Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތ. ކިނބިދޫ ކައުންސިލް

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

ތ. ކިނބިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އެސްޖީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިންތިހާބުވުމާ ގުޅިގެން، ގާނޫނީ ފުށުއެރުންތަކެއް ހުރި ނަމަވެސް ސަހިއްޔާގެ ކޮންޓްރެކްޓް ހަމަވަންދެން ވަޒީފާގައި ބެހެއްޓުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފަ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެސްޖީގެ މާލީ ޒިންމާތަކާއި މަސައްކަތް އިވެލުއޭޓް ކުރުން ފަދަ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފުންނަށް ބަދަލުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ. މިއީ ވަޒީފާގެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިދާރީ ހިންގުމަށް ބުރޫނާރާނެ ގޮތަށް ނިންމި ނިންމުމެއް ކަމަށް ސީއެސްސީ އިން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖޫން 2026 | ބުރާސްފަތި 14:16
2024 ވަނަ އަހަރު ރައީސް މުއިއްޒު ތ. ކިނބިދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.

2024 ވަނަ އަހަރު ރައީސް މުއިއްޒު ތ. ކިނބިދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. | ރައީސް އޮފީސް

ތ. ކިނބިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) އައިމިނަތު ސަހިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން، ސަހިއްޔާގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނައުމަށްފަހު އޭނާގެ ކޮންޓްރެކްޓް ހަމަވަންދެން ވަޒީފާގައި ބެހެއްޓުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

މިކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، ސަހިއްޔާ އާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން، ކޮންޓްރެކްޓްގެ މުއްދަތު ހަމަވަންދެން އޭނާ އަށް ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ސަހިއްޔާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

ކިނބިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެ، މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވާފައިވަނީ މުހައްމަދު ޝާފިއު އެވެ. ޝާފިއު އަކީ އެ ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުންނެވި ސަހިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، ވަޒީފާ އަދާކުރާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ އާއި އެ އޮފީހުގެ މުވައްޒަފަކާ ދެމެދު އާއިލީ ގާތް ގުޅުމެއް އޮވެގެން ނުވާނެ އެވެ.

އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާ އަދާކުރާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަކީ އެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، އަނބިމީހާ ނުވަތަ ފިރިމީހާގެ އިތުރުން، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ އެވެ. މި ހާލަތު ކިނބިދޫ ކައުންސިލްގައި މެދުވެރިވުމާ ގުޅިގެން ސީއެސްސީން ވަނީ އެ މައްސަލަ ބަލައި، އިދާރީ ގޮތުން ފިޔަވަޅުތަކެއް އަޅާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކިނބިދޫ ކައުންސިލަށް އަންގާފައިވަނީ، އެސްޖީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާ، ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކާ ހަވާލުކުރުމަށެވެ. މީގެ އިތުރުން، އެސްޖީގެ މަސައްކަތްތައް ބަލައި "ޕާފޯމަންސް އެޕްރައިޒް" ކުރުން ފަދަ އިދާރީ ކަންކަން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް ވެސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

މި ބަދަލުތަކާއެކު، ސަހިއްޔާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަންދެން އޭނާއަށް ކިނބިދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރެވޭނެ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. މިއީ ގާނޫނީ ގޮތުން ކުރިމަތިވި ފުށުއެރުންތަކަށް ހައްލެއް ހޯދުމަށާއި، ހަމައެއާއެކު މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުމަށް އުނިކަމެއް ނާންނާނެ ގޮތަށް ނިންމި ނިންމުމެއް ކަމަށް ސީއެސްސީ އިން މައުލޫމާތުދެ އެވެ.

ތ. ކިނބިދޫއައިމިނަތު ސަހިއްޔާސިވިލް ސަވިރސް ކޮމިޝަން އަބްދުﷲ ސައީދު

އިތުރަށް ކިޔާލަން

12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
25 އެޕްރީލު 2026

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި
24 މާރިޗު 2026

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު