Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް މިނިސްޓަރ އަލީ އިހުސާން

ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން، ހޯމް މިނިސްޓަރު އިހުސާންގެ މައްޗަށް ކުރެއްވި ކޮރަޕްޝަނުގެ ތުހުމަތުތައް ވަނީ ދޮގު ކުރައްވާފައި. މިނިސްޓަރު ވިދާޅުވީ ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއްކަން ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށް. އެހެންކަމުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުގައި މިނިސްޓަރު މިހާރު ވަނީ އެދިވަޑައިގެންފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖޫން 2026 | ބުދަ 08:11
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ. | މިހާރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ފުލުހުންގެ ޚިދުމަތުގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން މިވިދާޅުވީ، 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު އެކްސްގައި މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ.  އަދި އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި ހާމަކުރިކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު ކަމަށެވެ. އަދި މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

މި މަހުގެ 9 ވަނަ ދުވަހު ޝަމްއާން މައްޗަށް 3 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ޝަރީއަތަށް ހާޒިރުވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައްމާން ވިދާޅުވީ، އޭނާ ފްރޭމްކުރުމުގެ މައްސަލަ ފެށުނީ މިނިސްޓަރ އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށެވެ. 

ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވި ހިސާބަކީ އެއީ ކަމަށެވެ. އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ހުންނެވުމަކީ އެއީ ރައީސް އަށް ވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށް ޝައްމާން ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވް ކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000  ރުފިޔާ ނަގާކަން ޔަގީންކޮށްފައިވާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު އަށް އެވާހަކަ އެންގި ހިސާބުން އޭނާ އަށް ތަފާތު ތުހުމަތުތައް ކުރަން ފެށި ކަމަށް ވެސް ވިދާޅުވި އެވެ.

ޝައްމާން އަށް ކުރާ ތުހުމަތުތަކާ ގުޅުން ހުރި ބިދޭސީ މީހާ ދޫކޮށްލީ ވެސް ސީދާ މިނިސްޓަރު އިހުސާންގެ އެންގުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުހައްމަދު ޝަމްއާން ވަހީދު އިމިގްރޭޝަންބަންގްލަދޭޝްކަރަޕްޝަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުހޯމް މިނިސްޓަރ އަލީ އިހުސާން

އިތުރަށް ކިޔާލަން

09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
09 ޖޫން 2026

ޝަމްއާން ވަޙީދު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

09 ޖޫން 2026
ޝަމްއާން ވަޙީދު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
09 ޖޫން 2026

ޝަމްއާން ވަޙީދުގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފި

09 ޖޫން 2026
ޝަމްއާން ވަޙީދުގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފި
09 ޖޫން 2026

މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން

09 ޖޫން 2026
މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން
08 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު