Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތައް އުވާލުން

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

މި ބަދަލާއެކު އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހުޅުދޫ އަދި މީދޫގައި ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފެއްދުމަށް ވަނީ ހަމަޖެހިފަ. ހިރިމަރަދޫ ކައުންސިލް އުވާލަނީ އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވާތީ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 18:14
ހދ. ހިރިމަރަދޫ ކައުންސިލާ ރައީސް މުއިއްޒު 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ހދ. ހިރިމަރަދޫ ކައުންސިލާ ރައީސް މުއިއްޒު 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއްގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފި އެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިއުލާނުގައިވާ ގޮތުން، މި ބަދަލުތަކާއެކު އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ.

Advertisement - newsAdvertisement

މި ނިންމެވުމުގެ ދަށުން އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް ވަނީ އަލަށް އުފައްދަވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިއާޔަތްކުރައްވައި ނިންމެވި މި ނިންމެވުމާއެކު، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" ކައުންސިލްގެ އިދާރާ ވަނީ ރަސްމީކޮށް ގާއިމުކުރައްވާފަ އެވެ. މީގެ އިތުރުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވެސް ވަނީ އަލުން ތަރުތީބުކުރައްވާފަ އެވެ.

ސަރުކާރުގެ އިދާރާތަކުން ލިޔުއްވާ ރަސްމީ ސިޓީތަކުގައި ނަންބަރު ޖެއްސެވުމަށް ހަމަޖެހިފައިވާ އުސޫލަށް ވެސް މިހާރު ވަނީ ބަދަލު ގެންނަވާފަ އެވެ. އެގޮތުން "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އަށް ފޮނުވާ ސިޓީތަކުގައި 1140 ބޭނުންކުރަން ޖެހޭއިރު، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" އަށް ފޮނުވާ ސިޓީތަކުގައި ބޭނުންކުރަން ޖެހޭނީ 1141 އެވެ. މި ދެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ރަސްމީ ގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އާންމުކުރައްވާފަ އެވެ.

ހދ. ހިރިމަރަދޫ ކައުންސިލް އުވާލަން ނިންމެވީ، އެ ރަށުގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ އެވެ. އެހެންކަމުން 2026 މޭ 17 އިން ފެށިގެން އެ ރަށުގެ ކައުންސިލާއި ކައުންސިލްގެ އިދާރާ ވެސް ރަސްމީކޮށް އުވޭނެ އެވެ.

މުޅި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއް އުވާލަން ނިންމެވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެންނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކައުންސިލްތައް އުވިގެންދާނީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން 2026 މޭ 17 އަކީ މި ބަދަލު ރަސްމީކޮށް އަމަލީ ސިފައަށް އަންނާނެ ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.

ހދ. ހިރިމަރަދޫއައްްޑޫ ސިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއައްޑޫ މީދޫއައްޑޫ ހުޅުދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!

ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!

15 މެއި 2026
ރައްޔިތުންނަށް ފަސޭހައިން ކަންކަން ކޮށްދިނުމުގެ އެއްވެސް ކަހަލަ މަޤްޞަދެއް މިހާރު މިއޮތް ސަރުކާރުގައި ނެތް: ފަލާހު

ރައްޔިތުންނަށް ފަސޭހައިން ކަންކަން ކޮށްދިނުމުގެ އެއްވެސް ކަހަލަ މަޤްޞަދެއް މިހާރު މިއޮތް ސަރުކާރުގައި ނެތް: ފަލާހު

08 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު