Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

ނޭންޑީ ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އަކީ ގޮންޖެހުންތަކާ ކުރިމަތި ލައްވަން ކެރި ވަޑައިގަންނަވާ ބޭފުޅެއްކަން މީގެ ކުރިން ވެސް ސާބިތު ކޮށްދެއްވާފައިވާ ކަމަށް. އެހެންކަމުން ބޮޑު ވަޒީރުގެ ސިޔާސީ މުސްތަޤުބަލާ މެދު އުންމީދު ކަނޑާ ނުލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 14:23
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އަރިހުގައި ކަލްޗަރ ސެކްރެޓަރީ ލީސާ ނޭންޑީ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އަރިހުގައި ކަލްޗަރ ސެކްރެޓަރީ ލީސާ ނޭންޑީ. | ރޮއިޓާސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ލީޑާޝިޕް ކާމިޔާބު ކުރުމަށް ކުރިމަތި ލައްވާނެތޯ ނިންމަވާނީ ބޮޑު ވަޒީރު ކިއާ ސްޓާމާ އަމިއްލަފުޅަށް ކަމަށް އެ ޤައުމުގެ ކަލްޗަރ ސެކްރެޓަރީ ލީސާ ނޭންޑީ ވިދާޅުވެއްޖެ އެވެ.

ބީބީސީގެ "ސަންޑޭ ވިތު ލޯރާ ކޫންސްބާގް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނޭންޑީ ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އަކީ ގޮންޖެހުންތަކާ ކުރިމަތި ލައްވަން ކެރި ވަޑައިގަންނަވާ ބޭފުޅެއްކަން މީގެ ކުރިން ވެސް ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ވަޒީރުގެ ސިޔާސީ މުސްތަޤުބަލާ މެދު އުންމީދު ކަނޑާ ނުލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ލޭބާ ޕާޓީގެ 90 އަށް ވުރެ ގިނަ މެމްބަރުން ވަނީ ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަނެއްކޮޅުން، ސަރުކާރުގެ ފަސް މިނިސްޓަރަކު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ބޮޑު ވަޒީރު ސްޓާމާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. 

ނޭންޑީ ވިދާޅުވީ ލޭބާ ޕާޓީގެ ލީޑާޝިޕް އިންތިޚާބެއް ބާއްވައިފި ނަމަ، އެ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. ނޭންޑީ ފާހަގަ ކުރެއްވި ގޮތުގައި ސްޓާމާ އަކީ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ލޭބާ ޕާޓީ އަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައި ދެއްވި ބޭފުޅާ އެވެ. 

މި ދަނޑިވަޅުގައި ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމް އަލުން ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެންނެވުމަށް މަސައްކަތްް ކުރައްވާއިރު، ނޭންޑީ ވަނީ އެކަމަށް ވެސް ތާއީދު ކުރައްވައިފަ އެވެ. ބާންހަމް އަންނަނީ މޭކަރފީލްޑް ބައި އިލެކްޝަންގައި ވާދަ ކުރުމަށް ތައްޔާރު ވަމުންނެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރައްވައިފި ނަމަ، ޕާޓީގެ ލީޑާޝިޕް އަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުުރުން މިދިޔަ ހަފުތާާގެ ތެރޭގައި ހެލްތު ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ވެސް ސްޓްރީޓިން ވަނީ، ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. 

އެންމެ ފަހުން އޮތް އިންތިޚާބުގައި ލޭބާ ޕާޓީ އަށް ލިބުނު ދަށް ނަތީޖާއާ ގުޅޭ ގޮތުން ނޭންޑީ ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ޕާޓީ އިން މިހާރަށް ވުރެ ބޮޑަށް ވަކާލާތުކޮށް، މަސައްކަތް ވަރުގަދަ ކުރުމަށް ކަމަށެވެ. މޭކަރފީލްޑް ދާއިރާާ އަކީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ލޭބ ާ ޕާޓީ އިން 5339 ވޯޓުގެ އަޣުލަބިއްޔަތުން ކާމިޔާބު ކުރި ދާއިރާ އަކަށް ވީ ނަމަވެސް، އެ ސަރަހައްދުގައި ރިފޯމް ޔޫކޭގެ ތާއީދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ބައެއް މެމްބަރުން ސިފަ ކުރާ ގޮތުގައި މޭކަރފީލްޑް ބައި އިލެންޝަން އަކީ ލޭބާ ޕާޓީގެ މުސްތަޤުބަލާ ގުޅިފައިވާ މުހިންމު އިންތިޚާބަކަށް ވާނެ އެވެ. 

މީގެ އިތުރުން އިނގިރޭސިވިލާތް އަލުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅުމުގެ މައުޟޫއަކީ ވެސް މިހާރު ލޭބާ ޕާޓީގެ ތެރޭގައި ބޮޑު ބަހުސް އަކަަށް ވެފައިވާ މައްސަލަ އެކެވެ. ސްޓްރީޓިން ވިދާޅުވި ގޮތުގައި، އީޔޫ އިން ވަކިވުމަކީ ހެދުނު ބޮޑު ގޯހެކެވެ. ނަމަވެސް ނޭންޑީ ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވުމާއި، އިޤްތިޞާދީ މައްސަލަ ތަކަކީ ހަމައެކަނި އީޔޫއާ ގުޅިފައިވާ ކަންކަން ނޫން ކަމަށާއި، އެއީ ސަރުކާރު ތަކުން ސިނާއީ ދާއިރާ ތަކަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ނަތީޖާ ކަމަށެވެ. 

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވިދާޅުވީ، ލޭބާ ޕާޓީގެ ލީޑަރަކަށް ހުންނެވީ ކޮން ބޭފުޅެއްތޯ މުހިންމު ނޫން ކަމަށާއި، އަސްލު މައްސަލަ އަކީ މުޅި ލޭބާ ޕާޓީ ކަމަށެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ލީސާ ނޭންޑީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

17 މެއި 2026
ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

16 މެއި 2026
ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

16 މެއި 2026
ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

15 މެއި 2026
ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

14 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު