Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ދަރަނި މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ނަޝީދު ވިދާޅުވީ، މި ސަރުކާރުން އިތުރު ދަރަނި ނަގައިގެން ދަރަނީގެ ދަންތޫރައެއްގައި ޖެހިފައިވާ ކަމަށާއި، މި މައްސަލަ ހައްލުކޮށް ގައުމު ސަލާމަތްކުރެވޭނީ އެމްޑީޕީއަށް ކަމަށް. މީގެ އިތުރުން، ރާއްޖޭގެ އާއިލާތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަވާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2026 | ހޯމަ 08:19
އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.

އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ގދ.ހޯއްޑެއްދޫގައި ކުރިއަށް ގެންދިޔަ ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ރައްޔިތުންނާ ވާހަކަ ދައްކަވާ ނިންމާލެވިތަނުން ފިނޭންސް މިނިސްޓަރު ކަމުން ޒަމީރު އިސްތިއުފާ ދެއްވި ކަމުގެ މައުލޫމާތު ލިބުމާއެކު، ނަޝީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އެބަ ރޫޅޭ ކަމަށެވެ. 

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި ކަމަށެވެ. އަދި ދަރަނި މެނޭޖްކުރާނެ އެއްވެސް ގޮތެއް މިސަރުކާރާއި، ޒަމީރަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

މީގެ އިތުރުން ގދ.މަޑަވެލި-ހޯޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ މުޅި ރާއްޖެ ބަދަލުކުރާ މުއައްސަސާ ކަމަށާއި، މީގެ ކުރިން ވެސް ރާއްޖެ ބަދަލުކުރީ އެމްޑީޕީން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އާއިލާތަކުގެ އާމްދަނީ އިތުރު ކުރެވޭ ގޮތަށް މުޅި ގައުމު ބަދަލު ކުރާނީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ 4 އަނގޮޅި ކަންމަތީގައި ކަމަށާއި، ދާނެ މަގު އިހުތިޔާރު ކުރާނީ ރައްޔިތުން ކަމަށެވެ. 

އަޅުގަނޑުގެ ނުކުތާއަކީ ރާއްޖޭގެ އާއިލާތަކުގެ އާމްދަނީ އިތުރުނުކޮށް އަޅުގަނޑުމެން ރާއްޖޭގެ ސަލާމަތް ހަގީގަތުގައި އަޅުގަނޑުމެންނަށް ހޯދޭކަށް ނެތް. ދިވެހިރާއްޖެ އަނެއްކާ މިވަނީ 4 އަނގޮޅިއެއްގެ ކަންމަތީގައި. އަޅުގަނޑުމެންނަށް ދެވެން އެބައޮތް ހަރާބުގެ މަގަށް ވެސް އަޅުގަނޑުމެންނަށް ދެވެން އެބައޮތް ސަލާމަތުގެ އައްސޭރިއަށް ވެސް ދުނިޔޭގެ ގައުމުތައް އަޅުގަނޑުމެން ދެކިއްޖާމު ދެކެމުން މިއަންނަނީ ހަލާކުގެ މަގު ހިޔާރުކޮށް އެ ދިމާލަށް މިސްރާބު ޖަހާތަން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އެހެން ވިޔަ ދީގެން ނުވާނެ. އެކަން ކުރުމަށް އަޅުގަނޑުމެން ދިވެހިރާއްޖެއަކީ ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅޭ ރައްޔިތުން އުޅޭ ގައުމަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ބައިވެރިވާން ޖެހޭ އެބަ. ޚާއްސަ ގޮތެއްގައި އެމްޑީޕީ ވަރުގަދަވާން ޖެހޭނީ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، މީގެ ކުރިން ވެސް ރާއްޖޭގެ ދަރަނީގެ މައްސަލައިގައި އެމަނިކުފާނު ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. 

ނަޝީދު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ބޮޑު ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، ރައްޔިތުން ނިކަމެތި ނުކޮށް ދަރަނި ދައްކަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައިވާ ކަމަށާއި، މިމައްސަލަ ރައީސް މުއިއްޒުގެ ސަރުކާރަށް ހައްލު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މޫސާ ޒަމީރުއެމްޑީޕީދަރަނި މައްސަލަކުރީގެ ރައީސް މުހައްމަދު ނަޝީދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
08 ޖޫން 2026

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

08 ޖޫން 2026
ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
08 ޖޫން 2026

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް
08 ޖޫން 2026

އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން

08 ޖޫން 2026
އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު