Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

ފިޔޯރީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ އިހުސާސްތައް އޮބަހައްޓަން މަސައްކަތް ކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް. ރައީސް މުއިއްޒުގެ ތާއީދު އިންތިހާއަށް ދަށްވެފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ލަޝްކަރު އަލުން ރުކުރުވާލައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރުގަދަ ކުރާނެ ކަމަށް. މީގެ އިތުރުން، ސަރުކާރުން ބިރުދެއްކި ނަމަވެސް ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ނަޝީދު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖޫން 2026 | އާދީއްތަ 08:56
ގދ.ފިޔޯރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ގދ.ފިޔޯރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | އެމްޑީޕީ

ދިވެހިރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށާއި، ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ގދ. ފިޔޯރީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭންގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެރަށަށް ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ސަރުކާރަށް ލިބުމުން، މަރުހަބާ ކިޔުމަށް ނުނިކުތުމަށް ކައުންސިލާއި ރައްޔިތުންނަށް ސަރުކާރުން އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ސަރުކާރުގެ އެންގުމާ ހިލާފަށް ހޫނު މަރުހަބާ އެއް ވަނީ ކިޔާފަ އެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެރަށުގެ ހުއްޓިފައިވާ ބަނދަރުގެ މަޝްރޫއު ވެސް އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ފިޔޯރީއަށްއަންނަނިކޮށް ލައްކަ ގިނަ ޚަބަރު ލިބުނު. ފުރަތަމަ އެނގުނު ވާހަކަ އަކީ މިތަނުން ކައުންސިލުންނެއް ނޫން މާލެއިން މިއަންގަނީ ކައުންސިލް އާއި ފިޔޯރީ ރައްޔިތުންނަށް އަޅުގަނޑުމެންނަށް މަރުހަބާ ކިޔަން ނުކުމެގެން ނުވާނެ ކަމަށް. ދެން އެވަރުން ވެސް ފިޔޯރީ މީހުން ނުކުންނާނެތާ. ނުކުތީމަ ދެން މިވީ ގޮތެއް ކަމަށް ވަނީ ރަށުގެ ސަރުކާރުގެ މީހުން އަތިރި މައްޗަށް ނުކުމެ ނުކުމެ ތިބި މީހުން ގެންގޮސް ގޭގެއަށް ވައްދަނީ. ދެން އަޅުގަނޑުމެން ލަފަން އޮތް ބަނދަރު. އެބަނދަރުގައި އެއްވެސް މަސައްކަތެއް ނުހިނގާހުރެފައި މިއަދަށް ބަނދަރު އަނެއްކާ ކޮންނަން ފަށާއިފި.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

މުޅި ރާއްޖެ އިންގިލާބުގެ ތުންފަތަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އިންސާނެއްގެ ހިތުގައި އޮންނަ ކަމެއް ފުއްދުމަށް މުލަށް ދަނޑީގެ ބާރުން އޮބަހައްޓައި، ހިފެހެއްޓުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި، ރާއްޖޭގެ ތާރީހުން ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ. 

އަޅުގަނޑު ރައީސް މުއިއްޒަށް ދަންނަވާލަން ބޭނުން ފަހަރުގައި މިބޭފުޅުންގެ ހާނދާނުގައި މިދިވެހި ރާއްޖޭގައި މިދިޔަ 20، 25 އަހަރު ހިނގި ކަންތައް ނުވިސްނެނީ ކަމަށް ވެދާނެ. މުޅި ދިވެހިރާއްޖެ އިންގިލާބުގެ ތުންފަތަށް ގެންނަވާން ޑރ.މުއިއްޒު އެއުޅުއްވަނީ. އަޅުގަނޑު ދެކިއްޖެއިން އެ މަންޒަރު. 2006 ނިމި 2007 އަކަށް ދިޔައިރުގައި ދިވެހިރާއްޖެ އޮތީ އިންގިލާބުގެ ތުންފަތް މަތީގައި. ރާއްޖޭގެ ހުރިހާ ރަށެއް ކެކި އަރަނީ. ސަރުކާރާ އިދިކޮޅަށް އިހުތިތާޖު ކުރަނީ. ސީދާ ހަރަކާތަށް ރައްޔިތުން ނުކުމެ ތިބެނީ. މިކަންކަމުގެ އަސްލަކަށްވީ އިންސާނެއްގެ ހިތުގައި އޮތް ކަމެއް އޭނާ އެދޭ ގޮތެއް މުލަށް ދަނޑީގެ ބާރުން އޮބަހައްޓަން ހިފަހައްޓަން ކުރާ ކޮންމެ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައި. އޭގެން ފެންނަން ހުރީ ވަރަށް ހިތި ނުރަނގަޅު ނަތީޖާ. މިއީ އިންސާނިއްޔަތާ ގައުމުތަކުގެ ހަޔާތް އަޅުގަނޑުމެންނަށް މާ ރަނގަޅަށް ދައްކާފައިވާ ހަގީގަތްތަކެއް. މިފަހަރު އެމްޑީޕީ އަލުން ދިރެން ފެށުމުން މިސަރުކާރުން ކުރީގަ 2008 ވަނަ އަހަރުގެ ކުރީގައި އަމަލު ކުރި ގޮތަށް އަމަލުކުރައްވާން މިވަގުތު އުޅުއްވާފިނަމަ ކުރިއަށްވުރެ މާ ހިތި ނަތީޖާއެއް ފެންނާނެ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު 5 ޕަސެންޓަށް ދަށް ވުމަކީ އެހެން ކަމެއް ކަމަށާއި، އެނުދިރޭނެ ކަމަށެވެ. އަދި އެކަން ރައީސް މުއިއްޒުގެ ވެސް ގަބޫލުފުޅު ކުރައްވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ލަޝްކަރު އަލުން ރުކުރުވާލާނެ ކަމަށާއި، ގަދަކޮށް ވަރުގަދަކޮށް ނުކުންނާނެ ކަމަށެވެ. އަދި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވައި، އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ދޫނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފިޔޯރީބޮޑު ބަދަލުއެމްޑީޕީކުރީގެ ރައީސް މުހައްމަދު ނަޝީދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުއިއްޒު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުއިއްޒު

07 ޖޫން 2026
އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން

އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން

07 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާއްމުން ނިންމާ ގޮތަކުން ކުޑަ ގްރޫޕަކާއި ހިންގުން ހަވާލުވެ އެހެން އެންމެން ފަހަތުގައި ތިބެން ޖެހިދާނެ

މީކާއިލް: އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާއްމުން ނިންމާ ގޮތަކުން ކުޑަ ގްރޫޕަކާއި ހިންގުން ހަވާލުވެ އެހެން އެންމެން ފަހަތުގައި ތިބެން ޖެހިދާނެ

06 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު

06 ޖޫން 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު