Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުއިއްޒު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވަނީ ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައި. އެގޮތުން ރާއްޖެއަށް އެތެރެކުރާ ތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމުގެ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން ޣައްޒާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިފައިވާތީ، އެކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ހައްލު ހޯދައިދޭންޖެހޭކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2026 | އާދީއްތަ 08:00
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

މި ސަރުކަރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ރައްކާތެރި ކާބޯތަކެތީގެ މުހިންމު ކަމަށެވެ.

Advertisement - newsAdvertisement

ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒު ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. 

އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޣައްޒާ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަގައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގެ މައްޗަށް އަލިއަޅުވާލައި ރައީސް މުއިއްޒު ވިދާޅުވީ އެފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށް ވެސް ރައްކާތެރި މުސްތަގަބަލެއް ޔަގީންކުރެވޭނެ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

06 ޖޫން 2026

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

06 ޖޫން 2026
ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު
05 ޖޫން 2026

ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ

05 ޖޫން 2026
 ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ
05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
04 ޖޫން 2026

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

04 ޖޫން 2026
ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު