Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހުޅުމާލެ ހޮސްޕިޓަލް

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

23 ނޮވެމްބަރު 2026 | ހޯމަ 11:45

ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދޭނެ މުވައްޒަފުންނާއި ބޭސް ނެތުމުގެ ސަބަބުން ތުއްތު ކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ހާދިސާއާއެކު، ރާއްޖޭގެ ސިއްހީ ނިޒާމު އިންތިހާއަށް ދަށަށް ގޮސްފައިވާކަން ވަނީ ހާމަވެފައި. ސަރުކާރުގެ ހޮސްޕިޓަލުތަކުން އަސާސީ ޚިދުމަތްތައް ނުލިބި އާސަންދަ ފޭލިވަމުންދާތީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2026 | ހޯމަ 11:45
އޮކްސިޖަން ދަށްވި ތުއްތު ކުއްޖާގެ މަންމަ، ނައިފާ ހަސަން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓާ ގުޅޭގޮތަށް އެޑިޓް ކޮށްފައިވާ ފޮޓޯއެއް

އޮކްސިޖަން ދަށްވި ތުއްތު ކުއްޖާގެ މަންމަ، ނައިފާ ހަސަން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓާ ގުޅޭގޮތަށް އެޑިޓް ކޮށްފައިވާ ފޮޓޯއެއް | ރާއްޖެއެމްވީ

ހަތަރު ދުވަސް ވަންދެން ހުމާއި ވޭނުގައި ތެޅިފޮޅެމުންދިޔަ ތުއްތު ކުއްޖާގެ ނޭވާ ކުރުވެ، ހަށިގަނޑުން ވަރުދޫވަމުން ދިޔައީ އަމިއްލަ ލޯކުރިމަތީގަ އެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް ހިތްފަޅައިގެންދާ ފަދަ ބިރުވެރިކަމަކާއެކު މަންމަ ދުއްވައިގަތީ ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީއާ ދިމާލަށެވެ. ޓްރިއާޖް މޭޒު މަތިން ލިބުނު ނަތީޖާއިން މުޅި މީހާ ގަނޑުވި ކަހަލަ އެވެ. ކުޑަކުއްޖާގެ ލެއަށް އޮކްސިޖަން ދައުރުވާ މިންވަރު ހުރީ އެންމެ 86 އިންސައްތައިގަ އެވެ.

މިއީ ސިއްހީ ގޮތުން އަވަސް ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވާ މިންވަރެކެވެ. ނަމަވެސް، އެ ތުއްތު ފުރާނަ އޮކްސިޖަނަށް އެދި ތެޅިފޮޅެމުން ދިޔައިރު، ހޮސްޕިޓަލުން ދިން ޖަވާބަކީ އިންތިޒާރު ކުރުމަށެވެ. އިމަޖެންސީގައި ހުރި އެންމެ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ އެހީތެރިކަން ވެސް ވަގުތުން ނުލިބި، މަންމަގެ ލޮލުން އޮހޮރުނު ކަރުނައާއެކު ވެއިޓިންގ އޭރިއާގައި ހޭދަކުރަން ޖެހުނު ވަގުތުތަކަކީ އެ އާއިލާއަށް ގަރުނެއް ފަދަ ދިގު، އަދި އެހާމެ ހިތްދަތި ވަގުތުތަކެކެވެ.

ދަރިފުޅަށް ފަރުވާ ދިނުމަށް އެދި އަޅުގަނޑުމެން އެތައް ފަހަރަކު އާދޭސްކުރިން. އެކަމަކު ލިބުނު ހިތްދަތި ޖަވާބަކީ ސްޓާފުން މަދު ކަމަށާއި، މިވަގުތު ބަލަނީ އިމަޖެންސީ ބަލިމީހުން ކަމަށް. ކުޑަކުއްޖެއްގެ އޮކްސިޖަން 86 އަށް ވެއްޓިފައިވާއިރު، އެއީ އިމަޖެންސީއެއް ނޫންތޯ

އެ ތުއްތު ކުއްޖާގެ މަންމަ ނައިފާ ހަސަން މި ސުވާލުތަކުން އަސަރުނުކުރޭތޯ އެވެ. 

އޮކްސިޖަން ދަށްވި ތުއްތު ކުއްޖާގެ މަންމަ، ނައިފާ ހަސަން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓް

އޮކްސިޖަން ދަށްވި ތުއްތު ކުއްޖާގެ މަންމަ، ނައިފާ ހަސަން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓް | ސޯޝަލް މީޑިއާ

އިމަޖެންސީގައި ހުރެމެ ފަރުވާ ދޭނެ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިލަމެއް ނުވެ، އެތަނުގައި ހުރި އެހެން އާންމު މީހަކު އައިސް އަމިއްލަ ކްލިނިކަކަށް ދިއުމަށް ބުނަން ޖެހުނު ހިސާބުން، ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ހަގީގީ ހާލަތު އޮތީ ކިހާ ދަށު ދަރަޖައެއްގައިކަން ހާމަވަގެންދޭ ނުންތޯ އެވެ. ދަރިފުޅު އޮކްސިޖަން ގުޅައިގެން ނޭވާލާން ތެޅިފޮޅެމުން ދިޔައިރު، އެންމެ ކުޑަމިނުން ޑޮކްޓަރު ލިޔެދެއްވި އަސާސީ އެންޓިބަޔޮޓިކްސް ބޭސްކޮޅު ވެސް އެ ހޮސްޕިޓަލަކުން ލިބޭކަށް ނެތެވެ. އަދި ހުޅުމާލޭގެ ހުރިހާ ފާމަސީއެއް ފުރޭނުމުން ވެސް އެ ބޭސް ނުލިބި، ތުއްތު ފުރާނައަށްޓަކައި މައިންބަފައިން ސަލާންޖަހަން މަޖުބޫރުވުމަކީ މިއަދު ދިވެހި ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމާއި ހިތާމަ އެވެ.

ހިތާމައަކީ މިއީ ހަމައެކަނި ހުޅުމާލޭ ހޮސްޕިޓަލުގެ މައްސަލައަކަށް ނުވުމެވެ. މިއީ މިއަދު ސަރުކާރުގެ ހުރިހާ ހޮސްޕިޓަލަކާއި ހެލްތު ސެންޓަރެއްގެ ހިތި ހަގީގަތެވެ. އައިޖީއެމްއެޗުން ފެށިގެން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކާ ހަމައަށް ބެލި ނަމަވެސް ފެންނަނީ އެއް މަންޒަރެކެވެ. އެނދުތައް ފުރިބާރުވެ، ވަސީލަތްތައް މަދުވެ، ބޭސް ސިޓީއަށް ސަލާންޖަހަން ޖެހުމެވެ. ދިވެހި ތާރީޚުގައި ސަރުކާރުތައް ބަދަލުވަމުން، ވެރިން އައިސް ގޮސްވީ ނަމަވެސް، ސިއްހީ ދާއިރާގެ އިހުމާލުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކޮންމެ ވެރިކަމެއްގައި ވެސް ސިއްހީ ޚިދުމަތް ރަނގަޅުކުރުމުގެ ފޮނި ވައުދުތައްވީ ނަމަވެސް، ޒަމާނުއްސުރެ ހިނގަމުން އަންނަ މި އިހުމާލުތައް މިދަނީ އިތުރުވަމުންނެވެ. އަދި މި ސަރުކާރާއެކު މި ހާލަތު މިވަނީ ކުރިއަށްވުރެ ވެސް ބޮޑަށް ގޯސްވެ، އިންތިހާއަށް ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ. ސިއްހީ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، އަސާސީ ބޭސްތައް ނުލިބި، އާސަންދައިގެ ނިޒާމު ފޭލިވެ، ރައްޔިތުން މުޅިން ބިކަވެއްޖެ އެވެ.

ދުނިޔެ ތަރައްގީވެ، ޒަމާނީ ޓެކްނޮލޮޖީއާއި އުމްރާނީ ބޮޑެތި ކުރިއެރުންތައް ރާއްޖެއަށް ވެސް އަންނަމުންދާއިރު، ސިއްހީ ނިޒާމު މިދަނީ އެއާ ޚިލާފަށް ދުވަހެއް ދުވަހަކަށް ފަހަތަށް ސޮއްސައިލަމުންނެވެ. ބޮޑެތި ބިލްޑިންގތަކާއި ޒަމާނީ ވަސީލަތްތަކުގެ ނަން ބޯޑުތައް އެޅުވި ނަމަވެސް، އެތަންތަނުން އިންސާނިއްޔަތުކަމާއެކު ފަރުވާ ދޭނެ މީހެއް ނެތެވެ. ޒަމާނަށް އަންނަ ކުރިއެރުންތަކާއެކު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ފަހަތުފަޔަށް ދަމަމުން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ކޮންމެ ދުވަހަކު ބޮޑެތި ބަލިތަކަށް ބޭސް ހޯދުމަށާއި ޑޮކްޓަރަށް ދެއްކުމަށް ސޯޝަލް މީޑިއާގައްޔާއި މަގުމަތީގައި ސަލާންޖަހަން ޖެހޭ ދިވެހި ރައްޔިތުންގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ގައުމުގެ އެންމެ އަސާސީ ހައްގު ކަމުގައިވާ ސިއްހީ ރައްކާތެރިކަން ކަށަވަރުނުވާ ތަނެއްގައި އެހެން އެއްވެސް ތަރައްގީއެއްގެ އަގެއް ނެތެވެ.

މިއީ ހަމައެކަނި ނައިފާ ފަދަ އެންމެ މަންމައެއްގެ ހިތުގެ އުދާހާއި އާދޭހެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ބަލި އެނދުގައި ގިސްލަމުންދާ ކޮންމެ ކުޑަކުއްޖަކާއި، އަދި އެ ދަރިންގެ ފުރާނަ ސަލާމަތްނުކުރެވިދާނެ ކަމުގެ ބިރުވެރިކަމުގައި ރޮއިކަރުނައަޅާ ކޮންމެ މައިންބަފައިންގެ ހިތުގެ އަޑެވެ. ސިއްހީ ދާއިރާގެ މި ބޮޑު ނާކާމިޔާބީއާއި ފަރުވާކުޑަކަމަށް ހަމަހިމޭނުން ތިބެވޭކަށް ދެން ނެތެވެ. ސަރުކާރުތަކުގެ ޒިންމާދާރުކަން ކުޑަކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ. ދިވެހި ރައްޔިތުންގެ ސިއްހީ ފެންވަރު ރަނގަޅުކޮށް، ގަދަރާއި އިއްޒަތާއެކު ފަރުވާ ލިބޭނެ ހަގީގީ ނިޒާމެއް ގާއިމުކުރުމަށްޓަކައި މިއަދު ދިވެހި އެންމެހައި ރައްޔިތުން އެއްއަޑަކުން ނުކުމެ ވަކާލާތު ކުރަން ވެއްޖެ އެވެ. ފުރާނައެއް ގެއްލިގެން ދިއުމުގެ ކުރިން މި ހާލަތު ބަދަލުކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ނޫންތޯ އެވެ.

ނައިފާ ހަސަންހުޅުމާލެ ހޮސްޕިޓަލްއައިޖީއެމްއެޗްސިއްޙީ ހިދުމަތް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

18 ނޮވެމްބަރު 2026
ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން
10 ނޮވެމްބަރު 2026

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަނަށް އަނިޔާތަކެއް

10 ނޮވެމްބަރު 2026
ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަނަށް އަނިޔާތަކެއް
09 ނޮވެމްބަރު 2026

ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

09 ނޮވެމްބަރު 2026
ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ
30 އޮކްޓޯބަރު 2026

ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން ފަރުވާ ހޯދުމަށް މީހަކު ގެންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި

30 އޮކްޓޯބަރު 2026
ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން ފަރުވާ ހޯދުމަށް މީހަކު ގެންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި
19 އޮކްޓޯބަރު 2026

ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި

19 އޮކްޓޯބަރު 2026
ހުޅުމާލެ ފޭސް-2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި
19 އޮކްޓޯބަރު 2026

ބޭރުގެ ހޮސްޕިޓަލްތަކުން ސިއްހީ ހިދުމަތް ހޯދާ ދިވެހި އާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް، ލިމިޓު އާވާނެކަމުގެ އިންތިޒާރުގައި މުޅި ދުވަސް!

19 އޮކްޓޯބަރު 2026
ބޭރުގެ ހޮސްޕިޓަލްތަކުން ސިއްހީ ހިދުމަތް ހޯދާ ދިވެހި އާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް، ލިމިޓު އާވާނެކަމުގެ އިންތިޒާރުގައި މުޅި ދުވަސް!
08 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

08 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
31 އޯގަސްޓު 2026

އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!

31 އޯގަސްޓު 2026
އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!
26 އޯގަސްޓު 2026

ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

26 އޯގަސްޓު 2026
ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
26 އޯގަސްޓު 2026

މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

26 އޯގަސްޓު 2026
މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް