Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

25 ނޮވެމްބަރު 2026 | ބުދަ 06:22

ލީބިޔާގެ ބެންޣާޒީގައި އޮތް ރަޝިއާގެ އަސްކަރީ އުޅަނދުތަކަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި ލީބިޔާގެ ކަނޑުގެ ސިފައިންގެ ދެ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމުވެފައި. މި ހަމަލާތަކާ ގުޅިގެން ލީބިޔާގެ ވާދަވެރި ދެ ސަރުކާރުން ވެސް ޔޫކްރެއިން ކުށްވެރިކޮށްފައިވާއިރު، މި މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގުކޮށްދިނުމަށް އެދި އދ. އަށް ވަނީ ޝަކުވާ ހުށަހަޅާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 25 ނޮވެމްބަރު 2026 | ބުދަ 06:22

ޔޫކްރެއިންގެ އަސްކަރީ ޑްރޯންތަކުން ރަޝިއާގެ މަނަވަރަކާއި އާގުބޯޓަކަށް ހަމަލާދޭ ކަމަށް ބުނާ މަންޒަރުގެ ވީޑިއޯ | އެކްސް/ޒެލެންސްކީ

ބެންޣާޒީ ބަނދަރަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ލިބުނު ޒަހަމުތަކުގެ ސަބަބުން، ލީބިޔާގެ ކަނޑުގެ ސިފައިންގެ ދެ މީހަކު އަންގާރަ ދުވަހު މަރުވެއްޖެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ލީބިޔާގެ އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، މަރުވި ދެ މީހުންނަކީ އައްޠާހިރު ޢަބްދުﷲ އައްޞާދިޤާއި ލެފްޓިނެންޓް ޢަލީ މުޙައްމަދު އައްސަޢީދު ކަމަށެވެ. އެ ދެ މީހުން ޒަހަމުވީ ހަމަލާ އަމާޒުވި އުޅަނދަށް ދިން ޑްރޯން ހަމަލާއާއި، އޭގެ ފަހުން އެ އުޅަނދުގައި ހިނގި ގޮވުންތަކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement - worldAdvertisement

ހަމަމިއާއެކު، އަމިއްލައަށް ކަނޑައަޅާ ވަގުތެއްގައާއި ތަނެއްގައި މި ހަމަލާގެ ބަދަލުހިފާނެ ކަމަށް ޖެނެރަލް ކޮމާންޑުން ވަނީ ވައުދުވެފަ އެވެ. އަދި، ލީބިޔާގެ އިސްތިގުލާލާއި ސަލާމަތާއި ރައްކާތެރިކަން ދިފާއުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމާންޑުން ދިނެވެ.

ބެންޣާޒީގެ ކަނޑުގެ ސިފައިންގެ މަރުކަޒުގައި ބަނދަރުކޮށްފައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް އާދީއްތަ ދުވަހުގެ ފަތިސްވުމުގެ ކުރިން ކަނޑުގައި ބޭނުންކުރާ ޑްރޯންތަކަކުން ދިން ހަމަލާއެއްގައި 10 މީހުން ޒަހަމުވި އެވެ. މިއާއެކު، އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ބެންޣާޒީގެ އައްސޭރިފަށުން ބޭރުގައި އޮތް މުދާ އުފުލާ އުޅަނދަކަށް ވެސް އެހެން ހަމަލާއެއް އަމާޒުވި އެވެ.

މި އޮޕަރޭޝަން ހިންގީ ކީވްއިން ކަން ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ޔޫކްރެއިންގެ ސިފައިން ރަޝިއާގެ 'ކޯވެޓް' މަރުކާގެ މަނަވަރު 'މާކިއުރީ' ފައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ހަތިޔާރު އުފުލުމަށް މޮސްކޯއިން ބޭނުންކުރަމުން ދިޔަ މުދާ އުފުލާ އުޅަނދެއް ކަމަށްވާ 'އެމްވީ އަންގާރާ' އަށް ހަމަލާދީފައިވާ ކަން ވެސް ޒެލެންސްކީ ހާމަކުރެއްވި އެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގައިދިނުމަށް އެދި، ލީބިޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސަރުކާރުން ވަނީ އެކުވެރި ދައުލަތްތަކުގެ (އދ) އާންމު މަޖިލީހަށާއި ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހަޅާފަ އެވެ.

ޓްރިޕޮލީގައި ގާއިމުވެފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށް، މި ކަމާ ގުޅޭގޮތުން ޔޫކްރެއިންގެ ފަރާތުން ޖަވާބުދާރީވުމަށް ޑިމާންޑުކޮށްފަ އެވެ. ބޭރުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ލީބިޔާގެ ބިމާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުމާ ދެކޮޅުހަދާ ކަމަށް ވެސް އެ ސަރުކާރުން ބުންޏެވެ.

ލީބިޔާ އަދިވެސް އޮތީ ވާދަވެރި ދެ އިދާރާއެއްގެ ދަށުން ބައިބައިވެފަ އެވެ. އޭގެ ތެރެއިން އެއް އިދާރާއަކީ، ގައުމުގެ ހުޅަނގު ސަރަހައްދު ކޮންޓުރޯލުކުރާ ބޮޑުވަޒީރު ޢަބްދުލްޙަމީދު ދުބައިބާ އިސްވެ ހުންނަވާ ޓްރިޕޮލީގެ ސަރުކާރެވެ. އަނެއް އިދާރާއަކީ، 2022 ވަނަ އަހަރުގެ ކުރީކޮޅު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން އައްޔަންކުރި އުސާމާ ޙައްމާދު އިސްވެ ހުންނަވާ ބެންޣާޒީގައި ގާއިމުވެފައިވާ ސަރުކާރެވެ. އެ ސަރުކާރުން ދަނީ ލީބިޔާގެ އިރުމަތީ ސަރަހައްދާއި ދެކުނުގެ ބޮޑު ބައެއްގައި ވެރިކަން ހިންގަމުންނެވެ. ލީބިޔާގެ ގާނޫނީ ސަރުކާރު ވައްޓައިލައި، އެ ގައުމު އަހުލީހަނގުރާމައެއްގެ ތެރެއަށް ވައްޓައިލީ އެމެރިކާއާއި ހުޅަނގުގެ ދިފާއީ އިއްތިހާދުން (ނޭޓޯ) އިސްވެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔޫކްރެއިން-ލީބިޔާބެންގާޒީވުލެޑިމިއަރ ޒެލެންސްކީރަޝިޔާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!

25 ނޮވެމްބަރު 2026
ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!
24 ނޮވެމްބަރު 2026

ގޮވާމުގެ އެއްބަސްވުން އައުކުރުމަށް މޮސްކޯއިން ދެކޮޅު ހެދުމުން، ކަނޑުގެ ސަލާމަތާއި ހަކަތައިގެ ނިޒާމުތަކަށް އަމާޒުވާ ހަމަލާތަކުގެ ބަހުސް އދ.ގައި ހޫނުވެއްޖެ

24 ނޮވެމްބަރު 2026
ގޮވާމުގެ އެއްބަސްވުން އައުކުރުމަށް މޮސްކޯއިން ދެކޮޅު ހެދުމުން، ކަނޑުގެ ސަލާމަތާއި ހަކަތައިގެ ނިޒާމުތަކަށް އަމާޒުވާ ހަމަލާތަކުގެ ބަހުސް އދ.ގައި ހޫނުވެއްޖެ
24 ނޮވެމްބަރު 2026

ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވައިގެ ސަރަހައްދާ ކައިރިވުމުން ދެކުނު ކޮރެއާއިން ރައްކާތެރިކަމުގެ އިންޒާރު!

24 ނޮވެމްބަރު 2026
ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވައިގެ ސަރަހައްދާ ކައިރިވުމުން ދެކުނު ކޮރެއާއިން ރައްކާތެރިކަމުގެ އިންޒާރު!
24 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ކީވްއިން 15 މީހުން މަރުވެއްޖެ، ބަދަލުގައި ޔޫކްރެއިނުން ރަޝިއާގެ މަނަވަރެއް ފައްތާލައިފި

24 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ކީވްއިން 15 މީހުން މަރުވެއްޖެ، ބަދަލުގައި ޔޫކްރެއިނުން ރަޝިއާގެ މަނަވަރެއް ފައްތާލައިފި
23 ނޮވެމްބަރު 2026

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި

23 ނޮވެމްބަރު 2026
ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި
23 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި

23 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި
22 ނޮވެމްބަރު 2026

ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ

22 ނޮވެމްބަރު 2026
ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ
14 ނޮވެމްބަރު 2026

އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ

14 ނޮވެމްބަރު 2026
އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި

13 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް