Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅު ކައުންސިލް

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސިވިލް ސާރވިސް މަގާމަކަށް ވިޔަސް، މި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި ހަފްތާތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސާރވިސް މުވައްޒަފުން ރައީސް މުއިއްޒު އަލަށް އުފެއްދި "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފަ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލަކީ ސިޔާސީ ބޭނުމަކަށްޓަކައި ގެނައި ބަދަލެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 11 ޖޫން 2026 | ބުރާސްފަތި 00:55
އދ. އަތޮޅު ކައުންސިލް މެންބަރުން ރައީސް މުއިއްޒު އާއި އެކު: އަތޮޅު ކައުންސިލްތައް އުވާލާ މައި ސަރުކާރުން ހިންގާ "އަތޮޅު އޮފީސްތަކެއް" ގާއިމް ކުރުމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލަން ރައީސް މުއިއްޒު ގެންނެވި ބަދެލެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ.

އދ. އަތޮޅު ކައުންސިލް މެންބަރުން ރައީސް މުއިއްޒު އާއި އެކު: އަތޮޅު ކައުންސިލްތައް އުވާލާ މައި ސަރުކާރުން ހިންގާ "އަތޮޅު އޮފީސްތަކެއް" ގާއިމް ކުރުމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލަން ރައީސް މުއިއްޒު ގެންނެވި ބަދެލެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ. | ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސިވިލް ސާރވިސް މަގާމަކަށް ވިޔަސް، މި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި ހަފްތާތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސާރވިސް މުވައްޒަފުން ރައީސް މުއިއްޒު އަލަށް އުފެއްދެވި "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފަ އެވެ.

Advertisement - newsAdvertisement

ސިވިލް ސާރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން އަތޮޅު ކައުންސިލްތައް މިހާރު އުވިފައިވާތީ ހުރިހާ ސެކްރެޓަރީ ޖެނެރަލުން ވަޒީފާ އިން ވަކިކުރީ ކަމަށެވެ. އެ މަގާމަކީ ސިވިލް ސާރވިސް މަގާމެއް ކަމުގައިވިޔަސް، އެ މަގާމުތަކަށް މީހުން ނަގަނީ ކައުންސިލްތަކުގެ ދައުރުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
Raajje.mv

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

ރަޝީދު ވިދާޅުވީ، ގިނަ ސެކްރެޓަރީ ޖެނެރަލުންގެ ކޮންޓްރެކްޓް ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގައި ކަމަށާއި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީ ޕޮލިސީގެ ދަށުން ކަމަށެވެ.

އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސަރވިސް މުވައްޒަފުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި އަތޮޅު އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާރވިސް ކޮމިޝަނުން ފަށާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އުސޫލުގެ ތެރެއިން އެ މުވައްޒަފުން އަތޮޅު އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރަޝީދު ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތްގޮތަށް ރައީސް މުއިއްޒު އުފެއްދެވި އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް އަދިވެސް ރަސްމީކޮށް ފާސްވެފައި ނުވާކަން ވެސް ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދެއްވާފަ އެވެ. މި އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތްތަކެއް ހުއްޓިފައިވާތީ، މީގެ ކުރިން ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސިވިލް ސާރވިސްގެ މަގާމެއްގައި ތިއްބެވި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރީ، އެ މަގާމުތަކަށް ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ވާގިވެރިވާނެ ބަޔަކު އައްޔަންކުރުމަށް ކަމަށެވެ. 

ސިވިލް ސަވިރސް ކޮމިޝަން އިބްރާހިމް ރަޝީދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރިޑަންޑެންސީ ޕޮލިސީ

އިތުރަށް ކިޔާލަން

10 ޖޫން 2026

ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން

10 ޖޫން 2026
ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން
08 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު
08 ޖޫން 2026

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

08 ޖޫން 2026
ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު
08 ޖޫން 2026

އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން

08 ޖޫން 2026
އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން
07 ޖޫން 2026

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

07 ޖޫން 2026
ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު