Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އަހުމަދު ފަޔާޒް (ޕާޕާ)

ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ

އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން ދޮގު ވާހަކަ ފަތުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން، އޭނާ ގަތުމަށްޓަކައި ސަރުކާރުން މިނިސްޓަރު ފެންވަރުގެ މަގާމުތައް ހުށަހެޅި ކަމަށް ކެޕްޓަން ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ. ރާއްޖޭގައި ހަރުދަނާ އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތް ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން، ފަހުގެ އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަކީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެއިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ހުރިހާ އިދިކޮޅު ޕާޓީތަކުން ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޕާޕާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 5 ޖޫން 2026 | ހުކުރު 14:38
ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ)، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ)، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން ދޮގު ވާހަކަ ފަތުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕާޕާ ވިދާޅުވީ މިފަދަ ވާހަކަތަކެއް ދައްކަވާއިރު ރައީސް މުއިއްޒު ލަދުގަންނަން ޖެހޭނެ ކަމަށެވެ. ރައީސް މުއިއްޒުގެ  ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕާޕާ ވަނީ ރައީސް މުއިއްޒަށް ސީދާ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އޭނާ ގަތުމަށްޓަކައި މިނިސްޓަރު ފެންވަރުގެ މަގާމު ދޭނެ ކަމަށް ބުނެ ކިތައް މީހުން ފޮނުވިތޯ އާއި، ވެލާނާގެ ކުރިމަތީގައި ހުންނަ ޗިކިންގްސް މަތީގައި އެފަދަ ވާހަކަތަކެއް ނުދައްކާތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ރައީސް މުއިއްޒު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ވިދާޅުވެފަ އެބަވޭ، އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން މީޑިއާ ތަކުން ދޮގު ހަބަރު ފަތުރާ ވާހަކަ. ރައީސް މުއިއްޒަށް ކެރޭނެތޯ، ކިތައް މީހުން ފޮނުވިންތޯ ޕާޕާ ކައިރިއަށް، ގަންނަން، މިނިސްޓަރު ފެންވަރުގެ މަގާމުދެނާމޭ ނުބުނަންތޯ. ހެރިންސް އައްޅޯ ނުފޮނުވަންތޯ. ވެލާނާގެ ކުރިމަތީ ހުންނަ ޗިކިންގްސް މަތީގަ އެވާހަކަ ނުދައްކަންތޯ. އެހެންވީމަ ޑރ. މުއިއްޒު މިހާރު ލަދު ގަންނަން ޖެހޭނެ މިކަހަލަ ވާހަކަ ދައްކަން.
އަހުމަދު ފަޔާޒް (ޕާޕާ)

ރާއްޖޭގައި ހަރުދަނާ އިދިކޮޅު ސިޔާސީ ފަރާތެއް ނެތް ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޕާޕާ ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ލަދުވެތި ނާކާމިޔާބީ އަކީ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމުން ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހޭކަމާއި ރައްޔިތުންނަށް އިހުމާލުވެފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕާޕާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި މަގުމައްޗަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެކަންވެސް ކުރަމުންދާ ކަމަށާއި ހުރިހާ އިދިކޮޅު ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުތަކުން ރައީސް މުއިއްޒުގެ ސަރުކާރަށް ލިބުނު ލަދުވެތި ނާކާމިޔާބީ އަކީ އިދިކޮޅުފަރާތްތަކުން މި ވެރިކަން ފެށުނުފަހުން ކުރި މަސައްކަތުގެ ނަތީޖާ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ކަންތައްތަކެއް އޮލުންފިލުވަދިނީމަ އެ ނަތީޖާ ނިކުތީ. އިދިކޮޅުފަރާތްތަކުން ކުރި މަސައްކަތުން ރައްޔިތުންނަށް އެނގުނީ މި ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހޭކަން. ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އިހުމާލުވެއްޖެކަން. މި ކަންކަން ރައްޔިތުންނައް އަންގާދެވުމުގެ ނަތީޖާ އަކީ، އިންތިހާބުތަކުގަ ސަރުކާރާ ދެކޮޅަށް ރައްޔިތުން ވޯޓު ދިނުން. އެހެންވީމަ މިރާއްޖޭގެ އިދިކޮޅު ފަރާތްތައް ޒިންމާދާރު ކަމާއެކު، މި ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް އެބަ ކުރޭ. މަގުމައްޗަށް ނިކުންނަން ވީމަ މަގުތަކައް އެބަ ނިކުމޭ. ހުރިހާ އިދިކޮޅޮ ފަރާތްތައް އެއްކޮށް ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަން ޖެހުނީމަ އެކަންވެސް އެބަ ކުރެވޭ.
އަހުމަދު ފަޔާޒް (ޕާޕާ)

އިދިކޮޅު ފަރާތްތަކުން ފައިސާގެ ބާރުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު މިކަމާ ގުޅޭ އެއްވެސް ހެއްކެއް ރައީސް މުއިއްޒު ހާމަކުރައްވާފަ އެއް ނުވެ އެވެ. 

ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ  އިތުރުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުން ގެންދާއިރު ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރާ ތުހުމަތުތައްވެސް ވަނީ އިތުރުވެފަ އެވެ.

އަހުމަދު ފަޔާޒް އަލީ ރިޒާރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
04 ޖޫން 2026

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

04 ޖޫން 2026
ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
03 ޖޫން 2026

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

03 ޖޫން 2026
ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު