްޕް އަށް ނިދި ޖެހުނުކަން ފާހަގަ ކުރެވިފައިވާއިރު، މިއީ އުމުރުން ދުވަސްވީ މީހުންނަށް ޑިމެންޝިއާ ފަދަ ބަލިތަކުގެ ނުރައްކާ އޮތް ކަމުގެ ނިޝާނެއް ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވި އެންމެ އުމުރުން ދުވަސްވީ ބޭފުޅާގެ ރެކޯޑް އޮތް ޓްރަމްޕް ވަނީ އޭނާގެ ސިއްހަތު ހުރީ އެންމެ ރަނގަޅަށް ކަމަށް ވިދާޅުވެފައި އެވެ. މިދިޔަ މެއި މަހު ވޯލްޓަރ ރީޑް ހޮސްޕިޓަލް އިން ހެއްދެވި މެޑިކަލް ޗެކަޕްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަ ކުރައްވާފައި އެވެ.

މަސްދަރު: ދި އިންޑިޕެންޑެންޓް

އެމެރިކާވައިޓް ހައުސްޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟

10 އޯގަސްޓު 2026
އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟
10 އޯގަސްޓު 2026

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

10 އޯގަސްޓު 2026
ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ
09 އޯގަސްޓު 2026

ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި

09 އޯގަސްޓު 2026
ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި
08 އޯގަސްޓު 2026

އީރާނާއެކު ކުރަމުންދާ ހަނގުރާމައިން "އަބުރުވެރިކަމާއެކު" އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދުމަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދަނީ ސިއްރިއްޔާތުގައި މަސައްކަތްކުރައްވަމުން - ސީއެންއެން

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

08 އޯގަސްޓު 2026
ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް