Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ ޑިއުޓީ

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

އިނގިރޭސިވިލާތަށް އެތެރެކުރާ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ ޑިއުޓީ، 2026 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފަ. މި ނިންމުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ކުރި ގިނަ މަޝްވަރާތަކެއްގެ ނަތީޖާ ނަމަވެސް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފަ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިއީ މި ސަރުކާރުގެ މަސައްކަތެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ.

މަޚްތޫމް
މަޚްތޫމް | 20 މެއި 2026 | ބުދަ 14:41
ދޯންޏެއްގެ ތައްޓުމަތީގައި މަސްވެރިއަކު ކަންނެއްޔެއް ކަނޑަނީ

ދޯންޏެއްގެ ތައްޓުމަތީގައި މަސްވެރިއަކު ކަންނެއްޔެއް ކަނޑަނީ | ގެޓީ އިމޭޖަސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެދިފައިވާ ގޮތަށް އިނގިރޭސީވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި އެވެ. 

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފަ އެވެ. އިނގިރޭސީ ވިލާތުން މިކަމުގެ މަޝްވަރާތައް ފުރަތަމަ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. 

Advertisement - newsAdvertisement
ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ
Raajje.mv

ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ

އެގޮތުން ދިވެހިރާއްޖެ އާއި އީޔޫއާ ދެމެދު 23 ނޮވެމްބަރު 2020 ގައި ބޭއްވި ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރުގައި ދިވެހި ކަނޑުމަހުގެ ބާވަތްތައް އީޔޫއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ވަނީ މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އީޔޫގެ ސަފީރުން ވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje.mv

ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އޭގެ ކުރިން ރައީސް ސޯލިހުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ 18 ނޮވެމްބަރު 2020 ގައި ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަން އާއި ވަރޗުއަލްކޮށް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. 

މީގެ އިތުރުން ކުރީ ސަރުކާރުގައި އިނގިރޭސީވިލާތާއެކު ފްރީ ޓްރޭޑް އެގްރީމެންޓް ހަދަން މަޝްވަރާ ފަށައި، މީގެ ތެރެއިން ރާއްޖޭގެ މަހަށް ހަމައަގު ހޯދައިދީ ޑިއުޓީ ކަނޑާލަން ސަރުކާރުން މަޝްވަރާކޮށްފައިވެ އެވެ. 

ކުރީ ސަރުކާރުން މި މަސައްކަތުގައި 4 އަހަރު މަސައްކަތް ކޮށް މަހުގެ ޑިއުޓީއާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް އިނގިރޭސީ ސަރުކާރާއެކު ކޮށްފައިވެ އެވެ. 

ނަމަވެސް އިނގިރޭސީވިލާތާއި މާބޮޑު ގުޅުމެއް ނެތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކޮށްފަ އެވެ. ވަކިން ބޮޑަށް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއްގެ ގޮތުގައި ދެއްކުމަށް އެމަނިކުފާނު ދަނީ މަސައްކަތް ކުރައްވަމުންނެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ، 2026 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އުނިކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔަކަށް ވުމުގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ މުހިންމު ނިންމުމެއް ކަމަށެވެ. މި ބަދަލާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ބާޒާރުގައި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މި ތާރީޚީ ނިންމުމުން ދައްކުވައިދެނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރުން، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމަށް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް މި ސަރުކާރުން އިނގިރޭސީވިލާތާއެކު ކުރީ ސަރުކާރުން ކުރިއަށްގެންދަން އުޅުނު ފްރީ ޓްރޭޑް އެގްރީމެންޓަށް މާބޮޑު އަހަންމިއްޔަތުކަމެއް ދީފައި ނުވާއިރު، މި ސަރުކާރާއި އިނގިރޭސީ ސަރުކާރާއި ދެމެދު މާބޮޑު ގުޅުމެއް އުފެދިފައި ނުވެ އެވެ. މީގެ އިތުރުން މަސްވެރިންނަށް މި ސަރުކާރުން ވި ވައުދުތައް ނުފުއްދާތީ މަސްވެރިން އަންނަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުޑރ. މުޙައްމަދު މުޢިއްޒުއިނގިރޭސިވިލާތްއަބްދުﷲ ޝާހިދުމިނިވަން ވިޔަފާރި އެއްބަސްވުން

އިތުރަށް ކިޔާލަން

20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
20 މެއި 2026

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

20 މެއި 2026
މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް
20 މެއި 2026

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު