Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ ބޯޓު ބަދަލުކުރަން ގެންގުޅު އުކުޅަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ދައުރުގައި ވެސް ކުރެއްވި ކަމެއް، އެކަމަކު އޭރު މީޑިއާތަކަށް އެ މައުލޫމާތު ހިއްސާ ކުރި!

12 އޯގަސްޓު 2026 | ބުދަ 04:47

2000 ވަނަ އަހަރުގެ މާޗު މަހު އިންޑިއާ އިން ޕާކިސްތާންގެ އިސްލާމްއާބާދަށް ކުރެއްވި ހައި ރިސްކް ދަތުރުފުޅެއްގައި ބިލް ކްލިންޓަން ވަނީ ފާހަގަ ނުކުރެވޭ ޑެކޯ ބޯޓަކަށް ބަދަލުވެ ވަޑައިގެންފައި. އެމެރިކާގެ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސަރވިސް އާއި ވައިޓް ހައުސް އިން މި ސިއްރު ބަދަލުކުރުމަށް އަމުރުކުރީ ސަލާމަތީ ގޮތުން އިންތިހާ އަށް ކުރިމަތިވާ ނުރައްކާތަކާއި އުދަނގޫ ސަރަހައްދެއްގައި އެންޓި އެއާކްރާފްޓް ބަޑިޖެހުންތަކުން ބިލް ކްލިންޓަން ރައްކާތެރި ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2026 | ބުދަ 04:47
އެމެރިކާާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި އޭނާ ވެސް ދަތުރު ކުރެއްވި ބޯޓު ބަދަލު ކުރެއްވިއިރު، އެކަމުގެ މައުލޫމާތު އޭރު ވަނީ ނޫސްވެރިންނަށް ދީފައި

އެމެރިކާާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި އޭނާ ވެސް ދަތުރު ކުރެއްވި ބޯޓު ބަދަލު ކުރެއްވިއިރު، އެކަމުގެ މައުލޫމާތު އޭރު ވަނީ ނޫސްވެރިންނަށް ދީފައި | ދި ވޮޝިންޓަން ޕޯސްޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ކުރެއްވި ދަތުރުފުޅެއްގައި، އޭނާ ދަތުރު ކުރައްވާ ރަސްމީ މަތިންދާ ބޯޓު "އެއަރ ފޯސް ވަން" ބަދަލު ކުރައްވައިގެން ގެންގުޅުއްވި އުކުޅަކީ، މީގެ ކުރިން އެ ޤައުމުގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި ވެސް ބޭނުން ކޮށްފައިވާ އުކުޅެއްކަން ހާމަވެއްޖެ އެވެ.

ނަމަވެސް، މިދިޔަ ޖުލައި މަހު ހިނގި ޓްރަމްޕް ހާދިސާ އާއި 2000 ވަނަ އަހަރު ހިނގި ބިލް ކްލިންޓަންގެ ހާދިސާގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރި އެވެ. އޭރު، ބިލް ކްލިންޓަން ދަތުރު ކުރެއްވި ބޯޓު ބަދަލު ކުރަން ޖެހުނު ސަބަބު، ވަގުތުން ނޫސްވެރިން ނުވަތަ މީޑިއާތަކަށް އަންގާފައިވެ އެވެ. 

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
Raajje.mv

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރި ނޫސްވެރިއަކު ހާމަކޮށްފައިވާ ގޮތުގައި، މީގެ 26 އަހަރު ކުރިން ނުވަތަ، 2000 ވަނަ އަހަރު ބިލް ކްލިންޓަންގެ މަތިންދާ ބޯޓު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ހިންގި އެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ދަތުރުފުޅާ ޚިލާފަށް، ކްލިންޓަންގެ ދަތުރުފުޅުގައި އެކުގައި ދަތުރުކުރި ނޫސްވެރިންނަށް އެކަމުގެ މައުލޫމާތު ކުރީ ބައިގައި ދީފައިވާ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.

ބިލް ކްލިންޓަންގެ ވެރިކަމުގައި ހިންގި މި އޮޕަރޭޝަން އަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރިއްޔާތުގައި ކުރިއަށްގެން ދިޔަ ކަމަކަށް ވީ ނަމަވެސް، އެ ދަތުރުފުޅުގައި ބައިވެރިވި ޕްރެސް ކޯ ނުވަތަ، ނޫސްވެރިންގެ ޓީމަށް އެކަމުގެ ތަފްސީލު އަދި ކުރިމަތިވެދާނެ ނުރައްކާތަކުގެ މައުލޫމާތު ވައިޓް ހައުސް އިން ވަނީ ބުނެދީފައި އެވެ. މިއީ ޓްރަމްޕްގެ ދަތުރުފުޅުގައި ކަން ހިނގައި ދިޔަ ގޮތާ ބަލާއިރު، ފާހަގަ ކޮށްލެވޭ ބޮޑު ތަފާތެކެވެ.

2000 ވަނަ އަހަރުގެ މާޗު މަހު އިންޑިއާ އިން ޕާކިސްތާންގެ އިސްލާމްއާބާދަށް ކުރެއްވި ހައި ރިސްކް ދަތުރެއްގައި ބިލް ކްލިންޓަން ވަނީ ފާހަގަ ނުކުރެވޭ ޑެކޯ ބޯޓަކަށް ބަދަލުވެ ވަޑައިގެންފައި އެވެ. އެމެރިކާގެ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސަރވިސް އާއި، ވައިޓް ހައުސް އިން މި ސިއްރު ބަދަލު ކުރުމަށް އަމުރުކުރީ ސަލާމަތީ ގޮތުން އިންތިހާ އަށް ކުރިމަތިވާ ނުރައްކާތަކާއި އުދަނގޫ ސަރަހައްދެއްގައި އެންޓި އެއާކްރާފްޓް ބަޑިޖެހުންތަކުން ބިލް ކްލިންޓަން ރައްކާތެރި ކުރުމަށެވެ.

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
Raajje.mv

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

ޓްރަމްޕްގެ ދަތުރުފުޅުގައި މަތިންދާ ބޯޓު ބަދަލުކުރި މައްސަލައިގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ، އެއީ މީގެ ކުރިން ވެސް އެމެރިކާގެ ރައީސުން ބޭނުން ކޮށްފައިވާ "ޕްލޭބުކް" ނުވަތަ އުސޫލެއް ކަމަށް ވީ ނަމަވެސް، މައުލޫމާތު ހިއްސާ ކުރުމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުންނެވެ. ކްލިންޓަންގެ ވެރިކަމުގައި ނޫސްވެރިންނަށް އިތުބާރުކޮށް، ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައިވާއިރު، ޓްރަމްޕްގެ ދަތުރުފުޅުގައި އެފަދަ މައުލޫމާތެއް ކުރީ ބައިގައި ދީފައި ނުވާކަން މިހާރު ވަނީ ކަށަވަރުވެފައި އެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ވެސް އެކި ޚިޔާލުތައް ދަނީ ފާޅު ކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ސަލާމަތީ ކަންކަމުގައި މިފަދަ އުކުޅުތައް ބޭނުން ކުރުމަކީ މުހިންމު ކަމަކަށް ވީ ނަމަވެސް، ދައުލަތުގެ މުހިންމު ދަތުރުފުޅުތަކުގައި ނޫސްވެރިންނަށް ދޭންޖެހޭ މައުލޫމާތު ދިނުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކުރަން ޖެހޭނެ ކަމެކެވެ.

މަސްދަރު: ދި ވޮޝިންޓަން ޕޯސްޓް

އެމެރިކާބިލް ކްލިންޓަންޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި

12 އޯގަސްޓު 2026
ސިއްރުން ޓްރަމްޕްގެ ފްލައިޓް ބަދަލު ކުރަން ޖެހުނު މައްސަލައިގެ ތަފްސީލު ހިއްސާ ކުރުމަށް، ޑިމޮކްރެޓިކް ޕާާޓީ އިން ގޮވާލައިފި
11 އޯގަސްޓު 2026

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

11 އޯގަސްޓު 2026
އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
11 އޯގަސްޓު 2026

މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ

11 އޯގަސްޓު 2026
މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ
11 އޯގަސްޓު 2026

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!

11 އޯގަސްޓު 2026
އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!
11 އޯގަސްޓު 2026

މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި

11 އޯގަސްޓު 2026
މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026

ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ

11 އޯގަސްޓު 2026
ރަސްމީ ބައްދަލުވުމެއްގައި އަނެއްކާ ވެސް ޓްރަމްޕް ނިދިޖެހިފައި އިންނެވި ވީޑިއޯ އާއެކު، ފާޑު ކިޔުން އަމާޒުވަނީ
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟

10 އޯގަސްޓު 2026
އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟
10 އޯގަސްޓު 2026

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

10 އޯގަސްޓު 2026
ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް