Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖުގައި، ކަނޑުތަކުގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ އިގްތިސާދާއި ކާނާގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވި. ކަނޑުތައް ހޫނުވުމާއި ގޮނޑުދޮށްތައް ގިރުން ފަދަ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަރުތައް އިއާދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. މީގެ އިތުރުން، މުސްތަގުބަލަށްޓަކައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 06:45
ރައީސް އޮފީހުގައު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް އޮފީހުގައު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާއިރު، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ދުނިޔޭގެ މުސްތަގުބަލަށްޓަކައި ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމެއް ކަމަށެވެ. 

Advertisement - newsAdvertisement

ކަނޑުތަކާއި ރައްޔިތުންނާ އޮތް ގުޅުމަކީ އަމިއްލަ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާ ކަމެއް ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތައް ހިމާޔަތް ކުރުމަށް، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލުމާއި، ފަރުތައް އާލާކޮށް އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަަމަށެވެ. އަދި މިމަސައްކަތްތައް ކުރަމުންދަނީ މުސްތަގުބަލަށް އަމާޒުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ރައްޔިތުންނާއި ތިމާވެށީގެ ލާބައަށްޓަކައި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތައް ހޫނުވުމާއި ފަރުތަކުން ގާ ހުދުވުމުގެ އިތުރުން ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ބޭނުންވާ ކަމަށާއި، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ އަސާސް ކަމުގައިވާ ކަނޑުތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، މުސްތަގުބަލަށްޓަކައި އެއީ އެންމެންގެ އަޒުމް ކަމުގައި ހެދުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. 

ދުނިޔޭގެ ކަނޑުތަކުގެ ދުވަސްކަނޑުތަކުގެ ހިމާޔަތްކްލައިމެޓް ޗޭންޖްގައު ހުދުވުންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން

އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން

08 ޖޫން 2026
ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

07 ޖޫން 2026
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުއިއްޒު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުއިއްޒު

07 ޖޫން 2026
ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

06 ޖޫން 2026
 ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ

ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ

05 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު