Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯ

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

22 ނޮވެމްބަރު 2026 | އާދީއްތަ 09:53

މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް ބައިނަލްއަޤުވާމީ ދަތުރުފުޅުތަކުގައި އާންމު ފްލައިޓްތަކުގެ އިކޮނޮމީ ކްލާސް އިޚްތިޔާރުކުރެއްވުމާ ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެކަމަނާ ގެންގުޅުއްވާ ސާދާ ސިޔާސަތަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައި. މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާގެ މަޤާމު ފުރުއްވާ މި ސައިންސްވެރިޔާއަކީ، ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރައްވައި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާ ލީޑަރެއް

އަލް - ހުރަވީ
އަލް - ހުރަވީ | 22 ނޮވެމްބަރު 2026 | އާދީއްތަ 09:53
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް އޭޕެކް ސީއީއޯ ސަމިޓުގައި

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް އޭޕެކް ސީއީއޯ ސަމިޓުގައި | ޗައިނާ ޑެއިލީ

މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް، ޗައިނާގެ ޝެންޒެންގައި ބާއްވާ 2026 ވަނަ އަހަރުގެ އޭޕެކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އާންމު ކޮމާޝަލް ފްލައިޓެއްގެ އިކޮނޮމީ ކްލާހުގައި 21 ގަޑިއިރުގެ ދަތުރެއް ކުރެއްވުމާ ގުޅިގެން، ދުނިޔޭގެ ސަމާލުކަން އެކަމަނާއަށް ހުއްޓިއްޖެ އެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ޚާއްސަ ރިޔާސީ ޖެޓުތަކާއި ފަސްޓް ކްލާހުގައި ދަތުރުކުރައްވަމުން ގެންދަވާއިރު، ޝައިންބައުމް އިޚްތިޔާރުކުރެއްވީ ޗައިނާ ސަދަން އެއަރލައިންސްގެ އާދައިގެ އިކޮނޮމީ ކްލާސް ޓިކެޓެކެވެ.

Advertisement - worldAdvertisement

ސޯޝަލް މީޑިއާގައި ވައިރަލްވި 21 ގަޑިއިރުގެ ދަތުރުފުޅު

2026 ވަނަ އަހަރުގެ އޭޕެކް ސަމިޓަށް އެކަމަނާ ކުރެއްވި މި ސާދާ ދަތުރުފުޅަށް އޮންލައިންކޮށް ގިނަ ބަޔަކު ތައުރީފުކުރަމުންދާއިރު، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ވީބޯ' ގައި އެކަމަނާގެ ދަތުރުފުޅާ ގުޅޭ ހޭޝްޓެގަށް 10.2 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ހުރުމަތްތެރިކޮށް ހިއްތަވައި، ދެއްކުންތެރިކަމެއް ނެތި އެކަމަނާ ދަތުރުކުރެއްވި ގޮތަށް ތައުރީފުކޮށްފަ އެވެ. 

މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް, ޗައިނާ ސަރދަން އެއަރލައިން އިކޮނަމި ކްލާސް ސީޓް 33ބީ ގައި

މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމް, ޗައިނާ ސަރދަން އެއަރލައިން އިކޮނަމި ކްލާސް ސީޓް 33ބީ ގައި | ޗައިނާ ސަދަން އެއަރލައިން

ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ދެމެހެއްޓެވުން

އާންމު ފްލައިޓްތަކުގެ އިކޮނޮމީ ކްލާހުގައި ޝައިންބައުމް ދަތުރުކުރެއްވުމަކީ، މެކްސިކޯގެ ކުރީގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަޑޯރ 2018 ވަނަ އަހަރު ފެއްޓެވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ކަމެކެވެ. ލޮޕޭޒް އޮބްރަޑޯރ ވަނީ 200 މިލިއަން ޑޮލަރުގެ ރިޔާސީ ޖެޓު ބޭނުންކުރެއްވުމަށް ދެކޮޅު ހައްދަވައި، 2023 ވަނަ އަހަރު އެ ޖެޓު ވިއްކަވާލައްވާފަ އެވެ. ޝައިންބައުމް މީގެ ކުރިން ބްރެޒިލްގައި ބޭއްވި ޖީ-20 ސަމިޓަށާއި، ކެނެޑާގައި ބޭއްވި ޖީ-7 ސަމިޓުގެ އިތުރުން ސްޕެއިންއަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ދަތުރުކުރައްވާފައިވަނީ ކޮމާޝަލް ފްލައިޓްތަކުގެ އިކޮނޮމީ ކްލާހުގަ އެވެ.

ސައިންސްވެރިއަކުން ތާރީޚީ ރައީސާއަކަށް

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަޤާމާ ހަވާލުވެވަޑައިގެންނެވި ޝައިންބައުމްއަކީ، މެކްސިކޯގެ ތާރީޚުގައި އެ ޤައުމުގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން، އެނަރޖީ އިންޖިނިއަރިންގްގެ ދާއިރާއިން ޕީއެޗްޑީ ޙާސިލުކުރައްވާފައިވާ ޝައިންބައުމްއަކީ، ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ޕެނަލްގައި ވެސް މަސައްކަތްކުރައްވާފައިވާ ސައިންސްވެރިއެކެވެ.

ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރައްވާ ލީޑަރެއް

ޔަހޫދީ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް، ޝައިންބައުމްއަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާ ލީޑަރެކެވެ. ޣައްޒާގައި އިސްރާއީލުން ހިންގަނީ ޤަތުލުއާންމެއް ކަމަށް ސިފަކުރައްވައި، އެކަން ވަގުތުން ހުއްޓާލުމަށް އެކަމަނާ ވަނީ ގޮވާލައްވާފަ އެވެ. އަދި މެކްސިކޯގައި ފަލަސްޠީނުގެ ސަފީރަކަށް ފުރިހަމަ ޑިޕްލޮމެޓިކް ހައްޤުތައް ދެއްވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެކަމަނާ ގެންދަވަނީ ތާއީދުކުރައްވަމުންނެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިލްމީ ވިސްނުމާއެކު ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ޝައިންބައުމް ގެންގުޅުއްވާ މި ސާދާ އުސޫލަކީ، ދުނިޔޭގެ ސިޔާސީ މަސްރަޙުގައި އެކަމަނާ އެހެން ވެރިންނާ ތަފާތުކޮށްދޭ އެންމެ ބޮޑު އެއް ސިފަ އެވެ.

ކްލައުޑިއާ ޝެއިންބައުމްމެކްސިކޯ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި

13 އޯގަސްޓު 2026
މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި
05 އޯގަސްޓު 2026

މެކްސިކޯގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބަޑިޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލައިފި

05 އޯގަސްޓު 2026
މެކްސިކޯގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބަޑިޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލައިފި
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
12 ޖުލައި 2026

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

12 ޖުލައި 2026
ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
02 ޖުލައި 2026

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި

02 ޖުލައި 2026
މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް