ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!
25 ނޮވެމްބަރު 2026 | ބުދަ 12:25ރަސްމާލޭގައި ހިންގާ ރެޒިޑެންސީ މަޝްރޫއާ ގުޅިގެން އެމްޑީޕީން ބާއްވާ ރެލީއަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވީ ނަމަވެސް، އެ ސަރަހައްދަށް ކަރަންޓު ދެވެން ނެތް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި. އެހެންކަމުން އަމިއްލަ ޖަނަރޭޓަރެއް ބޭނުންކޮށްގެން މި ހަރަކާތް ކުރިއަށްގެންދަން ޖެހުމަކީ އެ ޕާޓީގެ ބޮޑު ކަންބޮޑުވުމެއް. މި ރެލީއަކީ ރައްޔިތުންގެ ރުހުން ނެތް މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެއް


ރަސްމާލެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތުން ބޭއްވި އެއްވުން | މޯލްޑިވްސް އިންޑިޕެންޑެންޓް
ރަސްމާލޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ އިން ބާއްވާ ރެލީ ބާއްވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެވެން ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހު އެ ޕާޓީ އިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރެލީއާ ގުޅިގެން އެމްޑީޕީ އިން ވަނީ ފުލުހުންނާ ބައްދަލުކޮށްފަ އެވެ. އަދި އެ ޕާޓީގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު ރެލީ ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުމަށް ވެސް އެދިފައިވެ އެވެ.
މިކަމުގެ މައުލޫމާތު ރާއްޖެޓީވީއާ ހިއްސާކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، މާލީ، މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ ރެލީގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އެ ރެލީއަކީ މަގުމައްޗަށް ނުކުމެ ހިންގާ ހަރަކާތެއް ނޫންކަން ފާހަގަކުރައްވާ ޝިއްޕެ ވިދާޅުވީ ރެލީއާ ގުޅިގެން ފާހަގަކުރެވޭ ކަންބޮޑުވުންތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިއީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތަކަށް ވުމާއެކު އެތަނަށް ކަރަންޓު ލިބުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިއްޕެ ވިދާޅުވީ އެ ސަރަހައްދަށް ކަރަންޓު ދެވެން ނެތް ކަމަށް ސްޓެލްކޯ އިން ބުނެފައިވާ ކަމަށެވެ. މީގެ ކުރިން އެފަދަ ކަންކަމުގައި ހުއްދަ ނަގަން ޖެހެނީ ސިޓީ ކައުންސިލުން ނަމަވެސް މިހާރު ހުއްދަ ނަގަން ޖެހޭ ފަރާތެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހަރަކާތް ކުރިއަށް ގެންދިއުމަށް ކަރަންޓު ބޭނުންވާ ނަމަ އަމިއްލަ ޖަނަރޭޓަރެއް ހިފައިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް، އެކަމުގައި އިތުރަށް ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށް ވެސް ޝިއްޕެ ވިދާޅުވި އެވެ.
މި ރެލީއާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިހުތިޖާޖުކުރަން ދަންނަ އަދި ރައްޔިތުންނާ ގުޅިފައިވާ ފަލްސަފާތަކެއް ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމީ ތަނަވަސްކަމާއި ހާސްކަމެއް ނެތި އުޅެވޭނެ ގޮތްތައް މަގުފަހިވުން ކަމަށާއި، ސަރުކާރުތަކުން އެކުލަވައިލާ ތަސައްވުރުތައް ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުން ބަލައިނުގަންނަ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމުގެ އިސް ސަފުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.











